ނިރުބަވެރި އިސްރާއީލުން ޣައްޒާއިން ޝަހީދު ކޮށްލި މީހުންގެ އަދަދު 22،600 އަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނިރުބަވެރިން ވަނީ ފާއިތުވި 24 ގަޑިއިރު ޣައްޒާއިން 162 މީހަކު ޝަހީދު ކޮށްލާފައެވެ. އެއާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދު ކޮށްލި މީހުންގެ އަދަދު 22،600 އަށް އަރާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާއިތުވި 24 ގަޑިއިރު 162 މީހަކު ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރެއިން 15 މީހުންނަކީ ނިރުބަވެރިން ޣައްޒާގެ މަޣާޒީ ރެފިއުޖީ ކޭމްޕަށް ހަމަލާދީ ޝަހީދު ކޮށްލާފައިވާ މީހުންނެވެ.

ނިރުބަވެރިންގެ ހަމަލާތައް ހުއްޓުމެއް ނެތި ރެޔާއި ދުވާލު ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުވެފައިވާއިރު، މިހާތަނަށް މި ހަމަލާތަކުގައި 57،910 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.