ކުވައިތްގައި ބިދޭސީ ޓީޗަރަކު ސްކޫލްގެ ކްލާސްރޫމްގައި ދަރިވަރުން "މަތަ" ކުރުމަށް ވަސީލަތެއްގެ ގޮތުގައި ސިރިންޖެއް ބޭނުންކުރި މައްސަލައެއް ފެންމަތިިވެއްޖެއެވެ.

މި މައްސަލައިގައި ކުވެއިތުގެ ޕްރޮސެކިއުޓަރުން ޓީޗަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް 21 ދުވަހުގެ މުއްދަތެއް ދިނުމަށް އަމުރުކޮށްފައެެވެ.

އެހެންކަމުން ސީރިއާއަށް ނިސްބަތްވާ އެ އަންހެން ޓީޗަރު ކުވައިތުގެ ސެންޓްރަލް ޖަލަށް ފޮނުވީ އަމިއްލަ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނަށް އަދަބު ދިނުމަށް ސިރިންޖް ބޭނުންކުރި ކަމުގެ ތުހުމަތާ ގުޅިގެންނެވެ.

ކުވޭތުގެ ނޫހެއް ކަމަށްވާ އަލް ކަބާސް އާ ހަވާލާދީ ޕްރޮސެކިއުޝަން އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ އެ ޓީޗަރު ދެ ކުއްޖެއްގެ ގަޔަށް ސިރިންޖު ބޭނުންކޮށްގެން ކަށި ޖެހިއިރު، މިއީ ކުލާސްރޫމްތެރެ ހިމޭންކޮށް ބޭއްވުމުގެ ގޮތުން އޭނާ ކުރާ ކަމެއް ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"އޭގެ މައްޗަށް ބިނާކޮށް ޕްރޮސެކިއުޝަނުން ނިންމީ އޭނާ ބަންދުގައި ބެހެއްޓުމަށާއި ސެންޓްރަލް ޖަލަށް ބަދަލުކުރަން،" އޮފިޝަލް ވިދާޅުވިއެވެ.

އުމުރުން 24 އަހަރުގެ ޓީޗަރު ކުވައިތު ސިޓީގެ އިރުމަތީގައި އޮންނަ އަލް ސަލާމިއްޔާ ސަރަހައްދުގެ ސްކޫލެއްގައި މަސައްކަތް ކުރަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.