އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ އެހެން ގައުމުތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ދޫކުރުން އެ ގައުމުން ހުއްޓާލައިފިއެވެ.

އިނގިރޭސިވިލާތަކީ ތައުލީމީ ސިނާއަތުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެ ގައުމުން ދޭ ތައުލީމުގެ ފެންވަރު ރަނގަޅުވުމާއި، ޒަމާންވީ އަދި ގަދަރު ލިބިފައިވާ ގިނަ ޔުނިވާސިޓީ ކޮލެޖްތަކެއް އެ ގައުމުގައި ހުރުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ދަރިވަރުން މަތީ ތައުލީމު ހާޞިލުކުރުމަށްޓަކައި އިނގިރޭސިވަލާތަށް ދެއެވެ.

ކުރިން އިނގިރޭސިވިލާތުން އެހެން ގައުމުތަކުން މި ގޮތަށް ތައުލީމު ހާސިލުކުރުމަށް ދާ ކުދިންނަށާއި އެ ކުދިންގެ ބެލެނިވެރިން އެ ގައުމަށް ދިއުމަށް ޑިޕެންޑެންޓް ވިސާ ދިޔައީ ދެމުންނެވެ. ނަމަވެސް މި ފަހުން ސަރުކާރުން ވަނީ ޑިޕެންޑެންޓް ވިސާ ނުލިބޭނެ ގޮތަށް ގަވާއިދު އިސްލާހު ކޮށްފައެވެ.

ނަމަވެސް ޕޯސްޓް ގުރެޖުއޭޓް ރިސާޗް ކޯހެއް ހަދާ ދަރިވަރުންނަށާއި، ނުވަތަ ގައުމެއްގެ ސަރުކާރުގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ ކޯހެއް ހަދާ ދަރިވަރުންނަށް އެ ދަރިވަރުންގެ ބެލެނެވެރިން ގެންނަން ވިސާ ލިބިގެން ދާނެއެވެ.

" މިއީ އެހާ ރަނގަޅު ޕްރެކްޓިކްސް އެއް ނޫން މިހާ ބައިވަރު ދަރިވަރުން އެމީހުންގެ އާއިލާތަކާއި އެކު މި ގައުމަށް ގެނުމަކީ. މިއީ އަހަރެމެންގެ ސަރުކާރަށް ވަރަށް ބޮޑު ބުރައެއް." އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޖޭމްސް ކުލެވާލީ ވިދާޅުވިއެވެ.

ޖޭމްސް ކުލެވާލީ ވިދާޅުވި ގޮތުގައި އަލަށް އަމަލުކުރަން ފަށާ މި ގަވާއިދުގެ ސަބަބުން އިނގިރޭސިވިލާތަށް މީހުން ހިޖުރަ ކުރާ މީހުންގެ ނިސްބަތް އެތައް ހާސް ދަރަޖައަކަށް ދަށްވާނެއެވެ. އަދި މިކަމުގެ ސަބަބުން އިނގިރޭސިވިލާތަށް ދިމާވެފައިވާ މީހުން ހިޖުރަކުރުމުގެ މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިކަމާއި ދެކޮޅު ހަދާ ބޭފުޅުން ވިދާޅުވަނީ މި ގަވާއިދުގެ ސަބަބުން އިނގިރޭސިވިލާތުގެ ޔުނިވަސިޓީތަކަށް ދަރިވަރުންގެ ފީ ގެ ގޮތުގައި އެތައް މިލިއަން ޕައުންޑު ގެއްލި ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށާއި، އަދި މުޅި ދުނިޔޭގައި ތައުލީމު ހާޞިލް ކުރަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތް އޮތުމަށް ނިމުން އައުމުގެ ބިރު ބޮޑު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިނގިރޭސީން ހިތުން އެމީހުން އެއުޅެނި ބޭރުގައުމުގެ ދަރިވަރުންގެ ބޮލަށް އެރިގެން އެކުދިންގެ ޖިންސު ބަދަލުކުރުމަށެވެ. ނުވަތަ އެކުދިން ލައްވައި މަކުނުކުޅި ކުޅުވުމަށެވެ. ބެލެވެރިން ތިބޭއިރު އިނގިރޭސީން ބޭނުންހައި ކަމެއް ބޭރުގެ ދަރިވަރުން ލައްވައި ނުކުރެވޭތީ ބެލެނިވެރިން ބޭރުކޮށްލީއެވެ.

    13
    1
  2. އަޙުމަދު

    އިނގިރޭސި ވިލާތުގެ ތަޢުލީމްއަކީ މާބުރަދަނެއް ހުރި އެއްޗެއް ކަމަށް ބަޔަކަށް ހީވިޔަސް އެކަން އޮތީ އެގޮތަށް ނޫން، ނަމަވެސް ބައެއް ފައިސާވެރިންނާއި އެމީހުންގެ ދަރިން އެމީހުން ބޭނުން ގޮތަކަށް އުޅެން އެތަނަކީ ރަގަޅުތަން، ޔުނިވަރސިޓީގެ ޢިމާރާތަށް ދުވަސް ވެގެން އަގު އަރާނަމަ އެކަހަލަ ވަރަށް ގިނަ ޔުނިވަރސިޓީ ދުނިޔޭގައި އެބަހިނގަމުންދޭ، ވިލާތުގެ ޔުނިވަރސިޓީ މާކެޓް ކުރަން ކުރާ މަސައްކަތުން އެމީހުންގެ ޔުނިވަރސިޓީ ވަރުގަދަ ކަމަށް ދެކެނީ އެއީ އަސްލު ހަގީގަތެއްނޫން. އެތަނުގެ ކޮންމެ ޔުނިވަރސިޓީއަކަށްވެސް ފައިސާވެރި ގަދަރުވެރި ޢާއިލާތަކުގެ ދަރިވަރުންނަށް ޖާގަލިބޭނެ، މިއީ ޙަގީގަތަކީ .

    13
    1
  3. އަލީ

    އޭރުން ކަލޭމެން ކުޅެމުން ތިދާ ވިއްސާރަދުނި މާއްދާ ރަނގަޅައް ކިޔަވާދެވޭނީ އަދި

    14
    2