ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ބޭނުންކުރަމުންދާ ކޮވިޝީލްޑް ވެކްސިނުން ލޭ ގަނޑުވާ ކަމަށް އެ ވެކްސިން އުފެއްދި ކުންފުނި އެސްޓްރާޒެނިކާއިން އެއްބަސްވެއްޖެއެވެ.

އިނގިރޭސިވިލާތާއި ސްވިޑެންގެ ބޭސް އުފައްދާ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނިކާގެ ކޮވިޝީލްޑް ވެކްސިން އުފެއްދީ އޮކްސްފޯޑާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ ގުޅިގެންނެވެ.

ކޮވިޝީލްޑްގައި ނޭދެވޭ އެތައް ސައިޑް އިފެކްޓްތަކުގެ ސަބަބުން ގެއްލުންވި ބައެއް މީހުން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައިވާއިރު، އެ ކުންފުނިން ވަނީ ބައެއް ހާލަތްތަކުގައި އެ ވެކްސިން ޖެހުމުން ހަށިގަނޑުގައި ލޭގެ ޕްލެޓްލެޓް ދަށްވެފައި ލޭ ގަނޑުވާ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

އިނގިރޭސިވިލާތުގައި 51 މީހަކު ވަނީ ކޮވިޝީލްޑް ޖަހައިގެން ލޭ ގަނޑުވި ކަމަށް ބުނެ އެސްޓްރާޒެނެކާއާ ދެކޮޅަށް ދައުވާކޮށް ބަދަލު ހޯދަން އެދިފައެވެ. އެގޮތުން 100 މިލިޔަން ޕައުންޑު (ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ) ހޯދުމަށް މި މީހުން ވަނީ ދައުވާކޮށްފައެވެ.

މި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން އެސްޓްރާޒެނިކާގެ ފަރާތުން ބުނީ އެ ވެކްސިނަކީ ރަނގަޅު ވެކްސިނެއް ކަމަށާއި ކޮންމެވެސް ވަރަކަށް ވެކްސިންގެ ސައިޑްއެފެކްޓް ހުންނާނެ ކަމަށެވެ. ލޭގަނޑުވުމަކީވެސް އޭގެ ސައިޑްއެފެކްޓެއް ކަމަށް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، އެ ކުންފުނިން ބުނެފައިވަނީ އެއީ ވަރުން މަދުން ބައެއް މީހުންނަށް ދިމާވާ ހާލަތެއް ކަމަށެވެ.

މި ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކައިގެން އެ ކުންފުނިން ވަނީ އެތައް މިލިޔަން ޑޮލަރު ހޯދާފައެވެ. އެގޮތުން 150 ގައުމަކަށް މި ވެކްސިން ވިއްކާފައިވެއެވެ.

އެ ކުންފުނިން ބުނީ ފުރަތަމަ މަރުހަލާގައި ވެކްސިންގެ ސައިޑް އިފެކްޓް ދެނެގަނެވުނު ކަމުގައިވިޔަސް ވެކްސިންގެ ސަބަބުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވެމުންދާތީ އެކަން ހާމަ ނުކުރީ ކަމަށެވެ. އަދި ކުންފުނީގެ ފަރާތުން އެކަމަށް މާފަށްވެސް އެދުނެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގައިވެސް ގިނަ އަދަދެއްގެ މީހުން ކޮވިޝީލްޑް ވެކްސިން ޖަހާފައިވެއެވެ. އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ހިލޭވެސް ގިނަ ގައުމުތަކަށް ފޯރުކޮށްދީފައިވާއިރު ރާއްޖެއަށްވެސް ވަނީ އެއް ލައްކައަށްވުރެ ގިނަ ޑޯޒް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. Anonymous

    ރާއްޖޭގައި ވެސް އެތައްބަޔަލު ނިޔާވި ލޭގަނޑުވެގެން

  2. އަހުމަދު

    ތި މެޖިކެއްގޮތައް މާއަވަހަށް ބަލިފަސޭހަކޮށްލާ ވެކްސިންތަކާއި މިހާރުވަރަށްގިނަ ކުޑަކުދިން ނުކުޅެދުންތެރިވުމާ ގުޅުމެއް ވާނެބާ، އާން ވެކްސިންއަކީވެސް މުހިންމުއެއްޗެއް ބައެއްބަލިތަކަށް، އެކަމަކު ހުރިހާވެކްސިނެއް އޯކޭތަ؟

  3. އާޒިމް

    ކިހާރަނގަޅު ހުރިހާކަމެއް އެނގިތިބެދޯ މިކަން މިކުރީ

    37
  4. ނަޞްރުﷲ

    ޢަޅުގަނަޑު ތިޔަ ވެޖްސިން ޖެހީ މަޖުބޫރު ކޮށްގެން. ސީދާ ކުންފިނީގެ އެމްޑީ އަޅުގަނޑަށް ގުޅީ.
    އޭރުވެސް އަޅުގަނޑު ގަބޫލުކުރިން ތިޔައީ ޓެސްޓް ކުރުމަށް އަޅުގަނޑުމެން ގަޔަށް ޖަހާ އެއްޗެއްކަން. އެމީހުން ވިޔަފާރީގެ ބޭނޫމުގާ ހިންގި ޖަރީމާއެއް އެއީ.

    52
  5. ޜައްޔިތުމީހާ

    ރާއްޖޭގަ ކޮވިސީސްޑް ފުރަތަމަ ޑޯޒްޖެހީ މިވެކްސިން ޑަބްލިއުއެޗްއޯއިން އެޕްރޫވްވެސް ނުކުރަނީން އިންޑިއާގެ ކޮވިސީލްޑް އުފައްދާކުންފުނިން ވަނީ ބީޖޭޕީއައް އެތައް މިލޮއަންޑޮލަރެއް އިލެކްޓޯރަލްބޮންޑްގެ ގޮތުގަ ހަދިއާކޮއް މިވެކްސިންގެ ސައިޑްއިފެކްޓްގެ ވާހަ އިންޑިއާގަ ނުދެއްކޭނެގޮތް ހަދާފަ

    30
  6. ފުތާ

    "ކުންފުނިން ބުނީ ފުރަތަމަ މަރުހަލާގައި ވެކްސިންގެ ސައިޑް އިފެކްޓް ދެނެގަނެވުނު ކަމުގައިވިޔަސް ވެކްސިންގެ ސަބަބުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވެމުންދާތީ އެކަން ހާމަ ނުކުރީ ކަމަށެވެ" މިވެސް ދޮގެއް. ވެކުސިން ޖެހިޔަސް ބަލިން ޖެހުން ކޮންޓުރޯލް އެއްވެސް ނުވޭ. އަދި ބަލީގެ އަލާމަތްތަށް ވެސް ވަކި ތަފާތެއް ނޫން.

  7. ޑައެލޯގް

    އަހަރުމެން ގަޔަށް ކިނބޫވަނީ މަޖުބޫރުކޮށް ތިޔަވެކްސިން ޖަހާފައެވެ. ދެންބުނާނެ މަޖުބޫރުނުކުރަމޭ ކޮބައިތަ މަޖުބޫރުނުކޮށްފަ އަމިއްލަ ރަށަަށްވެސްދެވެނީ އެއޮތިއްޔާއެވެ. ސްކޫލަށްވެސް ދެވެނޯ އެއޮތިއްޔާއެވެ. ގައުމުގެ ތަޅުދަނޑި ނޭގޭ ބުރާންޏަކަށް ދިނީމަވީގޮތެވެ.

    36
    1
  8. Anonymous

    އިބުރާހިމް އާއި ހެލްތް މިނިސްޓަރ ނަސީމް ހިލޭ ހޯދާދިން މޮޅު ވެކްސިން މީ. އެނގިލައްވާތޯ މި ޖެހި ފަހުން ކިތައް ދިވެހިން ހާޓް އެޓޭކް ޖެހިގެން މެދު ނުކެނޑި ފަރުވާ ކުރާކަން. ދެން ކިޔާ އިންޑިއާގެ ދީލަތި އެހީއޭ

    40
    1
  9. އައްޔު

    ސަރުކާރުން ރައްޔިތުންނަށް ބިރުދައްކައިގެން ވެކްސިން ޖެހުން ހުއްޓުވަން އެބަޖެހޭ ރައްޔިތުންނަށް އެމީހުން ބޭނުން ނޫން ކަމުގައިވާނަމަ އެވެކްސިން ޖެހުމަށް މަޖުބޫރުކޮށްގެންނުވާނެ މިހާރު މިވީގޮތުން ރައްޔިތުންނަށް ލިބޭ ގެއްލުމަށް ޒިންމާވާނީ ކޮންފަރާތަކުންތޯ؟ ސަރުކާރުންތޯ؟ ނުވަތަ އެސްޓްރާޒެނިކާއިންތޯ؟ ހުޅަނގުން މިވެކްސިން ޖެހުމުން ޒުވާން ވާނޭ ބުނެފިނަމަ ސަރުކާރުން މަޖުބޫރުކޮށްގެން ވެކްސިން ޖަހަން ޖެހޭތޯ؟

    30
  10. ކޮޔާ

    އިބްރާހިމާ ހުންނާނެ ކަމއެއް ކޮއްދީފަ

  11. މަރީނާ

    ދިވެހި ސަރުކާރާއި ތި އުފެއްދި މީހުންނާއި ދެކޮޅައް ދައުވާކުރާނަން

  12. ބަބޫ

    ޑަބްލިއު އެޗްއޯއިން ހުއްދަ ނުދެނީސް އަހަރެމެންގަޔަށް ތިވެކްސިންޖަހާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާދަެްކައިގެން ހުއްދަ ލިބުނީ�. ބުނަން މިއުޅޭއެއްޗަކީ ލެބް ރެޓްގެ ގޮތުގަ އަހަރެމެން ބޭނުންކޮށްފަ ލާރިނަގާފައޭ ކުރީ ސަރުކާރުން އެއޮތީ. ނޫސް ތަކުގަ މިވާހަކަ އެބަ ޖެހޭ ދައްކަން. ވެކްސިންގެ ޓެސްޓިންފޭސްގަ އަހަރެމެން ދިވެހިން ޓެސްޓު ކުރުމަށް ވިއްކައިގެން އޭރުގެ ސަރުކާރުން ލާރިނަގާފަވީ

  13. ތ

    މި ރާއްޖޭގަ މިވެކްސިން ޖެހިއެންމެން ކިނބޫކައިރިން ބަދަލު ހޯދަން ދާންޖެހޭނޭ. މަވެސް ދާނަން. އެއީ މަޖުބޫރު ކޮށްގެން ޖެހީމަ!

  14. Anonymous

    އަޅުގަނޑު ޖެހީ އެސްޓްރާޒެނިކާ މީ އަނެއްކާ ރަނގަޅު ވެކްސިން އެއްތޯ

  15. ހަކީމް

    އަޅުގަނޑު ޖެހީ އެސްޓްރާޒެނިކާ މީ އަނެއްކާ ރަނގަޅު ވެކްސިން އެއްތޯ

  16. ސަކީނާ

    ކީއްކުރާނީ ގެރިބަކަރިންނަށް ދިވެހިން ހަދާފައެއޮއްތީ އަދި ޓީވީތަކަށްއަރާ ޖަހާޝޭ ގޮވި ޑޮކްޓަރުން ކޮބާ އަދި މައިމޫނާ ކޮބާ

  17. ގުދުގުދާބެއްޔާ

    ރާއްޖޭގެ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ، ތިޔަ މައުލޫމާތަކީ މާކުރިންސުރެން އިގޭ މައުލޫމާތެއް! ލޭގަނޑު ވިޔަ ނުދޭން އަހަރުމެން ކުލެކްސޭން( ލޯހެޕަރިން) އިންޖިކްސަންގެ ޑޯޒެއް ކޮންމެ ޕޭސެންޓަކަށް ވެސް ޖަހަން! އެހެން ވީމާ ކޮވިޑް ވެކްސިންގެ ސަބަބުން ދިވެހި އަދި ކޮވިޑް ޖެހިގެން ފަރުވާ ދީފައިވާ ބޭރު އެއްވެސް މީހެއްގެ ލޭގަޑު ވެފައެއްނުވާނެ! ކުލެކްސޭން އަކީ ލޭގަނޑުވިޔަ ނުދިނުމައް ޖަހާ އިންޖެކްސަން އެއް!

    • ޙުއްތު

      މިކަން އެނގޭ މީހަކު ހުރެއްޖެއްޔާ ކޮމެންޓެއް ކޮށްބަލަ

  18. ނަޝީދު

    މި ފަހަކަށް އައިސް މި ރާއްޖޭގައި ކުއްލި މަރުތައް ގިނަވެގެން މިއުޅެނީ ޝައްކެއްވެސް ނެތް ގޮތުގައި ތިޔަ ވެކްސިންގެ ސަބަބުންކަން ޔަގީންވީ ސުބްޚާނައްﷲ.

    12
  19. ރަޒީނާ

    އެއްގޮތެއްވެސް ނެތިގެން ޖެހީ. އަޅުގަނޑު މެން
    ތިވެކްސިން ނުޖަހަންޏާ ދަރިފުޅު ބާލާ ސްކޫލަށް
    ޥެސް ނުވަދެވޭނެކަމުގެ އިންޒާރު ސްކޫލް ތަކުން ދީ
    ދަރިން ސކޫލުން ކިޔަވަން ވަދެވޭނީ ދަރިންގެ ގަޔަޢްވެސް ވެކްސިން ޖެހީމަ ކަމަށް ވެސް އިންޒާރުދިން.

    15
  20. ޙެހެހެހެހެ ޕީޖޭޕީ

    އެހެންވީމަ މި މޮޅުވީ ޗައިނާގެ އައި ރަޝިޔާގެ ވެކްސިންތާ ދޯ

  21. ލާލު މަންނަ

    ހަމަ ޔަގީން މަޖެހީ މަޖުބޫރު ކުރީމަ.. އެހެން ނޫންނަމަ މަވާ ސަލާން..

  22. އިދުރީހު

    ތި ވެކުސިން ޖަހައިގެން ކުޑަކަމުދާ ނިމުގަ މައްސަލަޖެހިގެން އުޅޭމީހުން މަދެއްނޫން ރާއްޖޭގަ ގިނަމީހުން އެވާހަކަދައްކަން ލަދުގަނޭ

  23. ޙިންނަވަރޭ

    ކިނބޫ ސޯލޭ ޖެހިތަ؟ ޙިޔަޅޭ ޖެހިކަމަށް ހަދާގެން އަހަރެމެންނަށް ބިރުދައްކައި ގައުމު މަރާލީ ސޯލިހު ގޮވައިގެން ދައުވާކުރަން ޖެހޭ

  24. ކޮރަކަލި

    ޗޯރާދެކޮޅަށް ޕެޓިސަނެއް ތަށްޔާރުކޮށް ޗޯރާދެކޮޅަށް ދައުވާއުފުލުމަށް ރާއްޖޭގެ ކަންކޮޅުތަކުގެ ރަށްޔަތުންނަށް އިލްތިމާސްކުރަން .

  25. Anonymous

    ކުރީގެ ރައީސް އަދި އެކަމާއިގުޅޭ އިސް ބޭފުޅުން ޒިންމާ ނަންގަވަންޖެހޭނެ. މަރުވެދިޔަ ގިނަ ބައެއްގެ މަރުވި ސަބަބުތައް އަދި އެ ވެކްސިންޖެހުމުން މިދަމާވާ ކަންތައްތަކުގެ ދިރާސާއެއްކުރުމަށް އަދުގެ ސަރުކާރަށް ގޮވާލަން. އެވެކްސިން ޖެހިފަހުން އެތައްވޭނެއް އެބަ އަޅާ.

  26. Anonymous

    7677