އަންހެނަކު އޭނާގެ ދަރިފުޅު ފިޓު ޖެހިގެން ހޮސްޕިޓަލަށް ގެންދާތަން ފެނިގެން، ސިފައިންގެ މީހަކު އެ ކުއްޖާ އަތްދަނޑި މަތީގައި ބާއްވައިގެން ދުވެފައި ހޮސްޕިޓަލާ ހިސާބަށް ގެންގޮސްދީފިއެވެ.

މި މަހުގެ އަށް ވަނަ ދުވަހުގެ އިރު އޮއްސުނު ވަގުތު ހިނގައި ދިޔަ އެ ހާދިސާގެ ވާހަކަ ކުޑަކުއްޖާގެ ބައްޕަ ވަނީ ޝުކުރާއެކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެ މީހާ ފޭސްބުކުގައި ކުރި ޕޯސްޓުގައި ބުނީ ދަރިފުޅު ފިޓު ޖެހުނު ވަގުތު ގޭގައި ހުރީ އޭނާގެ އަންހެނުން އެކަނި ކަމަށެވެ. އަދި އަންހެންނުން ދަރިފުޅު ހޮސްޕިޓަލަށް ގެންދަން އުރާލައިގެން ތިރިއަށް ފޭބިތަނާ އެ މަންޒަރު ސިފައިންގެ މީހާއަށް ފެނުނު ކަމަށެވެ.

ކޯސްޓްގާޑުގެ ކޯޕްރަލް މުހައްމަދު ހިޝާމް އަހުމަދަށް އެ މަންޒަރު ފެނުމުން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. ފިޓު ޖެހުނު ކުޑަކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި ކޯޕްރަލް ހިޝާމް ވަނީ އެ ކުއްޖާގެ މަންމަ އަތުން ދަރިފުޅު ނަގައި، އޭނާގެ އަތްދަނޑި މަތީގައި ބާއްވައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ގެންގޮސްދީފައެވެ.

މިކަމާ ގުޅިގެން ހިޝާމްއަށް ސޯޝަލް މީޑިއާގައި އާންމުން ދަނީ ތައުރީފު ކުރަމުންނެވެ. އަދި އޭނާގެ އިތުރުން އެމްއެންޑީއެފްއަށް ވެސް އެކަމުގެ ޝުކުރު އަދާކުރަމުންދާއިރު، ހިޔާލު ފާޅު ކުރި މީހަކު ބުނީ، ކޯސްޓްގާޑުގެ ޔުނީފޯމު އެޅޭނީ އެފަދަ "ގަޓު ހުންނަ" މީހުންނަށް ކަމަށެވެ.

އެ ކުއްޖާގެ ބައްޕަ ކޯޕްރަލް ހިޝާމްއަށް ޝުކުރުއަދާކުރަމުން ބުނީ، އެއީ އިންސާނިއްޔަތަށް ޓަކައި އޭނާ ކޮށްދިން ވަރަށް ބޮޑު ކަމެއް ކަމަށެވެ. އަދި ހިޝާމްގެ އާއިލާއަށް ހެޔޮގޮތް މިންވަރުކުރައްވައި، ބާއްޖަވެރި މުސްތަގުބަލެއް ދެއްވުމަށް އެދި ދުއާ ކުރިއެވެ.

މީގެ ކުރިން، ކޮޑިވްގެ ތެރޭގައި ފުލުހަކު ހާލު ބޮޑުވި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކު ސަލާމަތް ކުރަން ހެންވޭރު ދަނޑު ކައިރިން އުރާލައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ގެންގޮސްދިނުމުން ވެސް ގިނަ ބަޔަކު ތައުރީފު ކުރިއެެވެ. އަދި ފުލުހުންގެ ހިދުމަތުން އެ ފުލުސް އޮފިސަރުގެ އަގު ވަޒަން ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަޙުމަދު

    ހުޝާމުއަށް ޝުކުރު ދަންނަވާ،މަރުޙަބާ އަރިސް ކުރަން.

    153
    0
  2. ވާވް

    އެއީ ގއ. ވިލިނގިލި ކުއްޖެއް

    61
    1
    • ސަނީ

      ދެން ކޮބާ މައްސަލަޔަކީ؟ ނޫނީ ކޯޗެއް ލިބުނީ

      7
      2
    • ޢަލީ

      ދިވެއްސެއް! އެއޮތީވެފަ!

  3. ހާޒިމް

    ޝުކުރު ދަންނަވަން

    68
    3
  4. ނަޞްރުﷲ

    ދިވެހި ސިފައިންނަކީ އެބޭފުޅުންގެ ޚިދުމަތަށް ޝުކުރު ޙައްގު ބަޔެކެވެ. ދިވެހިރާއްޖެއަކީ ހަނގުރާމަތަކާ ކުރިމަތިލާ ގައުމަކަށް ނުވާތީ، ދިވެހި ސިފައިން އެބޭފުޅުންގެ ފުރާނަ ނުރައްކަލާ ކުރިމަތިލާންޖެހޭ ދާއިރާތަކަކީ އަލިފާނުގެ ޙާދިސާތަކާ ކަނޑުމަތީގެ ޙާދިސާތަކުން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރައްވާ ނުރައާކާތެރި ބިރުވެރި ޚިދުމަތެވެ. މި ޚިދުމަތް އަދާކުރުމުގާ އެބޭފުޅުންނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅުންތަކެކެވެ. އެއީ އަޅުގަނޑުމެންފަދަ ގައުމެއްގެ ރައްޔިތުން ވަރަށް ޝުކުރުވެރި ކަމާއެކު ބަލައިގަންނަން ޖެހޭ ކަންތަކެކެވެ. ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި އެބޭފުޅުންގެ އުޅަނދު ބަންޑުން ޖަހާލާނެ ކަމުގެ ބިރުވެރި ޙާލަތުގައެވެ. ކަނޑުގެ އެހާފުނަށް ފީނާ ބިރުވެރި ވަގުތު ތަކެވެ. ބޮޑެތި ނުރައްކާ އަލިފާންގަނޑާ ކުރިމަތިލާ ހިނދުގައެވެ.
    އަބަދުވެސް އެބޭފުޅުން އެތިއްބަވަނީ އެބޭފުޅުންގެ ލޯބިވާ ދަރިން ޔަތީމުންގެ ގޮތުގާ ދޫކޮށް ދިޔުމުގެ މަސައްކަތުގައެވެ.
    އަޅުގަނޑަކީ ސިފައިންގެ ޚިދުމަތުގާ އުޅޭ މީހަކަށް ނުވިޔަސް އަޅުގަނޑު އެބޭފުޅުންގެ އަގުހުރި ޚިދުމަތްތަކަށްޓަކާ އެބޭފުޅުން ދެކެ ވަރަށް ލޯބިވަމެވެ. މާތްﷲ ދިވެހި ސިފައިންނަށް ދެ ދުނިޔޭގެ ރަޙުމަތާ ސަލާމަތްކަން ދެއްވާށިއެވެ. އާމީން!

    103
    1
  5. އޭނާ

    ތީހަމަދިވެހިސިފައިންގެ އަސްލު. ފުލުހުންގެތެރޭގަވެސް ތިފަދަބޭފުޅުން ވަރައްގިނަ. ސާބަސް ރާއްޖޭގެޤައުމީ ދެބާރައް.

    104
    1
  6. ދިވެހިރާއްޖެ

    ސެލިއުޓް ޔޫ ސަރ.

    17
  7. ބެއްޔާ

    ހަރުނަ ހިލިގެން ހިނގައްޖެ. މިފަދަ އިންސާނިއްޔަތު ވަންތަ ޚިދުމަތަކީ އާދައިގެ ކަމެއް ނޫން. އެއީ އަގު ނުކުރެވޭ ކަމެއް. ކޯޕްރަލް މުހައްމަދު ހިޝާމް އަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި. އަދި މިފަދަ އަގު ނުކުރެވޭ ދިވެހި ދަރިން ތިޔަ އިދާރާ (އެމް އެން ޑީ އެފް) އިން ނެރެދެއްވާތީ ތިޔަ އިދާރާ އަށް ޝުކުރުވެރިވަން.

    10
  8. ސަމީރާތަ

    ހިޝާމުއަކީ

    .

    4
    1
  9. ޒީ

    ގަބޫލުކުރަން އެއްބައިމީހުން ބޭނުން ނުވިޔަސް ދިވެހި ސިފައިންނަކީ ހަމަ ފިސާރި ކެރޭ، ޤައުމަށާއި އާންމު ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގަވެސް އެބޭކަލުންގެ ހުވަޔާ އެއްގޮތަށް ތިބޭ ބައެއް. ހެޓްސް އޮފް ޓު ދަ ގްރޭޓް ސޮލްޖިއާޒް

    11
  10. ހަސަން

    ހުޝާމުއަށް އަސަރިބާ ސާބަސް ކޮންމެ ވަގުތެއްގައި ވެސް ރައްޔިތުންނަ ހިދުމަތް ދިނުމުގައި ހުޝާމުތައްޔާރު ތިއީ މިޤައުމަށް ބޭނުންވެގެ މިހޯދާކުދިންނަކީ ސާބަހޭ!ހުޝާމު މިބޭފުޅާގެ އަގުވަޒަން ކުރާނީކިހިނެތް!

  11. ބަރުގޮނު

    ހުޝާމަށް ހެޔޮ ދަރުމަ ހުއްޓެވެ.

    12
  12. عبدالله

    ދިވެހި ސިފައިންނަކީ މިއީ. ޙިތްވަރުގަދަ އިހްސާންތެރި ކެރޭ ފަހުލަވާނުން. މާޒީގަ ބަޔަކު ނިކުމެ ސިފައިންނާއި ފުލުހުންގެ އަގުވައްޓާލަން ހާދަ މަސައްކަތެކޭ ކުރީ! ހަނދާން ކޮއްލާ!

  13. ނަރީޝް

    ތީ ހައްތަހާވެސް ޑުރާމާ

    2
    23
  14. Anonymous

    ދފ ދ ދ ދ ވ

  15. ސެއިލަރ

    ހިއްޓެ ފާހަގަ ވެފައިވެފައި ވަނީ އބަދުވެސް އެހެން މީހުންނަށް އިހްތިރާމް ކުރާ.. ވަރަށް ކިޔްމަންތެރި އްހުލާގު ރަނގަޅު ބޭކަލެއް ގޮތުގައި.. ކެރޭ ޖެހިލުން ކުޑަ ބޭކަލެއް.. ތިޔަ ދެއްކެވި ނަމޫނާ އަކީ އަޅުގަނޑުވެސް އެކަމުން ފިލާވަޅު ލިބިގަންނާމެ ކަމެއް.. މުޅި މުއައްސަސާ ވެސް ހިއްޓެ ތިދެއްކެވި ނަމޫނާއަށް ފަހުރުވެރިވާނެ..

  16. އިންސާފު

    މުހައްމަދު ހިޝާމް އަށްށާއި އާއިލާއަށް ބަރަކާތް ލައްވާށި.

  17. ނަން

    އަޖައިބު، އޭނާގެ ވާޖިބެއްނު؟ އާދައިގެ ސޮރަކު ކުރިނަމަކައެއްނު މިވަރަށް އިޝްތިހާރު ކުރަން ޖެހޭނީ؟

  18. އަހުމަދު

    އެކަމަކު ޓްރޭނިންގ ހޯދަނީ ކުދިން މަރާ އެމެރިކާ އަސްކާރީގެ އޮއްބޮނޑި ތެރޭ އޮވެގެން.

  19. ޕްރޮމޯރޝަނެއް ޙައްޤު

    އޭނާއަށް ޕްރޮމޯޝަނެއް ޙައްޤެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރިއޭ ކިޔާފައި ކަރުދާސްގަނޑެއް ދިނުމަކުން ނުފުދޭނެ އެވެ.

  20. ނަސީރު

    ވަގުތު ނޫހައް ބުނެލަން އޮތީ ތިޔަކަހަލަ މަރުގެ ތުންފަތްމައްޗައް އެޅެމުން ދާ ވަގުތުތަކުގައި އެތައް އެތައް އާމުންނެއްވެސް އެބަތިބި ކުޑަ ކުދިންނައް އެހީތެރިކަން ފޯރުކޮއްދީ އެތައް ކުދިންނެއްގެ ފުރާނަ ސަލާމަތް ކޮއްފައި . ޢެފަދަ އާންމު މީހާގެ ވަނަވަރު ހާމަކޮއް ޝުކުރުގެ ބަސްތައް ދީ އާމުކުރުންވެސް ހަމަ ރަނގަޅު ވާނެ.
    ސިފައިން ނުވަތަ ފުލުން ކަމެއް ކުރީމަ ތިޔަހެން އާމު ކުރީމަ ދޭހަވަނީ . މިގައުމުގައި އެ ދެ މުއައްސަސާގެ މީހުން އެކަނި ތިޔަކަހަލަ ކައްތައް...................

    1
    1