ނިރުބަވެރި އިސްރާއީލުން ދޭ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ތިބީ ޔަހޫދީން "ކަތުލުމަށް" ކެތްމަދުވެފައި ކަމަށް އިސްރާއީލުގެ ފިނޭންސް މިނިސްޓަރ، ބެޒަލެލް މޮޓްރިޗް ބުނެފިއެވެ.

ފަލަސްތީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް ތާއީދު ކުރާކަމަށް ބެޒަލެލް ބުނުމާއި ގުޅިގެން އެމެރިކާއިން ވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެ ފާޑުކިޔުންތަކާއި ގުޅިގެން، ފަލަސްތީން ރައްޔިތުން ގެދޮރު ދޫކޮށް ދާން ޖެހޭ ކަމަށް ތާއިދުކޮށް، އޭނާ ބުނެފައިވަނީ ފަލަތީނުގެ ރައްޔިތުން ތިބީ ޔަހޫދީން "ކަތިލައި، ރޭޕް ކުރުމަށް އަދި މަރާލަން" ތައްޔާރަށް ކަމަށެވެ.

"ދެ މިލއަން މީހުން ކޮންމެ ދުވަހަކު ހޭލުމަށްފަހު މި ތިބީ އިސްރާއީލް މީހުން ކަތިލައި، ރޭޕްކޮށް، މަރާލުމަށް ކެތް މަދުވެފަ" އޭނާ ބުންޏެވެ.

އޭނާ މިފަދައިން ބުނެފައިވާއިރު، އޭނާގެ އިތުރުން އިސްރާއީލުގެ ސެކިއުރިޓީ މިނިސްޓަރ، އިޓަމަ ބެން-ވީރް ވެސް އޭނާއާއި އެކީ ހުންނެވިއެވެ.

އެމެރިކާއިން ފާޑުކިޔުންތައް ކިޔާފައިވަނީ މި ދެ މިނިސްޓަރުންނަށެވެ. އެގޮތުން ފަލަސްތީން ރައްޔިތުން ގެދޮރު ދޫކޮށް ދިއުމާއި ގުޅޭ ގޮތުން އެމީހުން ދެއްކި ވާހަކަތަކާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ އެއީ ވަރަށް ވެސް ހަރުކަށި އަދި ޒިންމާދާރު ވާހަކަތަކެއް ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އެތަކެއް ހާސް ބަޔަކު ވަނީ އެމީހުން ދިރިއުޅޭ ގެތައް ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. ބައެއް ރައްޔިތުން އެމީހުންގެ ގެތައް ދޫކޮށް ގޮސްފައިވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ކަމަށްވާއިރު، އަނެއް ބައި ރައްޔިތުން އެމީހުންގެ ގެތައް ދޫކޮށް ގޮސްފައިވަނީ އިސްރާއީލުގެ އިންޒާރުތަކާއި ގުޅިގެންކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މަވެސް މިހުރީ ކެތްމަދުވެފައިކަން ކަލެއަކަށް ނޭނގޭތަ

    19
  2. އަލީ

    ފުރަތަމަ ކަތިލާން ފެޝީ ކޮން ބައެއް؟ ބަދަލު ހިތިވާނެ!! މިހާރު އަހަރުމެންވެސް މިތިބީ ތިކަމައް ފެންބޮވާފަ

    34
    2
  3. Anonymous

    މިދުނިޔޭގައި ތިޔަ ނުބައި ނުލަފާ ކާފަރުންނަށް ހިތުހުރިގޮތެއް ހެދިދާނެ. އެކަމު އާޚިރަތުގައި ކުރިމަތިލާންޖެހޭނީ ވޭންދެނިވި ޢަޛާބާ.

    43
  4. އިބްނި އަހްމަދު

    އާނ. އަހަރެމެންވެސް މިތިބީ ހަމަ ކެތްމަދުވެފައި ފުރުސަތަކަށް އެދިއެދި.

    23
    2
  5. އަހުމަދު

    ހަމައެކަނި ފަލަސްތީނުގެ ރައްޔިތުނެއް ނޫން.. އަހަރެމެންވެސް މިތިބީ ތި ޔަހޫދީން ތަށް މި ދުނިޔެއިން ފޮހެލުމަށް ކެތްމަދުވެފަ

    31
    3
  6. މުޙައްމަދު

    ހެޔޮކޮށް ތިބުނީ. ހަމަ ކެތް މަދުވެފަ. އެކަމަކު ރޭޕްކޮށް އަނިޔާކުރުމަކަށްނޫން. ހަމަ ޖެހިޖެހީނުން މަރާލަން