މި އަހަރުގެ މާރިޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ކުރެވޭނެކަން މާލީ ވުޒާރާއިން އެ ދެ އިދާރާއަށް އަންގައިފިއެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މިހެން ވިދާޅުވީ ފުލުހުންގެ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ނޫހަކުން ލިޔުނު ހަބަރަކާއި ގުޅިގެންނެވެ.

އެ ހަބަރާއި ގުޅިގެން ޝިފާން ކުރި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ މާރިޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރެވޭނެކަން މާލީ ވުޒާރާއިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އެނގިފައިވާގޮތުން ސިފައިންގެ މުސާރަ މާރިޗް އެއް ވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަން މާލީ ވުޒާރާއިން ސިފައިންނަށް އަންގާފައި ވެެެއެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އިންތިހާބު ތެރޭގައި ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނައަށް ބޮޑު ކުރާނީ ފަސް އަހަރުގެ ދައުރަށް ބަހާލައިގެން ކަމަށެވެ.

ރައީސް މުއިއްޒު އެއިރު ވިދާޅުވީ ދެގުނަ މުސާރަ ބޮޑުކުރާނީ ފުރަތަމަ ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމަށްފަހުގައި ކަމަށެވެ. އެހެންކަމުން 5 އަހަރު ދުވަހުގެ ދައުރުތެރޭ އެކަން ކުރާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން 2024 ގައި 35 އިންސައްތަ މުސާރަ ބޮޑުކުރާއިރު 2026 ގައި 35 އިންސައްތަ ބޮޑުކުރެވޭނެއެވެ. އަދި 2028 ގައި ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ދެގުނައަކީ މިހާރު އޮންނަ ވަރު ޑަބަލް ވުން. ދެން އެކަން ކުރަން އަޅުގަނޑު ހުށަހަޅާ ގޮތަކީ އަޅުގަނޑުމެންނަށް އެގޭ ރާއްޖޭގެ އިޤްތިސާދު އޮތް ހާލަތު. އެ އިޤްތިސާދު ނަގާ ކޮޅަށް ޖަހަން އެބަޖެހޭ. އެ އިޤްތިސާދު ނަގާ ކޮޅަށްޖަހާއިރު އެކަން ކުރެވޭ ގޮތަށް ކުރާނީ." ސެޕްޓެމްބަރުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމެއްގައި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު 100 އިންސައްތަ މުސާރަ ޑަބަލްވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ގަނީ

    ސިވިލް ސަރވަންޓް އިދާރީ މީހަކަށް އެންމެ 7000ރ މާސްޓަރޒް ނަރުހަކަށް 35000ރ ލިބެޔޯ. މީ ހަމަ އިންސާފުތޯ

    10
    1
  2. އެފައިސާ މިފައިސާ

    ބޭކާރު ބައެއް.

    7
    13
  3. ފުލުހެއް

    ވަރަށް އުންމީދުގައި މުއިއްޒުއަށް ވޯޓުލީ. އެކަމަކު މިއަދު ތިޔަވީ އަނިޔާ. ޖަނަވަރީ 1 އިން ފެށިގެން މުސާރަ ބޮޑުކޮއްދޭނަމޭ ކުރިން އެންގި. މިއަދު ތި އެންގީ މާރިޗު ގަ އޭ. މަޖިލިސް އިންތިޙާބުގައި ސީދާ މުއިއްޒުއާއި އިދިކޮޅު މީހުންނައް ވޯޓު ދޭނަން ހުވާ ވަރަށް ސަލާން

    16
    6
    • ފުލުހެއް

      ބޮޑާހާކާ...........

  4. ާނަނަނަ

    ސިވިލް ސަރވިސް މީހުންނަށް ޙައްޤު މިންވަރަކީ ހަމަ 7000؟
    ނޫސްވެރިން ވެެއްޖެއެއްނު ސަރުކާރާ ސުވާލް ކުރަން

    8
    2
  5. ކެމޯ

    ވަރަށް ބޮޑު ދޯކާއެއް ސަރުކާރުން ފުލުހުންނާއި ސިފައިންނަށް ތި ދިނީ. އުއްމީދެއް ނުކުރަން ތިހެން ހަދާނެކަމަށް.

    8
    4
  6. Anonymous

    އެއްޗެހީގެ އަގު އަތް ނުފޯރާފުށުގައި ، ވަކި ބައެއްގެ މުސާރަތައް ބޮޑު ކުރީމަ ނިކަމެތި މީހާ ނިކަމެތި މިވަނީ.

    10
  7. ހަސަނުގ

    އަހަރުމެން މިތިބަ ވަޒީފާ ދޫކޮއްފަ ޕޮލިހަށް ދެން ދާނީ. އިންޑިޔާއިން ދެން ޓީޗަރުން އިމްޕޯޓްކުރޭ. މިހާރުވެސް ދިވެހިން ނުވެގެން އުޅެނީ. ނިކަން ކޮއްބަލަ.

    3
    5
  8. ހަމަ އޮޅުވާލީ

    ތީ މާރޗު މަހު މަޖިލިސް އިންތިހާބަށް ދައްކާ ދަޅަ. ކުރިން ބުނީ ޑަބަލް ބޮޑުވާނޭ! އޭތި ކެންސަލްވެއްޖެ ރިޔާސީ އިންތިހާބުން ހޮވުނީމަ. މިހާރު ތިބޭނެ ހުރިހާ ސިފައިންނާ ޕޮލިހުން ރާކަނިމަސް ކެވިފަ. މަޖިލިސްއަށްވެސް ހޮވާ..އޭރުން ޓްރިޕްލް ބޮޑުކޮށްދޭނެ ކުދިންނޭވެ...

    1
    3
  9. ކަޑަ

    ތި މަޖިލިސް އިންތިހާބަށް ޖަހާ ސަޓަންޓް އެއްހެން ހީވަނީ، ޢެހެންނޫންނަމަ ޖެނިއަރީގަ ބޮަޑު ވީހެއްނުން، ހިޔެއްނުވޭ ތިކަހަލަ ސްޓަންޓް އިން މަޖިލިސް ކާމިޔާބު ވެދާނެހެން.

  10. މަތިއުތުރު

    މީނާގެ ފައި މުޅި އޮޑީގައި. ސީޕީ ހެދިގެން މީނާ މިއުޅެނީ. ޓްވިޓަރގައި ޚަބަރު ޝެއަރކޮށްފައި ވަކިން ނޫސްތަކަށް ގުޅާފައި ހެޑްލައިން ހަދަން ބުނާމީހެއްމީ. މިފަދަ ޚަބަރުތައް އިސްކޮށް މީޑިއާ އަށް ދޭންވާނީ ސީޕީ ނުވަތަ ސީޕީގެ ޓްވިޓަރ އިން . މީނާ މިއުޅެނީ އަބްދުﷲ ޝާހިދު ހެދިގެން.

  11. މަތިއުތުރު

    މީނާގެ ފައި މުޅި އޮޑީގައި. ސީޕީ ހެދިގެން މީނާ މިއުޅެނީ. ޓްވިޓަރގައި ޚަބަރު ޝެއަރކޮށްފައި ވަކިން ނޫސްތަކަށް ގުޅާފައި ހެޑްލައިން ހަދަން ބުނާމީހެއްމީ. މިފަދަ ޚަބަރުތައް އިސްކޮށް މީޑިއާ އަށް ދޭންވާނީ ސީޕީ ނުވަތަ ސީޕީގެ ޓްވިޓަރ އިން . މީނާ މިއުޅެނީ އަބްދުﷲ ޝާހިދު ހެދިގެން. އަދި މީނާ އަކީ ގްރީވިއަންސް އޮފިސަރޯ . މީނާގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު މީހުން ކިހިނެއް ގްރީވިއަންސް އޮފިސަރ އަކަށް މީނާ ހުރެގެން ދާނީ.

  12. މަތިއުތުރު

    މީނާގެ ފައި މުޅި އޮޑީގައި. ސީޕީ ހެދިގެން މީނާ މިއުޅެނީ. ޓްވިޓަރގައި ޚަބަރު ޝެއަރކޮށްފައި ވަކިން ނޫސްތަކަށް ގުޅާފައި ހެޑްލައިން ހަދަން ބުނާމީހެއްމީ. މިފަދަ ޚަބަރުތައް އިސްކޮށް މީޑިއާ އަށް ދޭންވާނީ ސީޕީ ނުވަތަ ސީޕީގެ ޓްވިޓަރ އިން . މީނާ މިއުޅެނީ އަބްދުﷲ ޝާހިދު ހެދިގެން. އަދި މީނާ އަކީ ގްރީވިއަންސް އޮފިސަރޯ . މީނާގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު މީހުން ކިހިނެއް ގްރީވިއަންސް އޮފިސަރ އަކަށް މީނާ ހުރެގެން ދާނީ

  13. ާހަލަވެލި

    މީނާގެ 6 ފައި މުޅި އޮޑީގައި. ސީޕީ ހެދިގެން ދޯ މިއުޅެނީ. މީނާ ކުރިން ސްޕޯކްސް ޕަރސަން އަކަށް ހުރިއިރުވެސް ހުސްދޮގުހަދަމުން ދިޔަމީހެއް މީނާ އަކީ. މީޑިއަރ އޮފިޝަލަކީ މީނާ ނޫންކަމަށްވާއިރު މީނާ ކީއްވެ މީޑިޔަރ ބްރޭކް މިކުރަނީ ސައިޒް އޮޅިގެން. އާޒިމާ އިންގޭނެ ނީކާކުކަން.

  14. ހަލަވެލި

    މީނާގެ 6 ފައި މުޅި އޮޑީގައި. ސީޕީ ހެދިގެން ދޯ މިއުޅެނީ. މީނާ ކުރިން ސްޕޯކްސް ޕަރސަން އަކަށް ހުރިއިރުވެސް ހުސްދޮގުހަދަމުން ދިޔަމީހެއް މީނާ އަކީ. މީޑިއަރ އޮފިޝަލަކީ މީނާ ނޫންކަމަށްވާއިރު މީނާ ކީއްވެ މީޑިޔަރ ބްރޭކް މިކުރަނީ ސައިޒް އޮޅިގެން. އާޒިމާ އިންގޭނެ ނީކާކުކަން.

  15. ދިމްޔާތު

    ހުރިހާ ސިޔާސީ މީހުންނަށް ގުޅައިގެން ބާރުހޯދަން އުޅޭ މީހެއް މި ޝިފާން އަކީ. މީނާ ބުނިކަމަށްވަނީ މީނާ އަށް ސީޕީކަން ދޭން. މެސެޖްކުރިކަމަށްވަނީ މުއިއްޒަށް. މީނާ އަށް ވާނެކަމަށް. މިހާރު ފައިނަގާފައިވަނީ ޑެޕިއުޓީކަމަށް.

  16. ދިމްޔާތު

    ހާ ސިޔާސީ މީހުންނަށް ގުޅައިގެން ބާރުހޯދަން އުޅޭ މީހެއް މި ޝިފާން އަކީ. މީނާ ބުނިކަމަށްވަނީ މީނާ އަށް ސީޕީކަން ދޭން. މެސެޖްކުރިކަމަށްވަނީ މުއިއްޒަށް. މީނާ އަށް ވާނެކަމަށް. މިހާރު ފައިނަގާފައިވަނީ ޑެޕިއުޓީކަމަށް

  17. ދިއްގާ

    މީނާ އަށް ހީވަނީ އިނގިރޭސިން ބަހެއް ބުނެލަން އިނގޭތީ ތިމަންނަ ވަރެއްނެތޭ

  18. ދިއްގާ

    މީނާ އަށް ހީވަނީ އިނގިރޭސިން ބަހެއް ބުނެލަން އިނގޭތީ ތިމަންނަ ވަރެއްނެތޭ . ފޮނިމީހެއް ވަރަށް . އަބަދުވެސް ހިހޫތަނުން ކާމީހެއް.

  19. ލިކާ

    ކީކުރާ ބައެއް

  20. ޑިމޮކްރަސީ

    ސިވިލްސަރވިސް ގަ މިއުޅެނީ ކީއްކުރާ ބައެއްތަ އެއްވެސް ސަރުކާރަކަށް ބޭނުންވާ ބައެއްނޫން އެކަމު ސަރުކާރުތަކުން ކުރަންޖެހޭ ހުރިހާމަސައްކތެއްކުރަނީ ސިވިލްސަރވަަންޓުން އަޅުމަސައްކަތުގަ ގެންގުޅޭ ބަޔަކާ ބޮޑަށްވައްތަރީ

  21. މުޙައްމަދު

    މުސާބޮޑުކުރުމަކީ ރަނގަޅުކަމެއް އެކަމަކު ސިފައިންނާއި ޕޮލިހުންނާއި އެމީހުންގެ އާއިލާތަކަށް ދޭސިއްހީ އެލަވަންސް އާސަންދަ އޮއްވައި ދިނުމަކީ ވަރަށް ބޭއިންސާފުން ސަރުކާރުތަކުން ކުރާކަމެއް. އެހެންމީހުންވެސް ކުރަނީ ޤައުމަށް ޚިދުމަތް.

    5
    3
  22. ހުސެން

    ތިޔަގޮތަށް މުސާރަ ބޮޑުނުކުރާތަނެއްނެތެއްނުން ދޯ

  23. ތުއްތުކަލޯ

    އާ ތިމީހުންގެ މުސާރަ ބޮޑުކުރަންޖެހޭނެ އެހެންނޫނީ އަނެތްކާ ބަގާވތަކަށް ގޮސް ވެރިކަން ވެސް ވައްޓާލަފާނެ ތީގައުމުގެ ބަޔަކީ އެހެން ސަރުކާރު މުވައްޒަފުން މީ އެއްވެސް ބަޔެއްނޫން ޚައްސަކޮށް ޖުޑިޝިއަރީގެ މުވައްޒަފުން މަތިން ހުރިހާ ސަރުކާރަކުންވެސް ވަނީ ހަދާން ނައްތާލާފައި ....... ވިސްނައިގެން ތިބޭތި ކުރިއަށް އޮތީ މަޖިލިސް އިންތިޚާބް ކަން ވަރަށް ވާހަކަ ،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،

  24. ހަމްބެ

    ބޮޑުވަމުންދާ އެއމެ ެއްޗެއް މިގައުމުގަ އާންމުކޮށް އުޅެނީ އެ އެއްޗަކީ ބޮޑުވެއްޖިއްޔާ ކުޑަނުވާ އެއްޗެއް އެ އީ ތަކެތީގެ އަގު ނޯ ކޮންޓްރޯލް ވިޔަފާރިވެރިން ބޭނުންގޮތެއ ހަދަނީ އެކިފިހާރައިން އެކި އަގުގައި ވިއްކާ އެއް އައިޓަމެއް ބައިވަރު މީ ބޮޑުވަރު ދެއްތޯ

  25. ހުސްބަސްތީ

    މުސާރަ ބޮޑުނުކޮށްފިއްޔާ ސަރުކާރުވައްޓާލާނެތީ ބިރުން ތެޅިގަތީ

    1
    1
  26. ޥާނުވާ

    ނުވާނެ!

  27. ކުރުކޮށް

    އެއްކޮޅުން މުސާރަ ބޮޑުކުރުން އަނެއްކޮޅުން ތަކެތީގެ އަގު ބޮޑުކުރުން އެހެންވީމަ ޙައްލަކީ ތަކެތީގެ އަގު ކޮންޓްރޯލްކުރާ ބޯޑެއް އުފެއްދުން

  28. ބޮޑުމުސާރަ

    ދައުލަތެއްގެ ސިފަވަންތަކަން ނެތިގެއްލިދާހެންހީވެ، މާޔޫސްވަނީކީއްވެބާއޭހިތަށްއަރައެވެ. ފުލުހުންނާއިސިފައިންނެވެ. ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނެވެ. ފަނޑިޔާރުންނާއި މަޖްލިސްމެންބަރުންނާއި މިނިކާމުއައްސަސާތަކާއި ކައުންސިލްތަކެވެ. ވަގުންނާއި ފޭރޭމީހުންނެވެ. ގޭންގުތަކާއި ރަލާއިމަސްތުގެ ފަހިފާގަތި ރަންޒަމާނެކެވެ. ކޮންމެބަޔަކީ ވަކިވެރިކަމެއްފަދއެވެ. ދައުލަެއް ގައުމެއްވާނެތެވެ. ހުރިހިތާމައެއްގެބޮޑުކަމާއެވެ.

  29. މާމަރިޗް

    މާރިޗް އެކަކުން ފެށިގެން ސިފައިންނާއި ފުލުހުން މާ-ރިޗް ވާނެ

  30. ފަހީމް

    ސިވިލް ސަރވިސް މީހުންނަށް ޙައްޤު މިންވަރަކީ ހަމަ 7000؟

    2
    1
  31. ާވާރިދު އަލީދީީދީ

    ދުވާލު ދެދަޅައަށް މުސާރަބޮޑުވާ ބައެއް މި ނޫނީ ވުޖޫދުގަވެސް ނެތް. ކޮންކަމެއް ކުރާ ބައެއްތޯ މީ އެހާ ބޮޑު މުސާރައެއްދޭން. ކާންދެނީ ދައުލަތުން. އަނބިދަރިންނަށް ހިލޭބޭސްފަރުވާއޮވޭ. ދެން ކޮންކަމަކާތޯ ލާރި ބޭނުންވަނީ އެމީހުން؟ މީ އަޖައިބެއްނު. އަނެއްކަ ދެންވެސް މިއަހަރު ފަހުކޮޅު ބޮޑުކުރާނީ މިމީހުންގެ މުސާރަ! ހަޅުތާލުކުރަން ކުރަންޖެހެވަރު ބޮޑުވެއްޖެކަމެއްމީ!!

  32. ބޮޑުމަސް

    ފުލުހުންނަށް ބޮޑުކުރުން ރަގަޅެއްނޫން މުސާރަ ބޮޑުކޮގެންނުވާނެ

  33. ބަރަވެލި

    އެދޭ ނަމަ ލޯބި ވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން

  34. ނަބާ

    މުސާރަ ބޮޑުކުރަންވީ ވަޒީފާ އަދާ ކުރާ އެންމެންގެވެސް ، ހަމަ އެކަނި ސިފައިންނާއި ، ފުލުހުންގެ އެއް ނޫން ، އެންމެންވެސް ކުރަނީ ހަމަ މަސައްކަތް ! 7000 ރުފިޔާތޯ، ބައެއް މީހުންނަށް ޙައްޤީ ؟؟

  35. ޖުވާދު

    ނިމިދިޔަ އިބްރާހީމް ސަރުކާރުންވެސް ދައުލަތުގެ މާލިއްޔާ އިން މުސާރަ ދޭ މުވައްޒަފުންނަށް މުސާރަ ބޮޑު ކުރަމުންދިޔައީ އެކިފަހަރު އެކި ދާއިރާ ތަކުގެ މުވައްޒަފުންނަށް. މިއީ ވަރަށް ކަމުނުދާގޮތަށް އެސަރުކާރުން ކުރަން ފެށި ކަމެއް.
    މުވައްޒަފުން ބޭނުންވަނީ މުސާރަ ބޮޑު ކުރާނަމަ އެންމެ އާދައިގެ ޕިޔޯނު މަޤާމުން ފެށިގެން އެންމެ މަތީ މަޤާމް ހިމަނައިގެން ހުރިހާ މަޤާމެއްގެ ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް މުސާރަ ބޮޑުކުރުން.
    އިބްރާހީމްގެ ސަރުކާރުން މިފަދަ ކަންކަން ކުރާތީ؛ ހިތްހަމަ ނުޖެހިގެން ތިބި މީހުންގެ ވޯޓާއިއެކު އެވެރިކަން ބަދަލުކޮށް މިހާރުގެ ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަން ގެނައީ. ހިތާމައަކީ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައިވެސް މިދެންނެވި ކަންތައް އަނެއްކާވެސް ރިޕީޓްވާތަން ފެންނާތީ.

  36. ޒާ

    އަހަރެމެން ސިވިލް ސާވަންޓުންގެ މަތިން މުއިއްޒު ވަނީ ހަނދާން ނައްތާލާފަ. މުއިއްޒަށް ވޯޓްލީ ހަމައެކަނި ސިފައިންނާއި ފުލުހުްތޯ؟ މިއިއްޒުގެ ސަރުކާރު ހިންގަން ތިވިސްނަނީ ސިފައިންނާއި ފުލުހުން އެކަނި ބައިވެރިކޮށްގެންތޯ؟ ސިފައިންނާއި ފުލުހިންގެ ފުލެޓްދީ އެއްއަގަރަށް ކުލި ނުނަގާގޮތަށްވެސް ހަދައިފި. ރައްޔިތުންނަށް ލިބޭނެކަމަށް ބުނި ފުލެޓް ހައިދަރުފެ އަދިރިކަމުގެ ތެރެއަށް ގެއްލިއްޖެ. މާލޭމީހުންނަށް ދިން ގޯތިވެސް ދަމައިގަންނަން އަރުތެރެއަށް އަތްބާނަން ތައްޔާރުވެއްޖެ. އަގަރެމެން މަޑުން ތިބޭނީ ވަކިހިސާބަކަށް ދަންދެން. ވޯޓްހޯދަން ދެން ނާންނާތި.