ހަމާސް ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ ސާލިހު އަލް އަރޫރީ ޝަހީދުކޮށްލުމުގެ ބަދަލު އިސްރާއީލުގެ ކިބައިން ހިފާނެ ކަމަށް ލުބުނާނުގެ ހިޒްބުﷲ އިން ބުނެފިއެވެ.

ނިރުބަވެރިން ސާލިހު ޝަހީދު ކޮށްލާފައިވަނީ ލުބުނާނުގެ ވެރިރަށް ބެރިރޫތައް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި ސާލިހުގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް ވަނީ ޝަހީދުވެފައެވެ.

މިހާދިސާއާއި ގުޅިގެން ހަމާސްގެ ގާތް ބައިވެރިއެއް ކަމަށްވާ ހިޒްބުﷲއިން ބުނީ، އިސްރާއީލުގެ އެ ޖަރީމާގެ އަގު އަދާ ކުރަން ޖެހޭނެ ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށެވެ. އެހެން ކަމުން ހިޒްބުﷲއިން ވަނީ އިސްރާއީލުގެ އުތުރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ރައްޔިތުންގެ ހައްގުގައި ތިބޭ ލީޑަރުންނާއި އެހެން މީހުން ޝަހީދުންގެ ގޮތުގައި ދުނިޔެ ދޫކޮށްފައިވާއިރު، އެމީހުންގެ ހަނދާންތައް ފޮހެވިގެނެއް ނުދާނެ. އަދި ބަލި ގަބޫލެއް ނުކުރެވޭނެ" ހަމާސް ޖަމާއަތުގެ ޗީފް އިސްމާއީލް ހާނިޔާ ބުންޏެވެ.

މީގެ އިތުރުން ވެސް އިސްރާއީލުން އެމީހުންގެ މީހުން ޝަހީދު ކުރާ ވަރަކަށް އެމީހުން އިތުރަށް ވަރުގަދަވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހަމަލާއާއި ގުޅިގެން ހިޒްބުﷲ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ، ނިރުބަވެރިން ދިން އެ ހަމަލާއަކީ ލުބުނާނުގެ ސަލާމަތާއި ސިޔާދަތުގެ އިތުރުން އެގައުމުގެ ރައްޔިތުންނަށް ދެވުނު ނުރައްކާތެރި ހަމަލާއެއް ކަމަށާއި އެ ހަމަލާތައް އެމީހުން އެހެން ގައުމުތަކަށް ދޭން ފެށީ ޣައްޒާއިން ކުރިއެރުމެއް ނުލިބުމުން ކަމަށެވެ.

އެހެން ކަމުން މި ހަމަލާއާއި ގުޅިގެން މަޑުން ނުތިބޭނެ ކަމަށާއި ބަދަލު ހިފާނެ ކަމުގެ ޔަގީންކަން ހިޒްބުﷲއިން ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިބަދަލުހިފާތަނެއް އަދިނުފެނޭ ދުވަހަކުވެސް. ކިތައްކޮމާންޑަރުން މަރާފި، ހަރާންވާކަމެއްހަމަ. ހޮޅިވާހަކަ. އެކީއެކައްޗައްނިންމަބަލަ ތިކަން