އެއްވެސް އިންޒާރު ދިނުމެއް ނެތި ޓްރެފިކް ފުލުހުން، ކާރު ޑްރައިވަރެއްގެ ލައިސަންސް ހިފެހެއްޓި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީސް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެން، އެ މީހާއާ، ފުލުހުންގެ ފަރާތުން ވާހަކަ ދައްކާ، ކަން ހިނގާދިޔަ ގޮތް އޮޅުން ފިލުވާފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުވާނެހެން، ރައްޔިތުންނަށް ސީދާގޮތުން ދެވޭ ހިދުމަތްތަކުގެ ފެންވަރު މުރާޖަާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާނެ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.

މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ބުނާގޮތުން ސޯސަންމަގު ސިންދިތާ އަށް މަޑުކޮށްފައި ގޮސް އޭޑީކޭ ކައިރިން އަބުރާލާފައި އައިސް މަޑުކޮށްލިތަނާ ސައިކަލެއްގައި ފުލުހުން އައިސް ކާރު ކުރިމައްޗަށް މަޑުކޮށް، ޑްރައިވަރުގެ ލައިސަންސް ދިނުމަށް އެދުނެވެ. އެވަގުތު ލައިސަންސް ދެމުން ކާރު އެތަނުން ނަގާލަންވީހޭ އެމީހާ އެހި ނަމަވެސް ރުންކުރު ގޮތަކަށް ލައިސަންސް ހިފެހެއްޓީ ކަމަށް ބުނި ކަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ.

"ލައިސަންސް ދެމުން މިތަނުން ކާރު ނަގާލަންވީހޭ އަހާލީމެވެ. ޖަވާބުގައި ފުލުސް އޮފިސަރު ތަންކޮޅެއް ރުންކުރު ގޮތަކަށް ބުނީ ލައިސަންސް ހިފެހެއްޓީއެވެ. ޓޯޔާޑަށް ނަގަން ދާށެވެ. އެހެން ބުނުމުން ހަމަ ދެންމެ މި މަޑުކޮށްލީ ކަމަށް ބުނެލުމުން އޮފިސަރުގެ މާބޮޑު ފަރުވާލެއް ނެތެވެ. ޗިޓުކޮޅު ދެމުން 48 ގަޑި އިރު ވަންދެން ދުއްވޭނޭ ކަމަށް ބުންޏެވެ. ލައިސަންސް އަސްލު ތި ހިފެހެއްޓީ ކީއްވެތޯ ސުވާލު ކުރުމުން ޖަވާބުގައި އަނެއްކައިވެސް ވަރަށް ރުންކުރު ގޮތަކަށް ބުނީ ޑަބަލް ލައިން މަތީގައި މަޑުކޮށްގެން އޮތުމެވެ." އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ހަމައެއާއެކު އެ ސަރަހައްދުގައި އެވަގުތު އެހާ ޓްރެފިކް ބޮޑު ނޫން ކަމަށާއި އިންޒާރެއް ނުދީ ލައިސަންސް ހިފެހެއްޓި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި 119 އަށް ގުޅާފަ ލައިސަންސް ހިފެހެއްޓި ވާހަކަ އެމީހާ ވަނީ ހިއްސާކޮށްފައެވެ. އެހެންނަމަވެސް ސީނަށް ދިޔަ ފުލުހުން ދޮގު ހެދީ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި ފުލުހުންނަކީ ބޮޑީވޯން ކެމެރާތައް ހަރުކޮށްގެން އުޅޭ ބައެއް ކަމަށާއި އޭގެ ފުޓޭޖުތައް ބެލުމުން ހަޤީގަތް ހާމަވާނެ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

"119 އަށް ގުޅާގައި އެއްވެސް ވަރެއްގެ އިންޒާރެއްނެތި ލައިސަންސް ހިފަހައްޓާލެވޭހޭތޯ ސުވާލުކޮށްލީމެވެ. އަދި އެކޮޅުވާހަކަ ދެއްކި އޮފިސަރު ވެގެން އުޅޭގޮތެއް އޮޅުފިލުވަައި ދިނުމަށް އެދުނެވެ. ކަން ހިނގިގޮތް ކިޔައިދިނުމުން ބަލާފައި ގުޅާނަމޭ ބުނެ ފޯނު ބޭއްވިއެވެ. އޭގެ 10 ވަރަކަށް މިނިޓް ފަހުން ޕޮލިހުން ގުޅާފައި ބުނީ ސީންއަށް ދިޔަ އޮފިސަރު ކައިރިން އަހާލުމުން، ތަކުރާރުކޮށް ބުނެގެންވެސް، ކާރު ނުނަގައި އަމުރަށް ނުކިޔަމަންތެރި ވުމުން ލައިސަންސް ހިފެހެއްޓީ ކަމުގައި ބުންޏެވެ." ޕޯސްޓުގައި ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު ބަލަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މުލަކު

    އިންޒާރުދީ ނަސޭހަތްދޭކަށް ނުޖެހޭ...

    4
    1
  2. ޝަހީނު

    ތި ޕޮލިސް ކުއްތާތައް ކަންތަ ކުރާގޮތް އަބަދުވެސް. މާރުކެޓް ކުރިމަތީ މަގޮސް މަޑުކުރީމަވެސް ތިފާޑައް އައި ދެ ކުއްތާ މަ ޖޫރިމަނާކޮއް ހައްޔަރު ކުރި. އަދި އެތާ މަޑުކޮއްލީ ވާރެވެހެން ފެށީމަ ކަންވެސް މި ކުއްތާއިންނައް ވ ރަނގަޅައް އިނގޭނެ. ތިތާ ސައިކަލް ނުބައިންދަ ނަގާސޯ ކިޔާފަ އައުޣުރާނަ ދެން ގޮވަންފެށީ. މި ކުއްތައިންހެ ފެންވަރު

    5
    5
  3. ރިޒާ

    ތިވާނީ ރަޖްނީކާންޓު ކަމަށް

    2
    2
  4. ޢަލީޔާ

    ހެހެ، އިންޒާރު ދީފައި ލައިސަންސް ކާޑް ހިފަހައްޓާކަން އަދި މިއެގުނީ... އަހަރުމެނަށް އެހެންވީމަ މި އުޅެވެނީ އެހެންގޮތަކަށްނު

  5. ޢަލީ

    ތިޔައީ ޢާއްމުކަމެއް! މާމަތީގައި ތިބޭ ބައެއް އެއީ

    3
    2
  6. އަލިމަނިކު

    ފުލުހުންގެ ބައެއްމީހުން ކަންކުރާ ގޮތުން ފުލުހުންނަށް އިހާނެތި ބަސްތައް އަމާޒުވޭ، ފުލުހުން ކުރިކަމެއްގެ ސަބަބުން ގެއްލުންލިބުނު މީހެއް އަޅުގަޑަކީވެސް މި ދުނިޔެނޫނަސް ދުވަހެއް އެބައޮތް އެދުވަހަކުން އެމީހުން އެކަންދެކޭނެ އަދި މި ދުނިޔޭގައިވެސް އިންޝާﷲ

    5
    1
  7. އަންމަޑޭ

    މިއީ މައްސަލައެއް ، ފުލުހުންނަށް ވީތީ ރައްޔިތުންނަށް ބޭނުން އެއްޗެއް ހަދައިގެން ނުވާނެ ، ދިމާވި ކަމެއް ހަމައެކަނި ދުއްވަމުން އައި ލޭން ބަދަލުކުރީ އޭކިޔާފަ 750ރ އިން ޖޫރިމަނާ ކޮއްލިއެވެ. އެއީ ޤަލޮޅު ޕޮލިހުގައި އުޅޭ ލުއްޑަ ގެ ބެލުމުގެ ދަށުން ، އިތުރަށް ނަސޭހަތް ދޭން ނުޖެހޭކަމަށް ބުނެ ކުރި ކަމެއް . ކިހާ ދެރަ

    3
    2
  8. އަންމަޑޭ،

    މިއީ މައްސަލައެއް ، ފުލުހުންނަށް ވީތީ ރައްޔިތުންނަށް ބޭނުން އެއްޗެއް ހަދައިގެން ނުވާނެ ، ދިމާވި ކަމެއް ހަމައެކަނި ދުއްވަމުން އައި ލޭން ބަދަލުކުރީ އޭކިޔާފަ 750ރ އިން ޖޫރިމަނާ ކޮއްލިއެވެ. އެއީ ޤަލޮޅު ޕޮލިހުގައި އުޅޭ ލުއްޑަ ގެ ބެލުމުގެ ދަށުން ، އިތުރަށް ނަސޭހަތް ދޭން ނުޖެހޭކަމަށް ބުނެ ކުރި ކަމެއް . ކިހާ ދެރަ

    3
    1
  9. އަންމަޑޭޔު

    މިއީ މައްސަލައެއް ، ފުލުހުންނަށް ވީތީ ރައްޔިތުންނަށް ބޭނުން އެއްޗެއް ހަދައިގެން ނުވާނެ ، ދިމާވި ކަމެއް ހަމައެކަނި ދުއްވަމުން އައި ލޭން ބަދަލުކުރީ އޭކިޔާފަ 750ރ އިން ޖޫރިމަނާ ކޮއްލިއެވެ. އެއީ ޤަލޮޅު ޕޮލިހުގައި އުޅޭ ލުއްޑަ ގެ ބެލުމުގެ ދަށުން ، އިތުރަށް ނަސޭހަތް ދޭން ނުޖެހޭކަމަށް ބުނެ ކުރި ކަމެއް . ކިހާ ދެރަ

  10. ސީނު

    އިންޒާރު ދޭންޖެހޭތަ؟ އެއްގަމު ދަތުރު ފަތުރު ގާނޫނުގަ އެ އޮތީ ލައިސަންސް ހިފެހެއްޓޭނެ ކަންތައްތައް. ދެން ލައިސަންސް ނަގައިގެން ދުއްވާ މީހަކަށް އިނގެންވާނެ ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން. ޢެކަމް ވާހަކަ ދައްކަންވާނީ ރީއްޗައް.

    4
    1
  11. ސައްލޫ

    މިއުޅެނީ ހަތިޔާރެއް ބޭނުންކުރާކަށްނޫންބާ، ފުރަތަމަ އިންޒާރާ، ދެވަނަ އިންޒާރާ 3 ވަނަ އިންޒާރުދޭން

    2
    1
  12. Anonymous

    ބައެއް ފުލުހުންނަކީ އެމްޑީޕީގެ ފިކުރުގެ މީހުންނެވެ. މިހާރު އެފިކުރުގެ ފުލުހުން އުޅެނީ މި ސަރުކާރުގެ އަގުވައްޓައިލަންވެގެން ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެންނެވެ. މިހާރު ފުލުހުންގެ މުއައްސަސާއިން އެމްޑީޕީގެ ފިކުރުގެ މީހުން ނެރެ އެތަން ސާފުކުރަންޖެހިއްޖެއެވެ.

    5
    3
  13. ޓީޗާރ

    ތީކީ މައްސަލައެއް ނޫން، ޕޮލިހުންނަށް ސީންފެނި އޭގެ ނުރައްކާ މަގުމަތިގައި ދެންތިބޭ ފަރާތް ތަކަށް ވާނަމަ، ކަމުގެ ބޮޑު ކުޑަ މިނަށް ބަލާ ބަގުތުން ލައިސަންސް ހިފެހެއްޓޭނެ އަދި ކާރު މަޑުކޮށް ސުވާލުވެސް ކުރެވޭނެ، ސޯސަން މަގަކީ ކާރޫބާރޫ ބޮޑު މަގެއް، ސޯސަން މަގުގެ އުތުރު އަދި ދެކުނުވެސް އެހާ ޓްރެފިކް ބޮޑު އަދި ޖޭމްވެސް ވޭ، ތިދައްކަނީ އެމަގުން އޭޑީކޭ ކައިރިން ޔޫ ޓާރަން ނެގި ވާހަކަ، ކިހާ ނުރައްކަމެއްތީ، ޕޮލިސް މީހާ ހަމަ ހުރެފަ ގޮސް ލައިސަންސް ނާތުލާނެ، އެކަމުން ވަރަށް ނުރައްކާ ވީމަ އެކަން ކުރާނީ، މަގޭ ކްރެޑިޓް ތިކަމުގައި ޕޮލިހަށް.