ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) 7 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާގެ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓާއެކު ފިނޭންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދީ ފަންޑާއި ދިވެހި ސަރުކާރާއި އެކު ބޭއްވި ލޯނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ފިނޭންސް މިނިސްޓަރ، ޑރ. މުހައްމަދު ޝަފީގުއެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދުއެވެ.

މި އެއްބަސްވުމެއް ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަފީގް ވަނީ ސައުދީގެ ފަރާތުން އަބަދު ވެސް ރާއްޖެއަށް އެހީތެރިކަން ވަމުން އަންނަކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް ސައުދީން 100 މިލިއަން ޑޯލަރުގެ ލޯނު އެހީ ދިނުމަށް ސޮއި ކުރުން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ވިދާޅުވީ، އެއާޕޯޓް މަޝްރޫއާއި އެކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވުމުގެ ކެޕޭސިޓީ ލިބިގެންދާނެ ކަމަށާއި އެއާ ކާގޯގެ ހިދުމަތް ފުޅާކޮށް، ވިޔަފާރީގެ ދާއިރާއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އެސްއެފްޑީއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެ ފަންޑުން 100 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަން މީގެ ކުރިން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އަބޫދާބީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހުއެވެ.

މި ދަތުރުފުޅަށްފަހު އެމަނިކުފާނު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއު ނިންމުމަށް ބޭނުންވާ 80 މިލިއަން ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)އިން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ވީއައިއޭ ޓާމިނަލްގެ މަސައްކަތް ވެގެންދާނީ އެންމެ އިސްކަން ދޭނެ މަޝްރޫއަށް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓޭކްއޮން

    ޗައިނާގެ އެހީގައި އެބަޖެހޭ ރަސްމާލެ ހިއްކާ އަދި ރަސްމާލެ އާއި މާލެ އާއި ދެމެދު އޯވަރ ހެޑް ޓްރިޕްލް ޑެކް ހިމެނޭ ބްރިޖް އަޅަން އެެއިރުން ރަސްމާލޭގައި ބިނާ ކުރާ ހުރިހާ ބިނާ ތައް ކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި އެތަނަށް އިމްޕޯރޓް ކޮށްގެން ޓެކްސް ފްރީ ކޮށް ޗައިނާ އަށް ރާއްޖެ އަށާއި އަދި ޕާކިސްތާނަށާއި ލަންކާ އަށް ވިއްކާލެވޭން ނޫންތޭ އޯއް ޗައިނާ ޓު ޑޭ އިޒް އެނަދަރ ޑޭ ޓު ފައިންޑް ޔޫ އައި ވިލް ބީ ކަމިންގް ފޯރ ޔުއަރ ލަވް ޓޭކް އޮން މީ ޓޭކް އޮން މީ ޓޭކް އޮން މީ ޑާންސް ޑާްންސް ޑާންސް ޑާންސް....

  2. މަކަރުވެރިން

    މިހާރުވެސް ފަތުރުވެރިންގެފަރާތުން ލިބޭފައިސާ މަދީތަ،