23:24

ފަލަސްތީނުގެ ޣައްޒާގައި ގަތުލު އާންމު ހިންގަމުންދާ އިސްރާއީލަށް ހަތިޔާރު އުފުލާ އުޅަނދުތައް އެގައުމުގެ ބަނދަރުތަކުގައި ބަނދަރުކުރުން މަނާކުރަން ސްޕެއިނުން ނިންމައިފި

އިސްރާއީލަށް ހަތިޔާރު އެތެރެ ކުރާ އުޅަނދުތައް ސްޕެއިންގެ ބަނދަރުތަކަށް ވަނުން މަނާކޮށްފި

22:11

ފަލަސްތީނުގެ މުގައްދަސް ބިމަށް އެއްގަމު މަގުން އަރައިގަތް އިސްރާއީލްގެ އަސްކަރިއްޔާގެ ޖައްބާރު ސިފައިންގެ އިތުރު މީހަކު މަރާލައިފި.

ޖައްބާރު ޔަހޫދީ ސިފައިންގެ އިތުރު މީހަކު މަރާލައިފި

21:56

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި އިތުރު ނޫސްވެރިއަކު ޝަހީދުކޮށްލައިިފި.

ޣައްޒާގައި އިތުރު ނޫސްވެރިއަކު ޝަހީދުކޮށްލައިފި

20:56

ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގައި މަރުވި ތިން މީހުންގެ ހަށިގަނޑު ޣައްޒާއިން ފެނިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފި

މި ތިން މީހުންގެ ހަށިގަނޑު ފެނިފައި ވަނީ އަސްކަރިއްޔާ އާއި ޝިން ބެޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި.

20:00

އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ފަތިހުން ފެށިގެން ޖަބާލިއާ ރެފިއުޖީ ކޭމްޕް ހުރަސްކޮށް ބަޑީގެ ހަމަލާތައް ދެމުން އަންނައިރު، މީހުން ދިރިއުޅޭ އިތުރު އިމާރާތްތައް ހަލާކުވެފައިވާ ކަަމަށް އަލްޒަޒީރާގެ ނޫސްވެރިޔާ ބުނެފި.

19:59

ވަށާލާފައިވާ ޣައްަޒާ އަދި ބޮން ގޮއްވާލި ސަރަހައްދުގެ އުތުރުން އިސްރާއީލުގެ އަސްކަރިއްޔާއިން އަމާޒުކޮށްފައިވާ ސަރަހައްދުތަކަށް ވަނުމުގައި މީހުން ހޯދުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނެފި.

ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ވަނީ ޖަބަލިއާ ކޭމްޕާއި ތަލް އަލް ޒަތާރާއި އަލްކަސާސިބް އަވަށްތަކުގައި "މީހުން ޝަހީދު ކުުރުމުގެ ނުބައި މަންޒަރުތައް" ފެންނާނެ ކަމުގެ އިންޒާރު ދީފައި.

 

19:41

 

ލުބުނާނުން އިސްރާއީލަށް އަނެެއްކާވެސް ރޮކެޓްގެ ވާރޭ އޮއްސާލައިފި

19:17

ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ޚާން ޔޫނުސްގައި ނަރުސް އަކްރަމް މަހްމޫދު އަބްދުالله މައްކީ ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފި.

18:05

އިސްރާއީލުން ބަޑިޖަހައި ޒަހަމްކޮށްލި ފަލަސްތީނުގެ މީހަކު ހޮސްޕިޓަލުގައި ޝަހީދުވެއްޖެ.

މެއި މަހުގެ ހަވަނަ ދުވަހު ބެއިޓް ފުރިކް އަވަށުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ޒަހަމްވި ލައިތު ނަދީމް ހަނާނީ މިއަދު ވަނީ ޝަހީދުވެފައި.

އުމުރުން 20 އަހަރުގެ އޭނާ އަކީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ނުވަތަ ވަޒަންވެރިން ޝަހީދުކޮށްލި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ މީހެއް.

18:04

ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކުގައި އެކަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ.

18:03

އިސްރާއީލުން ޣައްޒާއަށް އެހީ ގެނައުމަށް މަގުފަހިކޮށްދޭ ކަމަށް އައިސީޖޭގައި ބުނަމުން ދިޔަ ނަމަވެސް އިސްރާއީލު ސިފައިން ރަފާއާ ދިމާލަށް ދިޔަ ފަހުން އެ އެންކްލޭވްއަށް އެއްވެސް މެޑިކަލް ސާމާނެއް ނުލިބޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި.

 

18:02

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ އެންމެ ދެކުނުގައި އޮންނަ ރަފަހަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ރަފަހު ދޫކޮށް ދިޔަ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 630،000 އަށް އަރައިފި.

 

17:08

އެމެރިކާގެ އެހީގައި ޣައްޒާއަށް ފަސްޓް އެއިޑް ޓްރަކްތައް ވަދެއްޖެ

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޣައްޒާއަށް ޓްރަކްތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

 

16:37

އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ބޯޑަރާ ދުރުގައި އޮންނަ ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ، ހިޒްބުﷲ މެމްބަރަކާއި ސީރިޔާގެ ދެ ރައްޔިތަކު ހިމެނޭ ގޮތަށް ތިން މީހަކު ޝަހީދުވެ، އިތުރު ތިން މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ލުބުނާނުގެ އަން-ނަހާރު މީޑިއާއިން ބުނެފި.

ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނި ގޮތުގައި އިސްރާއީލުން ދިން ހަމަލާތަކަކީ ބޯޑަރާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށްޓެރި އަވަށްތައް ކަމަށްވާ ނަޖްޖަރިއްޔާ އާއި އަދުލޫސިއްޔާއަށް ދިން ހަމަލާތަކެއް ކަމަށް.

ހިޒްބުﷲގެ އަރިސް ބޭފުޅަކު އެޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ) ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝަހީދުވި ތިން މީހުންނަކީ ނަޒްޖަރިއްޔާގައި ތިބި މީހުން ކަމަށް.

16:14

ޖަބާލިއާގެ "ސިޓީ ސެންޓަރ" ގައި އިސްރާއީލު ސިފައިން ހަނގުރާމަކޮށް، އަމާޒުތަކަށް ވައިގެ ހަމަލާތައް ދިނުމަށް އިރުޝާދު ދެމުން އަންނަ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފި.

ޣައްޒާގެ އުތުރުގެ ސިޓީއަށް އިސްރާއީލު ސިފައިން ގޮސް ގަތުލު އާންމު ފެށި ފަހުން މިހާތަނަށް 60 ހަނގުރާމަވެރިން ޝަހީދުކޮށްލައި "ހަތިޔާރު ގުދަނެއް" ފެނިފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވޭ.

 

15:30

އިސްރާއީލުން ދުނިޔޭގެ ކޯޓުގައި ދޮގު ހަދަމުން ދިޔައިރު ވެސް ނިރުބަވެރިން ދިޔައީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުން ކަމަށް އަލްޖަޒީރާއިން ބުނެފި.

15:19

އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ދުނިޔޭގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވަމުން އިސްރާއީލުން "ދޮގު"ތަކެއް ހަދައިފި.

 

14:59

މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ކޯޓުގެ ފަނޑިޔާރުން ވަނީ އިސްރާއީލުން ޣައްޒާއަށް އެހީ ވައްދާ ކަމަށް ބުނުމުން އެކަމުގެ އިތުރު ތަފްސީލް ކޯޓަށް ދިނުމަށް އަންގާފަ.

ހާއްސަކޮށް ފަނޑިޔާރުން ވަނީ ރައްކާތެރިވާނެ ކަމަށް ބުނެ ޣައްޒާގެ ރައްޔިތުން ބަދަލު ކުރާ ހިސާބުތަކުގެ ރައްކާތެރިކަމަކީ ކޮބައިތޯއާއި އެތަންތަނަށް އެހީ ވެއްދޭތޯއާއި އެތަންތަނުގައި ރައްޔިތުން އުޅޭ ހާލު ސާފުކޮށް ކިޔައިދިނުމަށް އަންގާފަ.

14:54

އިސްރާއީލުގެ ދެ ވަކީލުން ދުނިޔޭގެ ކޯޓުގައި އެގައުމުގެ ދިފާއުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ދުނިޔޭގެ ކޯޓުގައި އެމީހުންނާއި ދެކޮޅަށް "ދޮގު ހަދާ" މީހުންގެ ލޭބަލް އަޅުވައިފި. ދުނިޔޭގެ ކޯޓުގައި އެކި ގައުމުތަކުން ވަނީ އިސްރާއީލް މީހުންނަކީ ދޮގު ހަދާ ބައެއް ކަމަށް ބުނެ އަޑު އުފުލާފަ.

14:53

އިސްރާއީލުގެ ތަމާރް ކަޕްލާން ޓޫރްޖަމަން: އިސްރާއީލަށް އަމިއްލައަށް ދިފާއުމުގެ ވުމުގެ ފުރުސަތު އޮންނަން ޖެހޭނެ.

 

14:50

އިސްރާއީލުގެ ތަމާރް ކަޕްލާން ޓޫރްޖަމަން: އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް މި ތަކުލީފު އުފުލަން ޖެހިފައިވަނީ ހަމާސް ޖަމާއަތުގެ ސަބަބުން.

"ޝައްކެއް ނެތް މި ހަނގުރާމައަކީ ދެ ފަރާތަށް ވެސް ހިތާމަވެރި ހަނގުރާމައެއް. މި ހަމާސް އިން ކުރަމުން އަންނަ ކަމެއް"

14:49

އިސްރާއީލުގެ ތަމާރް ކަޕްލާން ޓޫރްޖަމަން: ބޯޑަރު ބަންދު ކުރި ކަމަށް ދައްކާ ވާހަކައަކީ ދޮގު. ހަގީގަތަކީ އިސްރާއީލުން ކޮންމެ ދުވަހަކު ވެސް އެތައް ބޯޑަރެއް މެދުވެރިކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދީ، އެކަމަށް މަގުފަހިކޮށްދޭ.

14:48

އިސްރާއީލުގެ ހާރިޖީ ވުޒާރާގެ ޕްރިންސިޕަލް ޑެޕިއުޓީ ލީގަލް އެޑްވައިޒަރު، ތަމާރް ކަޕްލާން ޓޫރްޖަމަން: އިސްރާއީލުން ޣައްޒާގެ ދެކުނު މައި ދެ ކްރޮސިން ބަންދުކޮށްފައި ނުވާނެ.

14:46

އިސްރާއީލުގެ ނޯއަމް: ދެކުނު އެފްރިކާއިން އެދުނު ވަގުތީ ހުރިހާ ފިޔަވަޅަކީ އެއްވެސް އަސާސެއް ނެތް ފިޔަވަޅުތަކެއް. ހާއްސަކޮށް ޣައްޒާގައި ތިބި އިސްރާއީލް މީހުން އެތަނުން ބޭލުމަށް އަމުރު ނުކުރެވޭނެ.

14:43

އިސްރާއީލުގެ ނޯއަމް: ޣައްޒާއަށް އެހީ ވެއްދުމަށް ހުރަހެއް ނާޅާ. އިސްރާއީލުން ވަނީ ޣައްޒާއަށް އެހީ ވެއްދުމާއި ދެކޮޅަށް މުޒާހަރާ ކުރި އިސްރާއީލް މީހުން ދުރުކޮށް، ޣައްޒާއަށް އެހީވެއްދުމަށް މަގުފަހި ކޮށްދީފަ.

"އިސްރާއީލުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދު ވެސް ދެމިއޮންނާނެ"

14:40

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ކޯޓުގެ ތެރެއިން

14:39

ޣައްޒާގައި މިހާރު ހިންގަމުން އަންނަ އޮޕަރޭޝަނަކީ ގަތުލުއާންމެއް ނޫން ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފި

 

14:30

އިސްރާއީލުގެ ވަކީލް ނޯއަމް: އިސްރާއީލުން ރަފާހުގައި ހިންގަމުން އަންނަ އޮޕަރޭޝަނާއި ދެކޮޅަށް ދެކުނު އެފްރިކާއިން ތެދުވުމުން ދައްކުވައިދެނީ އެމީޙުން ހަމާސްއަށް ތާއިދު ކުރާކަން. އަދި އެކަމުން ދައްކުވައިދެނީ ވަކި މަގުސަދެއް ހާސިލު ކުރަން އުޅޭކަން.

"ދެކުނު އެފްރިކާއިން ހަގީގަތަށް ޝައުގުވެރިކަމެއް ނެތް. ޤާނޫނު އަދި އިންސާފަކަށް ވެސް އެމީހުން ޝައުގުވެރިކަމެއް ނެތް"

14:27

ދުނިޔޭގެ ކޯޓުގައި އިސްރާއީލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އިސްރާއީލަށް ޖަވާބުދާރީ ވާން ލިބުނީ ކުޑަ ވަގުތުކޮޅެއް ކަމަށް އިސްރާއީލް ތަމްސީލު ކުރާ ވަކީލު، ގިލަޑް ނޯއަމް ބުނެފި.

13:40

އިސްރާއީލުގެ ފުޓުބޯޅަ އެސޯސިއޭޝަން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ސަސްޕެންޑް ކޮށްދިނުމަށް އެދި ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އަރިހުގައި އެދިއްޖެ

 

13:36

ޔަމަނު މަތިން ފޮނުވާލި އެމެރިކާގެ ޑްރޯނެއް ހުއްޓުވާފައިވާ ކަމަށް ހޫތީން ބުނެފި.

13:35

ޣައްޒާގެ ޖަބަލިއާ ސަރަހައްދުގައި ހިންގަމުން އަންނަ އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

13:25

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 35،300 އަށްވުރެ މައްޗަށް އަރައިފި

 

13:20

އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން އިރުކޮޅެއް ތެރޭ ފަށާނެ ކަމަށް ރިޕޯޓްތަކުން ބުނެފި.

މި މައްސަލައިގައި އިއްޔެ ބޭއްވި އަޑު އެހުމުގައި ދެކުނު އެފްރިކާ ތަމްސީލު ކުރާ ވަކީލުން ވަނީ އިސްރާއީލާއި ދެކޮޅަށް ހެކި ހުށަހަޅައި، އެމީހުންގެ ބަޔާން އިއްވާފަ. މިއަދު ބާއްވާ އަޑުއެހުމުގައި އިސްރާއީލުން އެމީހުންގެ ރައްދު ދޭނެ ކަމަށް ރިޕޯޓްތަކުން ބުނޭ.

13:19

ހުޅަނގު އައްސޭރީގައި ނިރުބަވެރި އިސްރާއީލުން ވަރުގަދަ ރެއިޑްތަކެއް ކުރިއަށް ގެންގޮސްފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން މި ރެއިޑްތައް ކުރިއަށް ގެންގޮސްފައިވަނީ އަނަބްތާ، ބަލާ، ޤަލްޤިލްޔާގެ އިތުރުން ޖަލާޒޯން ކޭމްޕުގައި.

13:18

ލުބުނާނުގެ އައްސޭރިފަށަށް ނިރުބަވެރި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުގެ އޮފިޝަލަކު ޝަހީދުކޮށްލައިފި.

13:16

ޣައްޒާގެ އުތުރުން އިސްރާއީލުގެ އަވަށްތަކުގައި ސައިރަންގެ އަޑު އިވެން ފަށައިފި.

13:16

އިސްރާއީލަށް ހަތިޔާރު އުފުލާ އުޅަނދު ފަހަރަށް އެގައުމުގެ ބަނދަރުތައް ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ސްޕެއިން އިން ބުނެފި.

12:09

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާއިން ހަރަދުކޮށްގެން ހަދާފައިވާ އާ ވަގުތީ ފިޔަރަކުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް. ނިރުބަވެރިން ޣައްޒާއަށް އެހީގެ ޓްރަކްތައް ވަނުމުގެ ހުއްދަ ނުދިނުމުން، މި އެހީގް ޓްރަކްތައް ދެން ދާނީ މި ޕިޔަރަށް. އޭގެ ފަހުން އެތަނުން އެތަކެތި ޣައްޒާގެ ރައްޔިތުންނަށް ލިބިގެންދާނެ.

12:04

ބަޑީގެ ހަމަލާއެއް ދިނުމުގެ ސަބަބުން ސުވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކޮށްފި.

އެގައުމުގެ ފުލުހުން ބުނެފައިވަނީ ބާރު އަޑުތަކެއް އިވިގެން އެސަރަހައްދަށް ދިޔައިރު، ބަޑީގެ ހަމަލާތަކެއް ދީފައިވާކަން އެނގިފައިވާ ކަމަށާއި އެހެން ކަމުން އެމްބަސީ ބަންދުކޮށްފައިވާ ކަމަށް.

11:38

ޔަހޫދީ އިސްރާއީލުން ޣައްޒާގެ ޖަބަލިއާ ކޭމްޕަށް ހަމަލާދީ ހަ މީހަކު ޝަހީދު ކޮށްލައިފި.

 

11:14

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

 

10:59

އެމެރިކާއިން އުފައްދާފައިވާ ހަނގުރާންމަތީ ބައެއް ތަކެތި އިސްރާއީލުން އެއްލާލާފައި ހުއްޓާ ޣައްޒާގެ ކުޑަކުދިން ހޮވާފައިވާ ފޮޓޯތަކެއް

10:58

ލުބުނާނުން އިސްރާއީލުގެ ގަލިލީ ސަރަހައްދަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި. އިސްރާއީލުން ބުނި ގޮތުގައި ލުބުނާނުން ފޮނުވާލި ޑްރޯން ހަމަލާތަކުގެ ތެރެއިން ބައެއް ޑްރޯންތައް ވަނީ ހުއްޓުވާފަ.

10:52

ދެކުނު ލުބުނާނުން ޔަހޫދީ ޣައިރު ޤާނޫނީ އަނިޔާވެރި ދައުލަތް އިސްރާއީލަށް އަމާޒުކޮށް ޑުރޯން ހަމަލާތަކެއް މިއަދު ވަނީ ފޮނުވާލާފައި

ލުބުނާނުން އިސްރާއީލަށް ޑުރޯން ހަމަލާތަކެއް ދީފި

10:51

ދުނިޔޭގެ އިޤްތިޞާދީ އަދި އަސްކަރީ ކަންކަމުގެ މައުލޫމާތު ގެނެސްދޭ މަޝްހޫރު ނޫހެއް ކަމަށްވާ ވައިނެޓް ނިއުސް އިން ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން އަސްކަރީ ވެރިކަމެއް ހިންގާނަމަ އެކަމަށް ބޮޑު ހަރަދެއް ދާނެ ކަމަށް

ޣައްޒާގައި އަސްކަރީ ވެރިކަމެއް ހިންގުން އިސްރާއީލަށް ބޮޑު ހަރަދަކަށްވާނެ!

ފަލަސްތީނުގެ ދެކުނުގައި އޮންނަ ރަފަހް ސިޓީ އަށް އެރުމަށް 13 ގައުމެއްގެ ފޮރިން މިނިސްޓަރުން ދެކޮޅު ހަދައި އިސްރާއީލަށް ސިޓީ ފޮނުވައިފިއެވެ.

މި ސިޓީތައް ފޮނުވާފައި ވަނީ ޖަރުމަނު، ފްރާންސް، އިނގިރޭސި ވިލާތް، އިޓަލީ، ޖަޕާން، ކެނެޑާ، އޮސްޓްރޭލިއާ، ޑެންމާކް، ފިންލޭންޑް، ނެދަލެންޑްސް، ނިއުޒިލެންޑް، ދެކުނު ކޮރެއާ އަދި ސްވިޑެން އިންނެވެ.

މި ސިޓީގައި ފޮރިން މިނިސްޓަރުން އެދިފައިވަނީ ރަފަހުގައި އިސްރާއީލް ސިފައިން ހިންގަން އުޅޭ ގަތުލުއާންމު ހުއްޓާލައި ޣައްޒާ އަށް އެހީ ފޯރުކޮށްދެވޭނެ އިތުރު މަގުތައް ފަހިކޮށް ދިނުމަށެވެ. އެގޮތުން ރަފަހް ބޯޑަރު ހިމެނޭ ހެން ޣައްޒާގެ ހުރިހާ ބޯޑަރެއް ހުޅުވައި އެހީގެ ސާމާނު ވެއްދުމަށް އެދިފައިވެއެވެ.

މީގެ ދުވަސްތަކެއް ކުރިން ރަފަހް ބޯޑަރު ސަރަހައްދު ވަނީ އިސްރާއީލް ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ މި ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އދ އުފެދުމާއި އެކު އިސްލާމް ދީނާއި މުސްލިމުންނަށް ލިބުނު ބޮޑު ގެއްލުން ، އދ ގެ ތެރެއިން އިސްލާމީ ތިންޤައުމެއްގައި ޣައިރު މުސްލިމުންގެ ތިން ދައުލަތް އުފައްދާ ދީފައިވަނީ
    1/ ފަލަސްތީން ބިމުގައި އުފެއްދި ޔަހޫދީ އިސްރާއީލް ދައުލަތް
    2/ އިޑޮނޭޝިޔާގެ އީސްޓީމޯގައި އުފެއްދި ކުރިސްޓިއަން ދައުލަތް .
    3/ ސޫދާނުގެ ދާރުފޫރު ގައި އުފެއްދި ކުރިސްޓިއަން ދައުލަތް .

    15