"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދޭން ފާސްކޮށްފިއެވެ.

މި ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ގިނަ ޝަކުވާ ހުށަހެޅިފައިވާތީ، އެ މައްސަލަތައް ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓާއި ގުޅިގެން މަޖިލީހުގައި މިއަދު ވަނީ ވޯޓެއް ނަގާފައެވެ. މި ރިޕޯޓާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވެއެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވި 29 މެންބަރުން ތާއީދު ކުރަނީ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފްލެޓް ދިނުމަށެވެ.

އެ ރިޕޯޓުގައި ކޮމިޓީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަމަށާއި އޭގެ ސަބަބުން އާއްމުންނާއި ފުލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުން އޮތްކަން ފާހަގަކޮށްފައެވެ. އަދި ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައި އޮތްކަންވެސް ފާހަގަކޮށް ކޮމިޓީން ވަނީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ގެޒެޓުކޮށްފައިވާ ފުލެޓު ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފުލެޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ދިނުމަށާއި ފުލެޓު ލިސްޓާ އެއްގޮތަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް ލަސްނުކޮށް ފުލެޓު ހަވާލުކުރަން ހުށަހަޅާފައެވެ.

ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ލިސްޓަކީ ބޭއިންސާފުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފައެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް ހުއްދަ ދީފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓަށް 21،000 މީހުން ކުރިމަތިލިއިރު، އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކުރީ ސަރުކާރުން ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހނހ

    އަޅުގަނޑު މެން ހިތްހަމަ ނުޖެހޭ ރޮޒޭޔާ ނާނު އާ ރީކޯ މޫސަމެން ކަހަލަ ނިކަމެތިންނައް ދޭން

    32
  2. Anonymous

    އުނި އިތުރު ގެންނަން ޖެހޭނެ!!! ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ދީފަ ހުރީ އިބުރާހީމު!

    35
  3. އަޙުމަދު

    ކުރީ ސަރުކާރުން އަޅާ ނިއްމާފައި ހުރި އެއްވެސް ފުލެޓެއް ނެތެއްނޫންތޯ؟ އަދި ގަވާއިދާ ޚިލާފަށް ފުލެޓް ދީފައި ހުރިކަމަށް އެންޓި ކަރަޕްޝަން އިން ވަނީ ފާހަގަ ކޮށްފައި އެހެން ކަމުން މަކަރާއި ހިލަތުން އޮޅުވާލައިގެން ފުލެޓު ލިބުން ޙައްގު ނުވާބަޔަކަށް ފުލެޓް ދިން ދިނުން ބާތިލު ކުރަންޖެހޭނެ މަޖިލިހުން ފާސް ކުރިޔަސް އެކަމެއް ކުރާކަށް ނުޖެހޭނެ

  4. ހުސެއިނު

    މިހެން ހަދާގެން ނުވާނެ
    ނާއިންސާފުން ފުލެޓު ބެހި ތިމަޖިލިސް އެންމެން މިހާރު ވަނީ ބޭރު ކޮށްފަ. ދެން އިތުރަށް މިކަން ތިއިއްޒަތެރި މެމްބަރު ނުބެހި ތިއްބަވާ

    37
  5. ފެންމާލި

    މީ ކުޅޭ ކުޅޭ ލިސްތެއް

    19
  6. އިންސާފު

    މަޖިލީހުން ލަފާދިނަސް ބޭއިންސާފުން ކަންކަން ކުރާކަށް ނުޖެހޭނެ. ގައުމެއްގައި އިންސާފު ނެތުމަކީ އެ ގައުމެއްގެ ހަލާކު. ތިޔަ މަޖިލީހަކީ އިންސާފުން ބޭރުވެފައި އޮތް މަޖިލީހެއް.

    37
  7. އިސްމާއިލް

    އަވަސް ކުރޭ މަގޭ ފުލެޓް މަށާ ހަވާލުކުރޭ

    2
    31
  8. ކޮއްކޮ

    އިންސާފުން ބޭރުން ހަދާފައިވާ ލިސްޓަކަށް ފްލެޓް ދިނުމަކީ އިންސާފުން އެއްކިބާވުން. ދައުލަތުގެ ތަޙުޤީޤީ އިދާރާއަކުން މައްސަލަ ތަޙުޤީޤު ކުރުމަށްފަހު ބުނެފައިއެވަނީ، އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން، ޝަރުޠު ހަމަވެ، ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް %20 މީހުން ކަމަށް. ހިޔާ ފްލެޓް ދިނުމަށް ޔާމީން ސަރުކާރުން ހެދި ލިސްޓްތަކަށް ފްލެޓް ނުދީ، އެމްޑީޕީ ސަރުކާރުން އެހެން ލިސްޓްތަކެއް ހަދައިގެން ފްލެޓް ދިންއިރު، ޔާމީން ސަރުކާރުން ހެދި ލިސްޓަށް ފްލެޓް ދޭން މަޖިލީހުން ނޭންގީ ކީއްވެބާ؟ ދެ ސަރުކާރުން ހެދި ލިސްޓުތަކުގައިވެސް މައްސަލަ ހުރިކަން އެކަންކަމާ ބެހޭ ޝަކުވާތައް ބެލި ދައުލަތުގެ އިދާރާތަކަށް އެނގޭނެ.

  9. ރެކިފުތާ

    ތިމަޖިޖިލީހުން ކިޔާއެއްޗެއްގެ އަޑު އަހަރުމެންނަކަށް ނީވޭނެ.

    37
  10. ފިޔަވަޅު

    ޙިޔާ ފުލެޓް ތައް ލިބުނު މީހުން އަތުން އަތުލި އިރު ތި މަޖިލިސް ކޮބައިތޯ.

    32
  11. ހޭލާ

    ދެންކޮބާ އިންސާފކީ ކަޑައެޅިގެން ހައްގުނުވާ އެތަބަޔަކަ ފުލެޓްދީފަ އެބަހުރި ދީގެންނުވާނެ.

    31
  12. ފިޔަވަޅު

    ޙިޔާ ފުލެޓް ތައް ލިބުނު މީހުން އަތުން އަތުލި އިރު ތި މަޖިލިސް ކޮބައިތޯ.
    ކުރީގެ ރައީސް ވަނީ އަހަރެމެންގެ ފުލެޓް އަތުލާފަ .
    ޢެކަމަށް މާފެއް ނުކުރާނަން .
    އަތުލި ސަބަބު ބުނެ އެއް ނުދެވުނު .

    26
  13. ހަސަންދި

    ބޭއިންސާފުން ހިންގާފައިވާ ބޮޑު ޖަރީމާއެއްތީ، ރަގަަަަޅަށް ބެލުމަށްފަހު ނޫނީ މިސަރުކާރުން ފުލެޓް ހަވާލު ނުކުރާނެ ކަމަށް އުއްމީދު ކުރަން.

    26
  14. އަބްދޫ

    ތިޔަ ލިސްޓްގަ ހިމެނޭ ސަރުތު ހަމަ ނުވާ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވޭނެ. އެކަން އެގޮތަށް ކުރެވޭނީ 2018 ވަނަ އަހަރު 7000 ފްލެޓްދީ ގެޒެޓް ކުރި ލިސްޓް އަދިވެސް ބާތިލް ކޮށްފަ ނެތުމާއެކު އެނޫން ފަރާތްތަކަށް 7000 ފްލެޓުން ދންި މީހުން އެތަނުންނެރެ 2018 ގެ ލިސްޓްގާ ތިބިފަރާތްތަކަށް އެފްލެޓްތައް ހަވާލުކުރުމަށްފަހު. މިނޫންގޮތަކަށް ތިޔަ ލިސްޓަށް ފްލެޓް ދިނުން ހައްގެއްނުވާނެ.ދީގެންވެސް ނުވާނެ. ހައްގުން ބޭރުވެ ބާތިލުން އެމްޑީޕީން ކުރާކަންކަން ސައްހަ ކުރަންވެއްޖެނަމަ ގައުމު އިސްލާމދީނުގެ މަތީ ދެމި ނޯންނާނެ.ގައުމު މުސްލިމު ގައުމެއްގެގޮތުގަ ދެމި އޮންނާނީ ހައްގުމަގު ހިޔާރުކުރާ ބަޔަކުވެސް މިގައުމުގަ ތިބެގެން.

  15. ޢަނީ

    އޭސީސީ ރިޕޯޓް ހުށްޓާ ޗޮރޭގެ މަކަރު ލިސްޓަށް ދެވިގެން ނުވާނެ

    26
  16. ނުވާނެތިކަމެއް

    ބަލަ ކޮރަޕްޓްސަރުކާރަކުންހަދާފައޮތް ލިސްޓަކައް އެލިސްޓްގައޮތްގޮތައް ފްލެޓްދޭކައްނުޖެހޭނެ އެެހެންނޫނަސް މިހާރު ކަލޭމެން ފާސްކުރާ ޤަރާރަކައް ޢަމަލު ކުރާކައް ނުޖެހޭނެ ވަޤުތު ކުޑަތަންވެފައޮއްވާ ކަލޭމެންގެ ސަރުކާރުން ގޯތި ދިންގޮތައް އެހެން ކަންތައްވެސް ކުރަންކަމައްތަ ތިޔައުޅެނީ

  17. ޢަލީ

    ހާދަ ލަދު ހަޔާތްކުޑަ ބަޔެކޭ. ލިބުނު މަދު ދުވަސް ކޮޅުގަވެސް ކުރަނީ ޖެއްސުން

    24
  18. ާއާދަން

    ނުހައްގުން ހޯދައިގެން އުޅޭ މީހުން އަށް ދޭކަށް ނުޖެހޭ. އިންސާފާ އެއްގޮތަށް ކަންކުރޭ ލިސްޓު ރިވިޔު ކުރޭ.

  19. އަބްދޫ

    ހައްގު ނުވާބަޔަކަށް ފްލެޓްދިނުމަށް މަޖިލީހުންލަފާ ނުދެވޭނެ. އެއީ މަޖިލީހުގެ މޭންޑޭޓުގެ ބޭރުން މެމްބަރުގް އަމިއްލަ މަންފާއަށް ވެވުނު ހިޔާނާތަކަށް ނޫނީ ނުވާނެ. ތަހުގީގު އަވަސްކުރޭ، މި މައްސަލައަކީ ގާނޫނުއަސާސީގަ ބުނާ ވޯޓްދިންގޮތަކާއި ގުޅިގެން ފިޔަވަޅު ނޭޅޭކަމަށް އޮންނަ އޮތުމާވެސް ހިލާފު ކަމެއް އެއާ ގުޅުން ހުރިކަމެއްވެސް ނޫން މަޖިލީހުގެ މޭންޑޭޓް އާ ވެސް ގުޅުންހުރިކަމެއްވެސްނޫން.. މީގެ މާނަޔަކީ މި މަޖިލީހުގެ މިތިބީ ވަރަށް ބޮޑު ހިޔާނާތްރެރިންކަމަށް ރައްޔިތުންނަށް ފެނިގެނޭ މި މީހުން މެމްބަރުކަމުނެް ބޭރުކުރީ.

  20. ޙެހެހ

    މިމީހުން ކަރުގޮހުރަށް ކައިގެން މި ފުމެނަގަނީ ، އަބަދުވެސް އެމް.ޑީޕީ ޤައުމުގެ ބިން އައުވާނުންނަށް ބަހާލާފަ ފިލާނީ ، ފަހެ މި ބައިގަނޑުގެ ކަންކަން ދިވެހިންނަށް ފަހުމް ވާކަށް ނުވޭތަ

  21. އދ

    ދައުރު ހަމަވެ، އާމަޖިލީހެއް އިންތިޚަބު ކޮށްފައިވަނިކޮށް މޑޕ އިންކޮށްފައިވާ ކަންތައް ފޮރުވަން މޑޕ އިން ކޮންޓްރޯލްކުރާ މަޖިލީހަކުން ލަފާދިނުމަކީ ބަޔަކު ހައިރާން
    ވާނެކަމެއް ނޫނެވެ ދާދި އަވަހަށް ވަގުން ކޮށްފައިވާ ބިޔަ ވައްކަންތައް ހާމަވާނެއެވެ.

  22. Anonymous

    މުއިއްޒޫ ކަލެޔަކައް މިކަން އިސްލާހު ނުކޮއްފިއްޔާ ނެއް ވޯޓެއް.

  23. Anonymous

    މިހުރިހާ ކަމަކީ މަޖްލިސް ބައެއް މެމްބަރުންގެ އާއިލާމީހުންނަށް ލިބިފަ ހުރީމަ އެހާވަރަކުންއެއުޅެނީ. ނުހައްގުން ލިބިފައޮތް މީހަކަށް ފުލެޓް ދިނުމަކީ އެތައްބައެއްގެ ހައްޤަށް އަރައިގަތުން. ފިޔަވަޅު އެބުނިހެން ވަރަށް ގިނަ ބައެއްގެ ފުލެޓް 2019 ގަނެރުނު

  24. ނާދިރާ

    އެމްޑީޕީއަށް ވެރިކަމާ މަޖިލިސް ގެއްލުނީ އެމްޑީޕީގެ އަނިޔާވެރުކަމާ ޚުދުމުހުތާރު ކަމާ އިންސާފެއް ނެތުމާ ދައުލަތުގެ ބިންބިމުންނާ މުދަލާ ފައިސާއިން ވަށްކަން ކުރުން އިންތުހާއަށް ބޮޑުވީމަ

  25. ގައުމީ ލޯބި

    10 ،މިލިޔަން ރުފިޔާގެ އަގުހުރި ބިން ދެވޭ އެއްވެސް މައްސަލައެއްވެސް ނުޖެހޭ..އެ އީ މާލޭގެ ބޭފުޅުންނަށް ދިން އެއްޗެއް ވީމަ ދޯ؟

    ގުރުލީ ކަނޑައެޅިގެން ވަކި ބަޔެއްގެ އެއްޗެއް އެއްފޮއްޓަކަށް ލައިގެން ވަކި ވަގުތެއްގައި އިންވައިޓުކޮށްގެން ކަން މުޅިގައުމަށް ވެސް އެގޭ އެކަމަކު އެކަމާ މެދު ޗުޕުވެސް ނުބުނެވޭ

    އޭސީސީއަކަށް ވެސް އަދި ބީސީސީއަކަށް ވެސް.

    ފްލެޓް ދޭންވީމާ، މިހުރިހަ ހާސަރު މިދަމަނީ އެއީ އޭގައި ރާއްޖެތެރޭގެ މީހުން ހިމެނޭތީވެ ދޯ؟

    ފްލެޓަކީ ގަންނަން އެއްޗެއް ބިމަކީ ހިލޭދޭ 10 މިލިޔަން މިވެސް ހަމަ ހަމަ ޔޯލަ!