ހަޔާތުގެ ބާކީ ބައިގައި ދެމި ހުންނާނީ ނަމާދު ކުރާ މީހުން ސިޔާސީ މަސައްކަތަށް ނެރުމުގަައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ބެއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ކުރިމަތިލެއްވި އިމްރާނަށް އެ ގޮނޑި ކާމިޔާބުކުރެއްވިފައި ނުވެއެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ އޭނާ މިހާތަނަށް ކުރަމުން އައި، އަދި އެކަމެއް ކުރުމުގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި ދެމި ހުންނާނެ މަސައްކަތަކީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުން ކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ތިން ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ އެމްޑީޕީގެ ފަރާތުން މިހާރު ވެސް އެ ދާއިރާގެ މެންބަރު މުހައްމަދު ރާއީއާއި އަދާލަތު ޕާޓީގެ ފަރާތުން އިމްރާން އާއި ޕީއެންސީގެ ފަރާތުން އާދަމް ޝަފީގެވެ.

އެ ދާއިރާއަށް 2806 މީހަކު ވޯޓުލާފައިވާއިރު ސައްހަ ވޯޓުގެ ގޮތުގައި އީސީއިން ކަނޑައަޅާފައިވަނީ 2769 ވޯޓެވެ. އޭގެތެރެއިން 1223 އާއިއެކު އިންތިހާބު ކާމިޔާބު ކުރެއްވީ ޝަފީގެވެ.

އިމްރާންއަށް ލިބިވަޑައިގެންނެވީ 821 ވޯޓެވެ. އަދި ރާއީއަށް 725 ވޯޓު ލިބިވަޑައިގެނެވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބުކޮށްފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނާއެކު ޕީއެންސީއަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއްގެ އިތުރުން އެމްޑީއޭގެ ދެ ކެންޑިޑޭޓެއް ވަނީ ކާމިޔާބު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

64 ކޮމެންޓް

  1. އައްނި

    އަޅެފަހެކަލެޔާއެކު ޖަމާއަތެއްހަދާނެމީހަކުވެސް ނުވެގެން އުޅޭއިރު ކަލެޔައްކޮން ސިޔާސީއެއްވެވޭނީ ދެން ތިޔަދިޔައީ ބޮކިޖަހާފާ އަޑިޔައް ދެންވެސްބަލާގޮޅިއަކުންޖާގައެއްލިބޭތޯ އޭރުން ކުރެވުނުކަންކަން ހިތައްގެނެވިދާނެ ދެން ވިސްނަބަލަ އަވަހާ

    116
    2
    • ޒަކީގެ ބައްޓޭ

      ކިތާބިހެކި ހިފައިގެން ޔޯގާ ކުޅޭ ކުދިންނާއެކު ސެލިބުރޭޓް ކުރަން ދޭބަލަ..

      33
      2
  2. އަލީ

    އެމީހުން ހަލާކު ކުރަން ނޫޅެ

    127
    2
    • އިންމާ

      މީނާ ވެރިކަމުގައި ނެތުނީމައި ފަސް ވަގުތު ނަމާދު ވެރިކަމުގައި ހުންނަ އިރު ފަސްމާމުލު ފަސް ވަގުން

  3. ޢާލް

    ބޭބޭ ދެންވެސް އަނގަމަޑުން ލައިގެން ނަމާދުކޮށްލައިގެން ހުރެވޭތޯ ބަލާ. ވަރަށް ސަލާމް.

    158
    1
    • ކަބިލި

      ދެންވެސް ދޮގު ދޮލަގު ހިފައިގެން ދުވާނީކީތްނޫން ނަމާދުކޮށްފަ ދޮގުނަހަދާ އުޅެން ދަސްވޭތޯބަލާބަލަ އޭރުން އަންނަދައުރައް ފިޓުވާނީ

      17
  4. މަލްހާރު

    ޢަޅުކަންކުރާ މީހުން މަގުފުރެއްދުމަކީ އިބިލީހުގެ ވަޒީފާ.

    49
  5. އަސްލްމ

    މީނާއަކީ ވިސްނުންބަލި ކުދިންގެސިކުނޑިއާކުޅެ ސީރިޔާއަށް މީހުންފޮނުވުމުގެ ރެކޯޑު އޮތްމީހެއް

    23
    2
  6. Anonymous

    ކިހާބޮޑު މުސީބާތެއް! މީނަ މީ އިބިލީސްތަ؟ 5 ވަގުތު ނަމާދު ކުރާމީހުން މިޒަމާނުގެ ސިޔާސީކުޅިކުޅެން ނެރެން. ހެޔޮވިސްނޭމީހުން ރައްކާތެރިވޭ މީނަގެ ކިބައިން.!

    48
  7. އިބޫސޯލިހް

    ދީނީ ކާޑު ނުކުޅެ މަދުކޮލާ ގޭގަ!!! ފަރަށް ދިޔައިޔާ މާރަންގަޅުވާނެ!!!

    30
    1
  8. ވިލް

    ހާދަ ވައްތަރޭ މުއިއްޒުއަށް ޖެއްސުމަށް ބުނި އެއްޗަކާ

    30
    1
  9. އޭނާ

    އޭ އަނެއް.. އަފްރާޝިމް މަރާގުޅޭހެކިތައް 5 އަހަރުވަންދެން އަންބޮނޑިދަށުގަ ފޮރުވާފަބާއްވައިގެން ތިހުރީ ކޮންމެވެސް ޕޯޑިއަމްއަކައް އެހިފަގެން އަނެއްކާވެސް ނުކުންނާކަންނުން. ކޮންމެވެސްޕޯޑިއަމްއަކައް އަރާ އެހެންކިޔައިގެން ހަޅޭއްލަވަންވާނެ. އޭރުންފަހަރެއްގަ ދެންވެސް ތާކައްބޯކޮއްޕާލެވޭނީ.. ޕާޓީދަފްތަރުގަ 10000 މީހުންއެބައޮތްތަ. ނެތިއްޔާ އިތުރުމީހަކާއިނދެގެންވެސް އިތުރުވޭތޯބަލާ...ހަހަހަހަހަހަހާ.

    24
  10. ހެހެހެ

    އެއްކަލަ ކާޑު ކުޅެން ފެށީ..

    24
    1
  11. ޖަމަލު

    ކަލޭ ދެން ހުރޭ ގޮއްމުއްކަވައިގެން އަބަދު. ތީ މުއިއްޒަށް ޖެހި ޖޯކެއްތަ؟ ތިހެންވިއްޔާ ކުފުރުވެފަ ތިހިރީ، އަވހަށް ތައުބާވޭ

    24
  12. ބޭބެ

    ފަހަރި ނެރެލަން ވީނު.

    19
    1
  13. ރައްޔިތުން

    ބޭބެ ހަނނު ހުންނެވުންއެދެން. ބޭބެ ދައްކާ ވާހަކަ ޤަބޫލްކުރަން ވ ދަތި

    22
    1
  14. އިމްމު

    ފަސްވަގުތު ނަމާދުކޮށް ނަމޫނާ ދައްކާ ސިޔާސީވެރިޔެއް ރައީސް އަކަށް އެހުރީ.

    33
  15. ޝެން

    ކަލެއަށް ވާވަރު ތިވީ ދެން މަޑުން ހުރޭ މައްސަލަތައް ބަލަންދެން. މާތް ދީނީ މީހަކަށް ހެދިގެން އުޅޭނެކަމެއް ނެތް.ހަޣީގަތް މިހާރު އިނގޭ އެންމެނަށް.ބަލަ މީހުން ފަސް ވަގުތު ނަމާދު ކުރަނީ ކަލޭ ކައިރި ބުނެފަ ގޮސް އުތަ؟

    24
  16. ނަނަނަ

    މިދިޔަ 5 އަހަރު މިދިޔައީ މީނައާ އެއްކޮޅަށް ކޮމެންޓެއް ކޮށްލާނެ މީހަކު ނުވޭ... މިހާރު މީނަ ފަހަތުގަ ދިވެއްސަކު ނަމާދުވެސް ނުކުރާނެ.. އެވަރުގެ މީހެއް މީ...

    23
    2
  17. ހައްހައްހާ

    އަޅުގަނޑުމެން ސެލިބުރޭޓު ކުރާނީ ސެލިބުރޭޓު

    18
    1
  18. ވަހީ

    ޢިމްރާންތިކަމާއުޅުއްވާކަށް ރަގަޅެއްނޫން. ރައްޔިތުން ބޭނުންވާނީ ސިޔާސީ ކަންތަކާ ވީހާވެސްދުރެއްގަ ހުންނެވެން. މިރާއްޖޭގެސަރުކާރުތަކުން ދުވަހަކުވެސް ރޯދަމަހުފަހުދިހަ އަޅުކަންކުރުމަށް ޗުއްޓީއެއްދިންކަން އެގިފަކަނެތް. އަދި މިރާޢްޖޭގެ އިސްލާމިކު މިނިސްޓްރީ އިން އިސްލާމްދީނަށްޓަކާއެތަކެއްގިނަކަންތައްއެބަކުރައްވާ. އަދިމިހާރުގެ ލޮބުވެތި ރައީސް ޑރ.މުއިއްޒު އަކީ ބަރާބަރަށް ފަސްނަމާދުކުރައްވާބޭފުޅެއްވީމަތިކަންތައްވެސް ބައްލަވާނެ.

    18
  19. ޭއިލްޔާސް

    ބޮޑު ޝައިތޯނު ނަމާދުކުރާ ކުދިންކޮޅު މަޣުފުރައްދާ ކުފުރުގެ ނިޒާމައް ވެއްދޭތޯ މަސައްކަތް ފެސިވާހަކަ

    19
  20. މުނާފިގުންގެ ސިފަ

    ޢަނެއްކާ ބަޔަކު މުނާފިގުކޮށް ފިތުނަ ފަސާދަކުރުވަން ނޫޅެ ޤައުމުުގެ ކަންކަމާއި ނުބެހި ގެއަށް ވަޑައިގަންނަވާ

    21
  21. މުހައްމަދު ހަނީފް / އަނބުގަސްދޮށުގެ ސ.ހިތަދޫ

    ނަމުން ޟޭހެއް އަމަލުން ސެކުސީއެއް ބަހުން ޖަންގަލީއެއް

    25
    2
  22. ވަހީ

    ޢިމްރާންތިކަމާއުޅުއްވާކަށް ރަގަޅެއްނޫން. ރައްޔިތުން ބޭނުންވާނީ ސިޔާސީ ކަންތަކާ ވީހާވެސްދުރެއްގަ ހުންނެވެން. މިރާއްޖޭގެސަރުކާރުތަކުން ދުވަހަކުވެސް ރޯދަމަހުފަހުދިހަ އަޅުކަންކުރުމަށް ޗުއްޓީއެއްދިންކަން އެގިފަކަނެތް. އަދި މިރާޢްޖޭގެ އިސްލާމިކު މިނިސްޓްރީ އިން އިސްލާމްދީނަށްޓަކާއެތަކެއްގިނަކަންތައްއެބަކުރައްވާ. އަދިމިހާރުގެ ލޮބުވެތި ރައީސް ޑރ.މުއިއްޒު އަކީ ބަރާބަރަށް ފަސްނަމާދުކުރައްވާބޭފުޅެއް. ސަރުކާރަށް މިފަހަރުލިބުނު ކަލާމިޔާބަކީ ރައީސްމުއިއްޒުގެ ހީވާގިކަމާ އެމަނިކުފާނުގެ ކެބިނެޓްގެބޭފުޅުންނާއި ޕާޓީއަށް ތާއީދު ކުރައްވާއެތައްހާސް ރައްޔިތުން މިސަރުކާރަށް ކުރައްވާ ތާއީދާއިލޯބި.

    10
  23. ދަރިފުޅައް އެންމެ ރަނގަޅުވާނީ ގާތުންދޭ ކިރު

    ހާދައަހުލާގެެއް ނެތް މީހެއް ކަލޭގެ ސިޔާސީ ދީނީ ފިކުރު ރައްޔަތުން ފެނި ތަޖުރިބާ ކޮއްފި އެހެންވީ ކަލެއައް ނާކާމިޔާބާ ކުރިމަތި ލާންޖެހުނީ ދެންވެސް ދުލުގެ ބޭނުން ރަނގަޅައް ހިފޭތޯ ބަލާލަބަލަ» އިމުރާން އަތުގެ ބޭނުންވެސް ހިފީ ރަނގަޅަކައްނޫން

    16
  24. ތައުފީގް

    ފަސްއަހަރު ނަމާދު ނުކުރާ، ރާފުޅި ހިފައިގެން އުޅުނު މީހުން ތަމްރީނު ކުރުމުގައި އުޅެފާ، ވިދިގެން އަންނަ ފަސްއަހަރު ދީނަށް ލޯބި ކުރާމީހުން ތަމްރީން ކުރުން، ރަނގަޅު ބެލެންސް ވާނެތަ؟

    17
    2
  25. އަލިކި

    ކަނބަޅި ރާއީ ވެސް ނުހޮވުނު ދޯ. ސޭކް އިމްރާން މިހާރު ނަމާދޭކިޔައިގެން އެއުޅެނި މުއިޒު ބޮލައް ވަންނަން. ހިސާބު ސޯ މާގަދަވާނެ

    14
  26. ޢިބޫ

    ކަލޮޔަށް މަގުފުރެއްދުނު މީހުން މަދީ ދޯ

    15
  27. ޑ

    2001 ވަނަ އަހަރު ކަލޭ ކިޔަވައިގެން އައިސް ބުނި ޑިމޮކްރަސީ އެއީ ކުފުރު ނިޒާމެކޭ ދެން މަލްޓީ ޕާރޓީ ވެރިކަން ފެށީމަ ކަލޭ އާއި ސަހީމު ދުއްވައިގަތީ ވެރިކަމާ މަޤާމުގެ ދަހިވެތިކަމުގަ

    11
  28. ރަދީފް ހުސެން

    މާދީންވެރި ސޭހެއް ކަމައްދެއްކިގެން އުޅުނަސް އެކަމެއް މީހުން ބަލައެއްނުގަނެ. ހަމަ އެގޮތައް ފަސްވަގުތު ނަމާދުކުރާ މީހެއްކަމައް ދެއްކިގެން އުޅުނަސް މީހުން ބަލައިނުގަންނާނެ. މީހުން ބަލައިގަންނަނީ ތެދުވެރި އަހްލާގް ރަނގަޅު ދެފަހަރު ދެގޮތައް ވާހަކަނުދައްކާ ފައިސާއައް ނުވިކޭމީހުން. އެކަންކަން ހުރިމީހެއްތޯ އެމީހަކު ދިރިއުޅޭ މުޖުތަމައެއްގެ މީހުނައް އެކަން އިންގޭނެ، އެއީ އިސްތިހާރުކޮއްގެން ހޯދޭނެ އިހްތިރާމެއްވެސް ނޫން.

    17
    1
  29. އަލޮމް މިއާ

    ކޮންމެހެން އެމީހުން ހަލާކުކުރަން އުޅޭނެކަމެއް ނެތް

    13
  30. ހިމް

    ފަސްވަގުތު ނަމާދުކުރާ މީހުން ދޫކޮށްލާ. ސިޔާސީ ކަންކަމަށް ކުފޫހަމަވާނީ ފަސާދަކުރާ މީހުން.

  31. Anonymous

    ފުލުސމަތިހަށި ފުއްޕާފައި އުޅުނު ގޮތުގެ ވާހަކަ ފުލުހުން ބުނޭ

  32. ސަންތި މަރިޔަނބު

    ފުލުސް އޮފީހުގެ ތެރޭގައި މަތިހަށި ނަގާފައި އުޅުނު ބޮޑާކަމުގެ ވާހަކަ ފުލުހުން ބުނޭ. ކަލޭމެން ތިތިބީ ﷲގެ ހެޔޮރަޙުމަތްފުޅުން ސިޔާސީ ގޮތުން މިހާރު ބާކީ ވެފަ. ދެންވެސް މޮޔަ ނުގޮވާ މަޑުންހުރޭ.

    14
  33. އަލީ ޙަމީދުު

    ކަލޯގަޔާ، އިބިލީސްވެސް ފަސްވަގުތު ނަމާދުކުރާމީހުން ހައްލާލައިގެން، ވަސްވާސްދީގެން އެހެންކަންތައްތަކުގައި ޝާމިލް ކޮށްގެން ނަމާދު ކުރުމާ ދުރުކުރުވީ،، ބިރުވެރިކަމެއްގެ އަލާމާތް މިފެންނަނީ، މީ ޝޭހަކައްވެގެން އުޅޭ ނުބައި ނުލަފާ ޖާހިލެއް.. އެންމެން ސަމާލުވޭ

    15
  34. Anonymous

    ފާސިގު ދުލުގެ ވެރިޔާ ނަމާދުގެ ވާހަކަ ދައްކައިގެން މުއިއްޒު ބޮލައްސަވާރުވާން އުޅޭހެން ހީވެޭ

    16
  35. ދީދީ

    މަނިކުފާނު ރަނގަޅުވާނީ ކުރީގެ ރައީސް ސޯލިހާއިއެކު ސެލިބުރޭޓް ކުރަންދިިއުން. އެކަމަކީ މަނިކުފާނު ވަރަށް ޖޯށާއިއެކު ކުރައްވާހިތްވާ ކަމެއްކަން ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައި ފެނިގެންދިޔަ. އަނެއްކާ މަނިކުފާނާއިޖެހިގެންގޮސް މިހާރު ނަމާދުކުރާ ރަނގަޅު ކުދިން މަގުއޮޅިދާނެތީވެސް ބިރުހީވޭ.

    12
  36. ހުސޭނުބޭ

    މަ ތިކަން ޤަބޫލުކުރާނީ ކިތާބީ ހެކި ދެއްކީމާ!

    13
  37. ޔުމްނާ

    ދޮން އަންހެން ކުދިންނަށް އިސްތިހާރާ ނަމާދު ކުރަން ކިޔާދީ

    12
    1
  38. ޛދޖސޖސޖޖސޖސ

    ނަމާދު ކުރާ މީހުން ބަލައެއް ނުގަނޭ، އެކަހަލަ މީހުނަށް ކާމިޔާބެއްވެސް ނުލިބޭ، ރިޝްވަތާއި ހަރާމް ފައިސާއަށް ދިވެހިން ގުޑަނީ...

  39. ޢަޒްރާ

    ނަމާދު ކުރާ މީހުންނަށް ހުޅަނގުގެ ޑިމޮކްރަސީ ދަސްކޮއްދީގެން ނަރަަޔަށް ދާންދޯ؟ ބަލަ އަދާލަތު ޕާޓި އުފެއްދިގޮތަށް ކިޔަވައިގެން ތިބި އެންމެން ނަށް ހުޅަނގުގެ ޑިމޮކްރަސީ ދަސްކޮއްދީފަ ގައުމު ފަސާދަ ކޮއްލީ

  40. ވަރިހަމަ

    ކުރާނީވެސްް ކީތް؟ ދޯ! އުޅެއުޅެ ވަޒީފާއަކާއި އަޅައިގަންނަ ގޮތެއް ނުވި! ދެން މަ އުޅޭނީ މިސްކިތް ތަކަށް ދާ އަންހެންކަނބަލުންް ނަމާދައް ތިބޭއިރު ޢަވްރަ ނިވައިކޮށްގެންތިބިތޯ ބުލުމުގައާއި ޚާއްޞަކޮށް ސަޖިދައިގައި ތިބޭއިރު ފަހަތުން ބަލާއިރު ޢަވްރައިންތަންކޮޅެއްވެސް ފެންނަންހުރިތޯބަލައި، އެފަދަކަމެއް ފެނިއްޖިއްޔާ ނިވައިކޮށް ދިނުންފަދަަ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފަސްވަގުތު މިސްކިތުގައެވެ! އެކަނބަލުންގެދެ ޚަދްމަތުގައެވެ.!!

  41. ހަސްނާ މުހައްމަދު

    ދެ ގޮތަކަށް ކަންކަން ކުރެވެން އޮވޭ. 1) ހަގީގަތުގައި ވެސް އާންމުންގެ ހެވާ ލާބަޔަށް އެދިގެން ކަންކަމާ މެދު ފުންކޮށް ވިސްނާ، ރަނގަޅު ކުރަންވި ކަންކަމާއި، ކުރާނެ ގޮތާ، ބޭނުންވާނެ ވަސީލަތްތައް ފަދަ މައުލޫމާތުތައް އާންމުންނަށް ތިލަކޮށްދިނުން ނުވަތަ އެކަންކަން ކުރުން. 2) ފުރަތަމަ ބައިގައި މި ބުނެވުނު ކަންކަން ކުރާނެ ފެންވަރާއި ވިސްނުން ކޮށިވީމަ "ކޮންމެ ވެސް އެއްޗެކޭ ކިޔަން ވެގެން" ކޮންމެ ވެސް ވަހަކަ އެއް ދައްކާލަނީ. އެ ދައްކާ ވާހަކަ އަކާ އާންމު މީހަކަށް ފައިދާއެއް ވުމާ ގުޅިފައެއް ނޯންނާނެ. އަމިއްލަ ސިޔާސީ ހަޔާތް ތާ އަބަދަށް ބާއްވަން ދައްކަވާ ވާހަކަ.

    އިމްރާން އަކީ ކޮން ކަހަލަ ބޭފުޅެއްކަން ހަމަ ރަނގަޅަށް ދިވެހިންނަށް އެނގޭނެ އަހަރެން މި ބުނި އެއްޗަކުން. ކޮށްދެއްވި ކަމެއް ދައްކަވާ؟ ހޫނުތަނުން ފަރިއްކުޅުވުން ނޫނީ؟

  42. ޏ/އިކޫ

    އިމްރާނުމެން ތިތިބީ ފެއިލްވެފަ، ދެން ރަގަޅުވާނީ ގޭގައި މަޑުކޮށްލުން ދޮގު ފަތުރަން ނޫޅެ. ޝެއިޙްއަކަށްވެ ހެދިހާދޮގުތަކުގެ އަގު ލިބިފައި ތިއޮތީ.

  43. ޙަސީނާ

    ޣައުމު ހަލާކުކުރަން ނޫޅޭ މައިތިރިވެ ގާސިމްބެ އަތުން މުސާރަނަގައިގެން ހުރޭ 5 އަހަރު ކެވިފަ ހުންނާނީ ސޭކު

  44. ޑައެޖިން ގުޅައެއް ބޭނުން

    ދީން ހަތިޔާރަކަށް ހަދައިގެން ހުރެ ބާރެއް ލިބުނީމަ މީހުނަށް މަލާމާތް ކޮށް ފުރައްސާރަކޮށް ބޮޑާކަމާ ކިބުރުވެރިކަން އިސްކުރި މީހެއް. މިހާރުގެ ރައީސް މުއިއްޒު އަށްވެސްހާދަމަލާމާތެއް ކުރި މީހެކޭ. މިހާރު ތީ އަގެއް ނެތް މީހަކަށް ވެ މުޖްތަމައުގަ ފިތުނަ އުފައްދަން އުޅޭ މީހެއް ކަމަށް މީހުން ބަލާ މީހެއް . ކޮބާ މަކުނުދޫ މީހުން ނާ މާގާތް ގުލުމެއް އޮވެޔޭ ކިޔައިގެން އުޅުނީ މަ ހޮވުނުތަ ؟ މިހާރު ތިއުޅެނީ އަދިވެސް މަށަކީ މުހިންމު މީ ހެއްގެ ގޮތް ދައްކައިގެން މީހުން ގެ ބޯކާން. ބަނޑު ވަތަށް ވެއްޓެން ބޭނުން ނޫން އެކަކުވެސް ތިކިޔާ ހާސަރަކަށް ދެން ނުހެއްލޭނެ . ދެން ވަރަށް ގިނަ މީހުން ނަކީ މިހާރު ވެސް ފަސްވަގުތު ނަމާދު ކުރާމީހުން.

  45. މެންގްރޫވު

    މީނާ ހިތުން މޮޅު އެއްޗެއް މިބުނީ! 5 ވަގުތު ނަމާދުކޮށްފަ ދެންހެޔޮ ދޯ އެހެން ބޮޑެތި ފާފަ ކުރަންވެސް.
    މީނާ ކޮންތާކުން ހޯދި ފައިސާ އަކުން ހޯދި މުއްސަނަދިކަމެއްބާ؟

  46. ޗަކޮއި

    ޗޯރޭ އާއި އެކު ކަލޭވެސް ތިޔަހެރީ މޮޔަވެ އަވަދިވެފައި .. ދެންހުރޭ ފަހަރި ކައިރީ މަޑުމަޑުން..

  47. Anonymous

    އިބުރާހިން ސޯލިހު އެއީ އޭގެ އެކަކު ދޯ

  48. އިދުރީހު

    އެކަކުވެސް މީނަޔާ ގާތްނުވާތި މީ މުނާފިގުންގެ ސަރުދާރު

  49. އކކ

    ތި ވިދާޅުވަނީ މީގެ ކުރިން ތިޕާޓީގައި ތިބީ 5 ވަގުތު ނަމާދުނުކުރާމީހުންނޭތަ. ތިހެންވާނީ ބަޑި އަންހެނުންގެ ފަހަތުން ދުވަންވީމަ.

  50. ސަމްސަމް

    ކައްޒާބުންނާ ޔައުޖޫޖު މައުޖޫޖާ ފާޅުވެއްޖެ

  51. 2222

    މިކަހަލަ ދެއުޅިއެއްނުވާ މީހުން މީހާއަށްވުރެ އަނގަބޮޑުވީމާ ދެންގޮވޭނީ ކޮސް. ޖަނަވާރަކަށްވެސް ނުވި، ދޫންޏަކަށްވެސް ނުވި.

  52. އަލިބެ

    އަފުރާޝީމުގެ ޤާތިލުން ހަމަ ރަނގަޅަށް އެނގެޔޭ ކިޔައިގެން ޝައިޚަކަށްވެ ހުރެ ބުހުތާނު ދޮގު ހެދި މީހަކު އަދި ޝައިޚަކަށްވެގެން ހުރެ މީހަކަށް ދީނީ ނަޞޭޙަތެއް ދޭން ނޫޅެ ހުސް ސިޔާސީ ވާހަކަ ދައްކާއިރު ނަމިކުފާނު ދައްކާ ވާހަކަ ޤަބޫލުކުރާނެ މީހުން ވަރަށް ނުތިބޭނެއެވެ. މަނިކުފާނަކީ އަމިއްލައަށް ތިމަންމީ ވަރަށް ބޮޑު މީހަކޭ ހިތައި އުލުނަނަސް މީހަކު މާ ބޮޑަށް ރުހޭ މީހެއްނޫނެވެ. ދެންވެސް ލިބިފައިފާ ދީނީ ޢިލްމު މީހުންނަށް އުނގަންނައިދީ އުޅޭށެވެ. ސިޔާސީ ނުވާށެވެ.

  53. ފަލަސްތިން

    އަދާލަތު ޕާޓީ އެމްޑީޕީޔާ ގުޅުނު ހިސާބުން ރައްޔިތުން ފޫހުވީ.

  54. އަހުމަދު

    ޝައިތާނު ހުރި ގޮތް ބަލާބަލަ

  55. Anonymous

    ލާހައުލަވަލާގުއްވަތަ! މީނަ ކިހާ ބޮޑު ނުބައިކަމެއްކުރަން އުޅޭވާހަކަ މިބުނީ! މީ ވަރަށް ނުރައްކާތެރިކަމެއް. 5 ވަގުތު ނަމާދުކޮއްގެން ތިބޭ ދީންވެރިން ހަލާކުގެ މަގަށް ގެންދާނެ ވާހަކަ ވަރަށްނުރައްކާ. އިންބްލީސް އާ އެއްފެންވަރަކަށް މީނަ ވެއްޓުނީތަ1؟

  56. Anonymous

    ލާހައުލަވަލާގުއްވަތަ! މީނަ ކިހާ ބޮޑު ނުބައިކަމެއްކުރަން އުޅޭވާހަކަ މިބުނީ! މީ ވަރަށް ނުރައްކާތެރިކަމެއް. 5 ވަގުތު ނަމާދުކޮއްގެން ތިބޭ ދީންވެރިން ހަލާކުގެ މަގަށް ގެންދާނެ ވާހަކަ ވަރަށްނުރައްކާ. އިންބްލީސް އާ އެއްފެންވަރަކަށް މީނަ ވެއްޓުނީތަ!؟

  57. Anonymous

    މަވެސް މީނައަކައް ވޯޓެއް ނުދެން.

  58. Anonymous

    އިމްރާން ހީކުރަނީ އަދިވެސް ތިމަންނަވަރެއް ނެތްހެން މަހައްދޭ

  59. ބޯކިބާ

    މި އިމްރާންގެ ވާހަކަ ނޫހުގަ ލިޔާތީ ވެސް ލަދު ގަނޭ

  60. ޕޮގުބާ

    ނަމާދު ނުކުރާމީހުން ސިޔާސީ މަސައްކަތަށް ނެރެގެންމިކަންވާނީ ތިބުރާންތި ތިއުޅެނީ ސަލާމަތުންތިބިމީހުންވެސް މަގުފުރަށްދަން ވެގެން ނުވާނެތިކަމެއް

  61. Anonymous

    ސަރްޢީ ނުވަަތަ ދީނީ ޢިލްމު ޙާސިލު ކުރުމަށްފަހު
    ވާދަވެރިވެ މަޤާމާއި ޝަރަފަށްޓަކާ އުޅުމަކީ އެއީ އެމީހާ ހޯދާފައިވާ ދީނީ ނުތަ ޝަރްޢީ ޢިލްމުގެ ބަރަކާތްކެނޑި އެޢިލްމުން މަންފާއެއް ނުލިބި، އެމީހެއްގެ ހިތާއި ނަފަްސުވެސް ފަސާދަވެ ފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.
    މިފަދަ މީހެއްގެ ފުށުން ޤައުމަށާއި ނުވަތަ މުޖުތަމަޢަށް ކުރާނެ އެއްވެސް މަންފާ ފަހެ އޮއްނާނެތޯއެވެ؟
    މިހެންވެގެން ބުނެެވެނީ އާއްމު ސިޔާސީ މީހާ އޮޅުވަލާނީ އެއްމެ މަގަކުންނެވެ!
    އެކަމަކު ދީނީ ސިޔާސީ މީހާ އޮޅުވާލާނެ ކަން ކަށަވަރީ ދެމަގުންނެވެ.!
    އެއީ ދުނިޔަވީ މަގުންނާއި އުޚުރަވީމަގުންނެވެ.

    1
    1