ރާއްޖެ ކައިރިން އިސްރާއީލުގެ ދެ ތެޔޮ ބޯޓަކަށް ހަމަލާދީފައިވާ ކަމަށް ބައެއް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޖޯޑަން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ދެ ތެޔޮ ޓޭންކަރަށް ވެސް ބޮމުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޕްލޭންގައިވާ ގޮތުން މި ދެ ތެޔޮ ޓޭންކަރު ދަތުރުކުރަން ހަމަޖެހިފައި އޮތީ ބާބް އަލް މަންދާބް ކަނޑުއޮޅި އާއި ރަތް ކަނޑުންނެވެ.

އިސްރާއީލަަށް ނިސްބަތްވާ ދެ ތެޔޮ ބޯޓަށް ހަމަލާ ދީފައި ވަނީ ރާއްޖޭގެ ހުޅަނގާއި ހުޅަނގު އުތުރުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވެެއެވެ.

ޔަމަނުގެ އަސްކަރިއްޔާއިން ވަނީ ނިރުބަވެރިން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމެންދެން ރަތް ކަނޑުން ދަތުރު ކުރަމުންދާ އިސްރާއީލުގެ އުޅަނދުތަކަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ރާއްޖެ ކައިރިން ހަމަލާދިން ދެ ތެޔޮ ޓޭންކަރަށް އަމާޒުކޮށްފައިވަނީ ބާބް އަލް މަންދާބް ކަނޑުއޮޅިން 2000 ކިލޯމީޓަރު ދުރުންނެވެ.

މި ހަމަލާދީފައި ވަނީ ޑްރޯންތައް ބޭނުންކޮަށްގެން ނަމަވެސް ހަމަލާދިނީ ކޮން ބައެއްކަން އަދި ނޭނގެެއެވެ.

އެ ނޫހުން ބުނެފައިވާގޮތުގައި ދެ އުޅަނދަށް ވެސް މަގު ބަދަލުކުރަން މަޖުބޫރުވީ ލިބުނު ގެއްލުމާއި އަނެއްކާ ވެސް ޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެންމަސް ވެނަށް

    ތީހަމަ ތެދެއްބަ

  2. ރައްޔިތުން

    ލަފާކުރެވެނީ ރާއްޖެ ބަދުނާމްކުރަން އަވައްޓެރި ގައުމުން ހިންގި ޖަރީމާއެއްކަމަށް. އަދި މީތި އަތަށްގޮވައި ބޭޒާރުވުން ނޫންކަމެއްނުވާނެ.

    1
    0