23:18

2023 ވަނަ އަހަރު އިސްރާއީލަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވި ނަމަވެސް އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ފެށި ހަނގުރާމައާއި ގުޅިގެން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އިސްރާއީލުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފި.

23:15

އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ޣައްޒާގައި ހިނގި ކުރިމަތިލުންތަކުގައި ފަސް ސިފައިންގެ ފުރާނައަށް ނުރައްކާވާ ވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

މި ޒަހަމްތަކަކީ މައިގަނޑު ގޮތެއްގައި ޣައްޒާގެ ދެކުނުގައި ހިނގި ހަނގުރާމަތަކުގެ ސަބަބުން ލިބުނު ޒަހަމްތަކެއް ކަމަށް އެ އިދާރާއިން ބުނޭ.

23:15

ހިޒްބުﷲ އިން އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ހަަމަލާދީފި.

އެ ޖަމާއަތުން ބުނީ ސިފައިންގެ ބަޔަކާ ދިމާލަށް ރޮކެޓް ހަމަލާދިނީ "އަލްމާޖް ސައިޓް ކައިރީގައި" ކަަމަށް.

މި ހަމަލާގައި މީހުން މަރުވި ކަމެއް ނުވަތަ ނޫން ކަމެއް ހިޒްބުﷲ އިން ހާމައެއް ނުކުރޭ.

23:13

ސިއްހީ ހިދުމަތްތެރިންނަށް "ސިއްހީ ހިދުމަތް ދިނުމަށް ނުރައްކާތެރި ހާލަތްތަކަށް އަހުލުވެރިވާން" މަޖުބޫރު ކުރަމުންދާ ކަމަށް ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފި.

ޣައްޒާގެ އެމްއެސްއެފްގެ އިމަޖެންސީ ކޯޑިނޭޓަރު ކެރޮލީނާ ލޮޕޭޒް ވިދާޅުވީ ޣައްޒާގެ މެދުއޭރިއާގެ އަލް އަޤްޞާ ހޮސްޕިޓަލުގެ އިރު އުތުރުގެ އަވަށްތަކުގައި ބޮން ގޮއްވާލި އަޑު އިވެނީ އަލްބުރައިޖާއި އަލް މަޣާޒީ ރެފިއުޖީ ކޭމްޕްތައް ކައިރީގައި ކަމަށް.

23:11

މިދިޔަ އާދީއްތަ ދުވަހު ރަތް ކަނޑުގައި ހޫތީ ސިފައިންނަށް އެމެރިކާއިން ދިން ހަމަލާއަކީ "ޖަވާބެއް ނުލިބޭނެ" ޖިނާއީ އަމަލެއް ކަމަށް ޔަމަނުގެ ހޫތީންގެ ލީޑަރު އަބްދުލް މަލިކް އަލް ހޫތީ ނެރުއްވި ބަޔާނެއްގައި ވިދާޅުއްޖެ.

އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި ހޫތީ ހަނގުރާމަވެރިންގެ 10 ހަނގުރާމަވެރިއަކު އެމެރިކާ ސިފައިން ޝަހީދުކޮށްލާފައިވާއިރު އެ މީހުން ދަތުރުކުރި ބޯޓުތައް ވަނީ ފައްތާލާފައި.

19:25

ނިރުބަވެރި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަަމަލާތަކުގައި އިތުރު 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފި

18:33

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ހަމަލާދިން ސަރަހައްދު ހުސްކުރި އިސްރާއީލުގެ ދެކުނުގެ ރައްޔިތުން ފެބްރުއަރީ މަހުގެ ފަހުކޮޅު އެނބުރި އަންނަން ފަށާނެ ކަމަށް ޓައިމްސް އޮފް އިސްރޭލުން ބުނެފި.

އަދި އިސްރާއީލުގެ ސަރުކާރުން ވިސްނަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގާތްގަނޑަކަށް މި ހުރިހާ މުޖުތަމައުއެއް އަލުން އާރާސްތު ކުރުމަށް ކަމަށް އެ މީހުން އާބާދުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނޭ.

18:32

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ މަހައްޓާ އާއި ކަޓިބާ ސަރަޙައްދުގައި ދެ ޓޭންކަށް ހަމަލާދީފައިވާ ކަމަށް ޤާސަމް ބްރިގޭޑުން ބުނެފި.

17:37

ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ މަރޫން އަލް ރަސް ކައިރީގައި އޮންނަ ލުބުނާނުގެ ހަނގުރާމަވެރި ޖެޓުތައް ލުބުނާނުގެ ޖަމާއަތުގެ ތަންތަނަށް ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފި.

17:36

ޣައްޒާގައި ބަންދުކޮށް، އިސްރާއީލުގެ ހައިފާ ސިޓީ ކައިރީގައި ވާ ޑޭމޮން ޖަލުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 51 އަންހެނުންނާއި ކުޑަކުދިންގެ ނަން ފަލަސްތީނުގެ ޕްރިޒަނަރސް އެންޑް އެކްސް ޕްރިޒަނަރސް އެފެއާޒް އޮތޯރިޓީން އާއްމުކޮށްފި.

17:35

ޣައްޒާގެ އާބާދީ އެހެން ގައުމުތަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން އިސްރާއީލުގެ ވަޒީރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑަށް ނުތަނަވަސްވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކާ ތުރުކް ވިދާޅުވެއްޖެ

"ޣައްޒާގެ 85 އިންސައްތަ މީހުން މިހާރުވެސް ތިބީ އެތެރޭގެ ގެދޮރު ގެއްލިފައި. އެމީހުންނަށް އެނބުރި ގެއަށް ދިއުމުގެ ހައްގު އޮންނާނެ،" އެކްސްގައި ކުރި ޕޯސްޓެއްގައި ތުރުކް ވިދާޅުވި.

17:34

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރޭމްގައި ހުންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި ފަލަސްތީނުގެ 17 މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފި.

17:14

އިސްރާއީލު ސިފައިން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ދައްކުވައިދޭ ވީޑިއޯތައް އާއްމު ކުރަން ފަށައިފި

17:12

ނޫރު ޝްމާސް ރެފިއުޖީ ކޭމްޕްގައި އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދުވެސް ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

15:51

ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި އިސްރާއީލްގެ އެމްބަސީތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފި.

14:19

އިސްރާއީލުން ޣައްޒާގެ އުތުރުގައި އާ ވައްތަރެއްގެ ބޮމެއް ގޮއްވާލައިފި.

 

14:18

ޖަބަލިއާ ކޭމްޕުގައި ހުންނަ މަސްޖިދުލް އަލް ޒަވާޔާއަށް ހަމަލާދިނުމުގެ ކުރިންނާއި ފަހުން

 

14:15

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ފަލަސްތީނު ރެޑްކްރެސެންޓުގެ ހެޑް ކުއާޓާސްއަށް ހަމަލާދީފި.

14:14

ރަފާހުގައި ބޯނެ ފެން ހޯދުމަށް ރައްޔިތުން ބޮޑެތި ކިޔު ހަދައިގެން-- ފޮޓޯ: ރޮއެޓާސް

13:58

ހަމާސްގެ ޑެޕިއުޓީ ލީޑަރު، އަރޫރީ ޝަހީދު ކޮށްލި އިމާރާތަކީ ހަމާސް ޖަމާއަތުން އެމީހުންގެ އޮޕަރޭޝަންތަކަށް ބޭނުން ކުރަމުން އައި އޮފީހެއް ކަމަށާއި އެތަން ހުސްކޮށްލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ފަހުން ކަމަށް ލުބުނާނުގެ މީޑިއާއަކުން ބުނެފި.

13:35

އިސްރާއީލުން ރޭގައި ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲ ގެ ހަތަރު މުޖާހިދުން ޝަހީދުވި ކަން ހިޒްބުﷲ އިން އިއުލާންކޮށްފި. އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހަނގުރާމަ ފެށި ފަހުން ހިޒްބުﷲ ޖަމާއަތުގެ 151 މީހުން ވަނީ ޝަހީދުވެފައި. އޭގެ ތެރޭގައި ގިނައީ ލުބުނާންގެ މީހުންނާއި ސީރިއާގެ މީހުން.

 

12:57

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ބްލިންކެން އިސްރާއީލް ހިމެނޭހެން މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ދިއުމަށް ނިންމައިފި.

މިއީ ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ ހަތަރު ވަނަ ދަތުރު

12:54

ފަހުގެ މައުލޫމާތު:

  • ދެކުނު އެފްރިކާއާއި އެމެރިކާއިން ވެސް ބައިނަލްއަގުވާމީ ޖަސްޓިސް ކޯޓުގައި މިމަހުގެ 11 އަދި 12 ވަނަ ދުވަހު ބަޔާން އިއްވާނެ ކަމަށް އެ ކޯޓުން ބުނެފި.
  • އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާގައި މަރުވި ނުވަ މީހުންގެ ތެރޭގައި ހިޒްބުﷲގެ މެމްބަރަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެފި.
  • ފާއިތުވި ތިން ދުވަހު ވެސް ޣައްޒާގެ އުތުރަށް ބޭނުންވާ އެހީ ވެއްދިފައި ނުވާ ކަމަށް އެހީވެއްދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފި.
  • ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ނިރުބަވެރިން ކުރިއަށް ގެންދިޔަ ރެއިޑެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި.

 

11:28

ނިރުބަވެރި އިސްރާއީލުން ޣައްޒާ އާއިލާއެއްގެ 14 މީހަކު ޝަހީދު ކޮށްލައިފި

 

10:22

އދ. އިން އެންމެ ފަހުން ބުނި ގޮތުގައި އިންސާނީ އެހީތައް ޣައްޒާގެ އުތުރުގައި އޮންނަ ވަޑީ ޣައްޒާ އަށާއި މެދު ތެރޭގެ ސަރަހައްދުތަކަށް ނުވެއްދޭތާ ތިން ދުވަސް ވަނީ ވެފައި.

10:19

ހިޒްބުﷲ ގެ އޮފިޝަލުން ރިޕޯޓް ކުރާ ގޮތުގައި އިސްރާއީލުން އެންމެ ފަހުން ލުބުނާނަށް ދިން ހަމަލާތަކުގައި ވެސް 9 މެމްބަރުން ވަނީ ޝަހީދުކޮށްލާފައި.

10:15

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ބައިނަލްއަގުވާމީ ޖަސްޓިސް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ޖެނުއަރީ 11 އަދި 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

10:10

އިރާންގައި އިއްޔެ ބާރުގަދަ ދެ ގޮވުމެއް ގޮވީ އިސްރާއީލާއި އެމެރިކާގެ ސަބަބުން ކަމަށް ބުނެ އީރާންގެ ރައީސްގެ އެޑްވައިޒަރަކު ވިދާޅުވެއްޖެ.


ނިރުބަވެރި އިސްރާއީލުން ހަމާސް ޖަމައަތުގެ މުޖާހިދުންނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ފަލަސްތީނުގެ އެކި ހިސާބުތަކަށް އަންނަނީ ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކުގައި މިހަމަލާތައް ދެމުން އަންނައިރު، ހުޅަނގު އައްސޭރީގައިވެސް ނިރުބަވެރި ސިފައިން އަންނަނީ އެކި ވަރުގެ ހަމަލާތައް ދެމުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެތަކެއް ބަޔަކު ޝަހީދުވެގެން ދިއުމެވެ.

މިހަމަލާތަކުގެ ތެރެއިން ރޭގެ ވަގުތެއްގައި ވެސް ނިރުބަވެރިން ވަނީ ހުޅަނގު އައްސޭރިއަށް ހަމަލާތަކެއް ދީފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާގައި 29 އަހަރުގެ ޒުވާނަކު ވަނީ ޝަހީދުކޮށްލާފައެވެ.

އޭނާ ޝަހީދުކޮށްލާފައިވަނީ ހުޅަނގު އައްސޭރީގެ ތަމޫމް އަވަށުގައި ދިން ހަމަލާއާއި ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން ބަޑިން ހަމަލާދީގެންނެވެ.

ނިރުބަވެރިން އެޒުވާނާ ޝަހީދުކޮށްލާފައިވާއިރު، އެތަކެއް ބަޔަކު ހައްޔަރަށް ގެންގޮސްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު