އިއްޔެ މުޅި ގައުމު ސިއްސުވާލީ އުމުރުން އެންމެ 14 އަހަރުގެ ކުޑަ ކުއްޖަކު ލޯންޗެއް ވަގަށް ނަގައިގެން މާކަނޑު ހުރަސްކޮށްފައި އެކަނިމާއެކަނި އޭނާގެ "ލޯބިވެރިޔާ އަނިޔާއިން ސަލާމަތްކުރަން" ކުރި ދަތުރުގެ ވާހަކައިންނެވެ.

މުޅި ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދަޔަށް ދެކެވެމުންދަނީ މިވާހަކައެވެ. ޝީރީން ފަރުހާދާއި ލައިލާ މަޖުނޫނާއި ރޯމިއޯ އާއި ޖޫލިއެޓުގެ ވާހަކައިގެ އިތުރަށް މި ދެކުދިންގެ ވާހަކަވެސް ލިޔެވޭނެ ކަމަށް ގިނަ މީހުން ބުނަމުންދެއެވެ. އެހެންނަމަވެސް، މި އާދައާ ހިލާފު ވާހަކައަކީ ކުޑަކުދީންތަކެއް ޝާމިލުވާ މާ ސީރިއަސް ވާހަކައެކެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މ. އަތޮޅު ރަށަކުން އެކުއްޖާ ސިނަމަން ވެލިފުށި ރިސޯޓުގެ ލޯންޗެއް ވަގަށް ނަގައިގެން އޭގައި އެކަނިމާ އެކަނި ދަތުރުކޮށް އެކުއްޖާ ވަނީ ހުޅުމާލޭ ފަޅަށް ވަދެފައެވެ. އަދި ލޯންޗު އިންޖީނުވެސް ނިއްވާނުލައި، އައްސާނުލައި އޭނާ ވަނީ "ލޯބިވެރިޔާ" ހޯދަން ރަށުތެރެއަށް ފައިބައިގެންގޮސްފައެވެ.

ލޯންޗު ގެއްލިގެން ފަޅުވެރިންނާއި ލޯންޗު ކައްޕި އުޅެނިކޮށް އެރަށުން ކުޑަ ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ހަބަރާއެކު އެ ލޯންޗު ނުރައްކާތެރިކޮށް ދުއްވާފައި ދިޔަތަން ބަޔަކަށް ފެނުނު ކަމުގެ މައުލޫމާތު ލިބުނެވެ. އަދި އެ ލޯންޗު ހުޅުމާލޭ ފަޅުތެރެއަށް ވަދެ ލޯންޗުން ކުޑަ ފިރިހެން ކުއްޖަކު ފައިބައިގެންދިޔަތަން ފެނުނު ކަމަށްވެސް ބަޔަކު މީހުން ބުންޏެވެ.

މިކަން ވެގެންދިޔައީ ބަޔަކު ހައިރާން ކޮށްލަނިވި ކަމަކަށެވެ. އެކަމަކު މިއީ މަޖަލަކަށް ހަދައިގެން ނުވަތަ މާ މޮޅު ކަމަކަށް ހަދައިގެން ދައްކަންވާ ވަރުގެ ވާހަކަ އެއް ނުވަތަ ކުރަންވާ ވަރުގެ ކަމެއް ނޫނެވެ. މިއީ ބޮޑު މީހަކު ކުރި ނަމަ ޖިނާއީ ބޮޑު ކުށަކަށްވާނެ ކަމެކެވެ. އެންމެ ކުށެއް ވެސް ނޫނެވެ.

ގިނަ ދުވަސްތަކެއްވަންދެން ލޯންޗު ކެޕްޓަނަކަށް މަސައްކަތް ކުރި މީހަކު "ވަގުތު"އަށް ބުނީ މިއީ އާދައިގެ ދަތުރެއް ނޫން ކަމަށެވެ. އެއީ މީމު އަތޮޅުން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރާއިރު ރާއްޖޭގެ އެންމެ ދިގު ފަރު ކުރިމަތީގައި އޮންނާނެތީ ކަމަށްވެސް ބުންޏެވެ.

"މީމުން ފުރައިގެން މި ވަންނަނީ ވާވު އަތޮޅަށް. ވަންނައިރު މިއޮންނީ އެންމެ ދިގު ފަރު. އެއީ ފޮއްތެޔޮ މުލި ކިޔާ ފަރު. އެހެންވީމަ މި ފަރު ވަށާލާފަ މާލެއާ ހިސާބަށް ދެވޭނީ. މިހާރު މެޕް އޮވެއްޖެއްޔާ ދެވޭނީވެސް އެކަން ދަންނަ މީހަކަށް. މިހާރު އެކުއްޖާ އަކީ އެކަން ދަންނަ ކުއްޖެއް ވިއްޔާ ފަސޭހަވާނެ ދާން." އޭނާ ބުންޏެވެ.

ފަޅުން ހޫރެމުން ހޫރެމުން ކަހަލަ ގޮތަކަށް ނިކުތް ނަމަވެސް ބޮޑު ސިންގާ މާކަނޑެއް ހުރަސްކޮށް ހުޅުމާލޭއާ ހިސާބަށް ކުރި މިދަތުރަކީ ޔަގީނުންވެސް އާދައިގެ ދަތުރަކަށް ނުވާނެއެވެ. އެއީ މީމު އަތޮޅުން ހުޅުމާލެއާއި ހިސާބަށް ގާތްގަނޑަކަށް 122 ކިލޯމީޓަރު ހުންނާނެއެވެ. ވ. އަތޮޅު ވަށާލާފައި ދާ ނަމަ އެއަށް ވުރެ ވެސް ދުރުވާނެއެވެ.

ރާއްޖޭގެ އެންމެ އިރުމަތީ ޕޮއިންޓުގެ ވަށައިގެން މާ ކަނޑުން ލާފައި ގޮސް ވ. އަތޮޅާއި ކ. އަތޮޅުގެ އެއް ބައި ހުރަސްކޮށްފައި އެ ކުއްޖާއަށް މާލެ ހޯދި ގޮތް މިއީ ގިނަ ބަޔަކަށް އަޖައިބަކަށް ވެފައިވާ ކަމެކެވެ. ވ. އަތޮޅުގެ ތެރެއިން ލާފައި ކަނޑު އޮޅިތައް ހުރަސްކުރަމުން ކުޑަކުއްޖަކަށް ދަތުރު ނުކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީއެވެ. އަދި އަތޮޅު ވަށާލާފައި ދާން އެހާ ކުޑަ ކުއްޖަކަށް އެނގުނީތީއެވެ.

ފިރިހެން ކުއްޖާގެ ބައްޕައަކީ ޑިންގީ ދުއްވާ މީހަކަށްވުމުން، އޭނާއަށް ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ހުރީ ލިބިފައެވެ.

އެ ކުއްޖާ މާލެ ދާނެ ކަމަށް ރައްޓެހިން ގާތު ބުނެފައިވާ ކަމަށް މައުލުމާތު ލިބެއެވެ. އަދި މާލެ ދާނެ ކަމަށް ބުނީ އެކުއްޖާގެ "ލޯބިވެރިޔާ"އަށް އަނިޔާ ލިބެމުންދާތީ އޭނާ ސަލާމަތްކުރުމަށް ކަމަށް ބުނެއެވެ. އެ ކުއްޖާ ފުރީ ވެސް ދަބަހަކަށް އަންނައުނު އަޅައިގެންނެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރުގެ ދަތުރަކަށްފަހު ފިރިހެން ކުއްޖާ ހުޅުމާލެ އަރައި، ފޭސް 2ގައި އުޅޭ އަންހެން ކުއްޖާ ގޮވައިގެން އެއްކޮށް ފިލީ އެވެ. އެކަމަކު މިއީ ކިހާވަރުގެ ކުށެއްކަން އެ ކުދިންނަށް އެނގޭތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

ފިރިހެން ކުއްޖާ މާލެ އައުމާއެކު އަންހެން ކުއްޖާވެސް ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓުކުރިއެވެ. އޭގެ ފަހުން މައުލޫމާތު ލިބުނީ މި ދެކުދިންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އެކަމަކު ފުލުހުންގެ ފަރާތުން ރަސްމީކޮށް މިކަމަށް އެއްވެސް ޖަވާބެއް އަދި ދީފައެއްނުވެއެވެ.

ކުޑަ ކުއްޖަކު މިފަދަ ބޮޑު ކުށަކަށް އަރައިގަތުމަކީ ކުޑަ ކަމެއް ނޫނެވެ. އެހެން ނަމަވެސް ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކު ޖިނާއީ ބޮޑު ކުށެއް ކުރިނަމަވެސް އެކަމަށް އަދަބުދީ އަދި ދައުވާ ކުރެވޭނީވެސް 15 އަހަރުން މަތި ވީމައެވެ. އެހެން ނޫންނަމަ ޖިނާއީ މަސްއޫލިއްޔަތު އުފުލާކަށް ނުޖެހޭނެއެވެ.

އެގޮތުން ހުސްވި ރޯދަ މަހު ތަރާވީސް ނަމާދަށް ހުރި ކުޑަކުއްޖަކު ފައިގެ ހިފައި ދަމާ ނެރެގެން ފާހާނައަށް ގެނގޮސް ކުޑަކުދިންތަކެއް އަނިޔާކުރި މައްސަލައިގައިވެސް ހިމެނެނީ ކުޑަކުދިންތަކަށްވުމުން އެއްވެސް އަދަބެއް ނުދެވުނެވެ. އެކަމަކު އޭގެ ފަހުން ކަމާގުޅޭ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، ޖިނާއީ ބޮޑެތި ކުށްތަކަށް ކުޑަކުދިންނަށް އަދަބު ދެވޭ އުމުރު 12 އަހަރަށް ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އުމުރުން 14 އަހަރުގެ މި ކުޑަ ކުއްޖާ ކުރި މިކުށަށް އެކުއްޖާގެ މައިނަބަފައިންވެސް ޒިންމާ ނަގަން ޖެހިދާނެއެވެ. ލޯންޗު ނާއްސަައި އިންޖީނު ނިއްވާނުލައި ދިޔުމުން، ތޮށިގަނޑުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ އެ ލޯންޗުގެ ވެރިފަރާތުން ބަދަލު ބޭނުންވާ ކަމަށްވަނީނަމަ އެކަމުގެ މަދަނީ ޒިންމާ މައިންބަފައިން ނަގަންޖެހޭނެއެވެ.

މި ކުޑަކުއްޖާގެ އަމަލުން ފާޅުވެގެން ގޮސްފައި ވަނީ އޭނާގެ "ލޯބިވެރިޔާ"އަށް އާއިލާއިން އަނިޔާ ކުރާ ކަމުގެ ވާހަކައެވެ. އެހާ ސީރިއަސް ފިޔަވަޅެއް އަޅަން އެ ކުއްޖާ ވިސްނީ އެކަމުގައި ކޮންމެވެސް ހަގީގެއް އޮވެދާނެތީ ކަމަށް ބައެއް މީހުން ބުނަމުންދެއެވެ.

އެ ދެ ކުދިން ފުލުހުންގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޑިޕާޓްމެންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އަންހެން ކުއްޖާއަށް އަނިޔާ ކުރާ ކަމަށް ބުނާ ވާހަކަ ވެސް މިހާރު ފުލުހުންގެ ސަމާލުކަމަށް އޮންނާނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މއކ

    ޝައިތާނީ ލޯބި. ވަރަށް ނުރައްކާ ކަމެއް. މައިންބަފައިން ޒިންމާ ކުރުވާ

    186
    10
  2. ކަޅުބެ

    ތިޔަ ދެ ލޯބިވެރިންނަށް ކުރެވޭނެ އެންމެ ބޮޑު ކުށަކަށްވާނީ ކައިވެނި ކުރުން. ކައިވެނި ނުކޮށް ކޮންމެ ކަމެއް ކުރުން އެއީ އިންސާނީ ހައްގެއް ކަމަށް ވަނީ...

    135
    10
    • Anonymous

      ކުޑަކުދިންގެވެސް ޙައްޤެއް

      26
      2
  3. ފަޒީލާ. ނޫމަރާ

    މޮޅު ކަމެއް ނޫން. ތި ފިރިހެނާ އެހެރީ ސިންޕަކަށް ވެފައި. އޭނާ ޒިންމާ ކުރުވަން ޖެހޭނެ. ކުޑަކުދިން ކަނޑު ހުރަސް . ބާލިގު ވެފައި ތިބޭ މީހުން ޒިންމާ ނަގަންވާނެ

    71
    4
    • ީިުޙިޔާލު

      އެކުއްޖާ ދޫކޮއްލާ!!!

      5
      4
  4. ހުސޭނުބޭ

    މި ދެ ލޯބިވެރިން ވަކިވީމާ އެ ވާހަކަ ނޫހުގައި ޖަހާލަދެއްޗޭ! އޭރުން މީހުން ވަރަށް މަޖާ ކޮމެންޓްކުރާނެ!

    80
    4
  5. ޙޫއަދި

    ކޮންމެގޮތެއްހަދާފައިވިޔަސްް އަދަބުދޭންޖެހޭޭ، ހުކުމެއްް އިއްވާާ ޖަލައްލާންޖެހޭޭ، ބޮލަކަށްް ބޮލެއްް، ލޮލަކަށްް ލޮލެއްް، ނޭފަތަކަށްް، ނޭފަތެއްް، މީި ހައްލުކަމަށްް ދެކުންއެއީީ މާކުރީޒަމާނެއްގާއިި މަ ފަތްބޮއީމޭޭ، މަށަކީީ ޕާޓޭންއެއްނޫނެކޭ

    39
    3
  6. އަބޫ

    އަސްލު އިސްލާމީ ޝަރީޢަތުގަ އޮންން ގޮތަށް ބާލިޣުވީމަ ބޮޑުމީހަކަށްވާ ކަމަށާއި، ޖިނާޢީ މަސްޢޫލިއްޔަތު އުފުލަން ޖެހޭގޮތަށް ވަޟަޢީ ޤާނޫނުތައް އި9ސްލާހުކޮށްގެން ނޫނީ މި ގައުމަކަށް ހަމަޖެހުމެއް ނާންނާނެ. ޝައިޠާނާ ޒީނަތްތެރި ކުރާ "އިޝްޤީ ލޯބި" ގައި ޖެހި ތިފަދަ ޖަރީމާތަކަށް އަރައިގަތުމުގެ ވިސްނުން އަންނާނީ ބާލިޣުވެފަ ތިބޭ ބޮޑެތި މީހުންނަށް. އެމީހުންނަށް ކުޑަކުދީންނޭ ކިޔާތީ ހުރިހާ ވެސް މައްސަލައަކީ

    87
    1
  7. Anonymous

    ލޯބީގެ ތަރާނާ އާއި ލޯބީގެ ގުލްދަސްތާ ތަކުގައި ފިޔަޖަހަންވާނީ ލޯބި ދަސްކޮށްގެން ، ލޯބީގެ ބަގީޗާގައި ފިޔަ ޖަހާލެވޭނީ ލޯބިވާން ވެސް ރަގަޅަށް އެގިގެން !

    35
    2
  8. ރައްޔިތު މީހާ

    ތިޔައީ ބޮޑު ޗޯރެއް... ސީދާ މުލުވަގެއް.... މުޖުތަމައަށް ނުރައްކަލެއް... ލޯބީގެ ކުނޑިފަށެއްވެސް ނެތް.. ތިބުނާވަރަށް ލޯބި ވާނަމަ ސްކޫލް ބަންދު ވާންދެން މަޑުކުރާނެބާ..

    48
    3
  9. ނަސީރު..

    ޗޯރެއްތީ... މުލުވަގެއް ތީ... މުޖުތަމައަށް ހުރިނުރައްކަލެއްތީ... ތިބުނާވަރަށް ލޯބިވާނަމަ ސްކޫލް ބަންދުވަންދެން މަޑުކުރާނެތަ.. ވަގެއްވަގެއް ހައްޔަރުކުރޭ.. ތީ ޓެރަރިސްޓް އަމަލެއް....

    26
    8
  10. ފައްޔަބޯ ފައްޔަ

    ދޮންހިޔަލައާއި އަލިފުޅު އެހެންނޫންތޯ

    13
    22
  11. ތުއްތީދި

    ތުއްތު ކުދިން އުޅޭނެ އެހެން. އެކަން މާބޮޑުކަމަކަށް ނުހަދާ!

    16
    42
    • ވިލާ ޑިލައިޓް،

      ތިޔަބޭފުޅާގެ އަންހެންދަރިއެއް ހުރިނަމަ، އެކުއްޖާއާއިއެކު ތިޔަބުނާ ތުއްތުކުއްޖާ ޒިނޭކޮށްގެން، އަންހެންކުއްޖާ ބަލިވެބޭންދިނަމަވެސް ތިޔަފަރާތުން ބުނާނީ ހަމަ ތިޔަހެންތޯ؟

      74
      2
  12. ޙައްޕުނޑު

    14 އަހަރު ސޮރަކަށް އެކަނި ނޭނގޭނެ ލޯންޗަކުން މ އަތޮޅުން ފުރައިގެން މާލެ އަންނާކަށް. ތީގަ އަޑި އަދި ހޯދަން ތަހުގީގު ހިންގަންޖެހޭ. ތިކަމުގަ ބޮޑު މީހެއްގެ އަތެއްވާކަމަށް ޝައްކު އުފެދޭ. ވެދާނެ ލޯންޗް ދަތުރުކޮށްދިނީ ބޮޑު މީހަކު ކަމަށް އަދި ބޮޑު މީހާ ފިލީ ކަމަށް މި ކުޑަ ސޮރަށް މިކަން މަގުފަހިކޮށްދީފަ. ލޯންޗެއް ދުއްވުމަކީ އާދައިގެ ކަމެއްނޫން. ތިކުއްޖާ އެކަނި ތިކުރި ކަމެއް ކުރުން އެއީ އިމްޕޮސިބަލް ކަމެއް

    14
    6
    • ނަސީރު

      ބުނަންތޯވާހަކައެއް ރާއްޖެތެރެ ކުދިން މާލެގެ ކުދިންނައް ވުރެ ތައުލީމް ފެންވަރު ފިޔަވާ ދެންހުރި ހުރިހާކަމަކައް މާ ކުޅަދާނަވާނެ. މިހާރު ތައުލީމް ފެންވަރުވެސް ދައްކަމުން ދަނީ ، އެހެންވީމަ ބުނެލަން އޮތީ 14 ކީއްކުރަން 10 އަހަރުގެ ކުއްޖަކުވެސް މ، އަތޮޅުން މާލެ އައުން އެއީ މާބޮޑު ކަމެއް ނޫން ، ކުދަކޮއްވެސް ކިޔަވާފައި ހުރި ކުއްޖެއްވިއްޔާ ، ޖީޕީއެސް ބަލާލީމަ ވަރައް ސާފްކޮއް އިނގޭނެ،

      9
      0
    • ކައިދާ

      ޢަދި ރޭގަނޑު އެބުނަނީ އެންމެ ބޮޑު ފަރު ކައިރިންނޭ ދަތުރު ކުރަން ޖެހެނީ.

  13. ދޮންކަމަނަ

    މިކަހަލަ ލޯބިވެރިއެއް މަށަށް ލިބޭނެނަމަ. މިހާރު ލިބިފަ މިހުރީ ރިހަގަނޑެއް

    16
    1
  14. ހަސަނުގެ ދަރި ލަތީފް

    މިޚަބަރު ފެނުނީމަ އަހުންވެސް ހިތަށް އެރީ ލޯންޗް ދުއްވަން އެނގުނަސް މާލެ އަންނަން އެނގުނީ ކިހިނެއްބާވައޭ.

  15. ޖުލައި

    14 އަހަރަކަސް ބާލިޣު ނުވިޔަސް ތިކުއްޖާއަކީ ބޮޑުކުއްވެރިއެއް ތިކުއްޖައަށް ފިޔަވަޅު ނާޅައިފިއްޔާ ތިޔަށްވުރެ ބޮޑެތި ކުށްތަށް ކޮށް މުޖްތަމައު ހަލާކުކޮށްލާނެ.

    17
    1
  16. ރާއްޖެތެރޭޒުވާނުން

    14 އަހަރު ކުދިން ރަށް ރަށުގަ ބޮޑުވާއިރު ދަސްވާނެ
    1. ފަތަން
    2. ވާވަަލުގަ ގޮށް ޖަހަން
    3.ކުދި ދޯނި ދުއްވަން
    4.ކައްކަން
    5. ނަމާދުކުރަން
    6. އެހްނ ކުދިންނާއެކު ކުޅެ އުޅެ ހަދަން
    7. މަސްބާނަން

    އެކަމަކު މާލެ ފުލެޓުލައިފުގަ ބޮޑުވާކުދިންނަކަށް ނޭނގޭނެ ސަލާމް ގޮވާލަން ވެސް. މީގެން އެއްކަމެއްކުރާކަށްވެސް. އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގުނީމަ މައިންބަފައިން އެތިބެނީ ސިރާތުމަގު ހުރަސް ކުރެވުމުގެ އިހުސާސްކުރެވިފަ.

    20
    1
    • ދ

      ދެން ކީއްކުރަން ރާއްޖެތެރެ މީހުން ފުލެޓުތަކުގަ ފުރިފަ އެތިބީ؟؟

  17. އަހައްމަދޫ

    މިހާރުމިއޮތީ މަޖާކަމަކަށް ވެފަ. ގަޓުކަމަކަށް ވެފަ. ހީރޯއަކައްވެފަ. އެހެން މީހުނައް ލިބުނު ގެއްލުމާއި ހަލާކައް ދެން ބަލާނެ ކަމެއް ނެތް. ކުޑަކުދިންނެއްނު. ދެން ދޫކޮށްލާ