ޔަމަންގެ ހޫތީ ހަނގުރާމަވެރިން މިހާރު ކޮންޓްރޯލް ކުރަމުން އަންނަ ރަތް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ބޯޓުތަކަކަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން އަނެއްކާވެސް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައި ވަނީ ރަތް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ކޮންޓެއިނާ އުފުލާ ބޮޑެތި ބޯޓު ފަހަރުތަކަކަށް ހަމަލާ ދީފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އެ ބޯޓުތަކަށް އަމާޒުކޮށް ދެ މިސައިލް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެއެވެ.

"ދެ އެންޓި-ޝިޕް ބަލިސްޓިކް މިސައިލްގެ އަސަރު ކުރި ކަމަށް ބޯޓުތަކުން ރިޕޯޓުކޮށްފައިވޭ،" އެމެރިކާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެމެރިކާ އިން ބުނި ގޮތުގައި މިކަމުގެ ސަބަބުން ނުރައްކަލާ ކުރިމަތިލާން ޖެހިފައި ވަނީ ކުށެއް ނެތް ބަޔަކު ކަމަށެވެ. މިއީ ނޮވެމްބަރު 19 ގެ ފަހުން ރަތް ކަނޑުގެ ސަރަހައްދުގައި ދިން މިފަދަ 24 ވަނަ ހަމަލާ ކަމަށް އެމެރިކާ އިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަޖީ

    ދެން ކަލޭމެން ފަލަސްތިނުން ތިޔަމަރަމުން ގެންދަނީ އެމިހުންގެ ކޮން ކުށެއް އޮވެގެންތަ؟

    20
  2. ޙެކް

    ފަލަސްތީނުގަ އެއުލޭ ކުޑަކުދިންނާއި އަންހެނުންނަކީ ހުސްކުއްވެރިންބާ. 21 ވަނަ ގަރުނުގަ އެމެރިކާވެސް ދައްކާ ބޯހަމަ ނުޖެހޭވާހަކަ ދޯ. ބޯހަލާކު.

    25
  3. ޟަނާ

    ކުށެއް ނެތް ރައްޔިތުންނެތް ނޫންތައް ގައްޒާގައި އެމެރިކާއިން މަރަމުން އެގެންދަނީ

    23
  4. އެދުރުބެ

    ފަލަސްތީނުގައި ޝަހީދުވަމުން އެދަނީ ކޮންކުށެއް އޮތް ބައެއްތޯ އެމެރިކާ ސުވާލުކޮށްލަން ބޭނުން

    21
  5. Anonymous

    އެމެރިކާ އިން ބުނި ގޮތުގައި މިކަމުގެ ސަބަބުން ނުރައްކަލާ ކުރިމަތިލާން ޖެހިފައި ވަނީ ކުށެއް ނެތް ބަޔަކު ކަމަށެވެ. ގާޒާގައި ކުށެއް ނެތް އެތައް ހާސް ބަޔަކު ޝަހީދު ކޮށްލައިފި އެވެ. އަދި ވެސް ހުއްޓަ އެއް ނުލަ އެވެ.

    22
  6. އަލީ

    "އެމެރިކާ އިން ބުނި ގޮތުގައި މިކަމުގެ ސަބަބުން ނުރައްކަލާ ކުރިމަތިލާން ޖެހިފައި ވަނީ ކުށެއް ނެތް ބަޔަކު ކަމަށެވެ. މިއީ ނޮވެމްބަރު 19 ގެ ފަހުން ރަތް ކަނޑުގެ ސަރަހައްދުގައި ދިން މިފަދަ 24 ވަނަ ހަމަލާ ކަމަށް އެމެރިކާ އިން ބުނެއެވެ."

    އަޖައިބުވެ އަންތަރީސްވެއްޖެ ފަލަސްތީނު ރައްޔިތުން ސަހީދުކޮށް ގެދޮރާއިދިރިއުޅުން ހަލާކުކުރާތީ ދޭހަމަލާއެއްކަން އެނގިހުރެ އެމެރިކާމިދައްކާވާހަކައިން އަންތރިސްވެއްޖެ.