އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ މީރަތުގައި ދައްތަގެ ކައިވެނީގެ ހަފްލާގައި ނަށަމުން ދިޔަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެއްޖެއެވެ.

ރިމްޝާ ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ހުކުރު ދުވަހުގެ ރޭ އޭނާގެ ދަައްތަގެ "ހަލްދީ ހަފްލާ" (ޕްރީ ވެޑިން އިވެންޓެއް) ގައި ނަށަމުން ދިޔަ ކަަމަށް ވެއެވެ.

މީސް މީޑިއާޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މި ހިތާމަވެރި ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ރިމްޝާ އޭނާގެ އާއިލާގެ މީހުންނާއެކު ނަށަމުން ދިޔަ މަންޒަރު ފެނިގެން ދެއެވެ. ނަމަވެސް އޭގެ ސިކުންތުކޮޅެއް ފަހުން އޭނާގެ މޭގައި އަތްލައި، ވެއްޓުމުގެ ކުރިން ކައިރީގައި ނަށަމުން ދިޔަ ފިރިހެން ކުއްޖެއްގެ އަތުގައި ހިފަހައްޓަން މަސައްކަތް ކުރި ތަން ފެނިގެން ދެއެވެ.

ރިމްޝާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ބުނެފައެވެ.

އަދި އޭނާއަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ބެލެވޭ ކަަމަށްވެސް ވެއެވެ.

ކައިވެނީގެ ހަފްލާގެ ދެ ދުވަސް ކުރިން އެ އާއިލާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާާއެކު އެއްވެސް މިއުޒިކަކާ ނުލައި އަދި އާއިލާގެ އެންމެ ގާތް މެމްބަރުންގެ ހާޒިރުގައި ކައިވެނި ކުރަން އޮތް ދެ މީހުންގެ ކައިވެނި ފަހުން ވަނީ ކޮށްފައެވެ.