ލޯބިވެރިޔާއެކު ކްރިސްމަސް ލަވަކިޔަމުން ދަނިކޮށް އަންހެނެއްގެ އިސްތަށިގަނޑުގައި އަލިފާން ރޯވެއްޖެ އެވެ.

އިނގިރޭސިވިލާތަށްް ނިސްބަތްވާ އެ ލަވަކިޔުންތެރިޔާ ސޯފިއާާ އޭނާގެ ލޯބިވެެރިޔާއާއެކު ލަވަކިޔަމުން ދަނިކޮށް ހިނގި މި ހާދިސާގެ ވީޑިއޯ އިންސްޓަގްރާމަށް ދޫކޮށްލުމާއެކު ބައި މިލިއަން ފަހަރު އެ ވީޑިއޯ ބަލާފައި ވެއެވެ

.އެ ވީޑިއޯގައި ސޯފިއާ ފެނިގެން ދަނީ ލޯބިވެރިޔާ އަލްވާރޯއާއެކު އިށީންދެ އިންނަ މަންޒަރެވެ. ހުދު ކުލައިގެ ޖަމްޕްސޫޓެއް ލައިގެން ހުރި ސޯފިއާ އާއެކު, ލޯބިވެރިޔާ ފެލިޒް ނަވިޑެޑް ލަވަ ކިޔަމުންދާއިރު, ފަހަތުން ކްެރިސްމަސް ގަހެއްވެސް ފެނިގެން ދެއެވެ. އަދި ފަހަތުން ރޯކޮށްލާފައިވާ ދެ އުއްބަތިވެސް ފެނިގެން ދެއެވެ.

އިރުކޮޅެއް ފަހުން ދެން ފެނިގެން ދަނީ ފަހަތުގައި އިން އުއްބަތިން އޭނާގެ އިސްތަށިގަނޑުގައި އަލިފާާން ރޯވާ މަންޒަރެވެ. އެކަން އޭނާ އަށްވެސް ނޭނގެ އެވެ. އަދި ލަވަކިޔުމައިގެން ކުރިއަށް ދެއެވެ. އޭނާއަށް އިސްތަށިގަނޑުގައި އަލިފާން ރޯވިކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ. ވަގުތުން އޭނާގެ ލޯބިވެރިޔާ ވަގުތުން އޭނާއަށް އެހީވާން މަސައްކަތް ކުރިއެވެ.

 

View this post on Instagram

 

A post shared by SofiaEllar (@sofiaellar)

ފަހުން ފެނިގެން ދިޔައީ އޭނާ އެތަނުން ދާތަނެވެ.

އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވީޑިއޯ؟؟؟؟