ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ، އެކަން ކުރަމުން އަންނަނީ އެކަން ހައްލު ކުރުމަށް މިނިސްޓްރީ އާއި ފުލުހުންނާއި އެމްއޭސީއެލް ގުޅިގެން ފެށި މަސައްކަތުގެ ތެރެއިން ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެކަން ހައްލު ކުރުމަށް އެފަދަ މައްސަލަތަކާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ޙައްސާ ކިއުއާރް ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ވަނީ ބައެއް ޝަކުވާތަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ގިނަ ޝަކުވާއެއް ލިބިފައިވާއިރު، ޝަކުވާތައް ދުވަހުން ދުވަހަށް ގިނަ ވަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި އެމްއޭސީއެލްގެ އެމްޑީ ހިމެނޭގޮތަށް އިއްޔެ މަޝްވަރާ ކުރެވި ޓެކްސީ މެނޭޖް ކުރާނެ ޕްލޭނެއް އިއްޔެ އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ފުލުހުންގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގެ ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހައްހައް

    ހަމަ ހުސް ހޮޅި ވާހަކަ. އެއް ފިޔަވަޅެއްވެސް އަމަލީ ގޮތުން އަޅާކަން ނުކެރޭނެ. އަޅާތޯ އަހަރުމެން ބަލާނަން. އަދި ނާޅާ ކަމަށް ވަންޏާ އަހަރުމެން އާދައިގެ ކާރުގައި ޓެކްސީ ހިދުމަތް ދޭން ފަށާނަން.

    13
    5
    • ޢަބްދުﷲ

      މިހާރުވެސް ތިކަން ކުރެވޭނެ.. އަވަސް ރައިޑް އެޕް އަޅައިގެން... ހާދަހާވާ ފަހަތުގައޭ ދޯ ތި އުޅުއްވަނީ

  2. ހޭލާޓީމުނިދާފަ

    ކިޔޫއާރު ކޯޑު ވޯރކް ނުކުރޭ. އުފައްދާ ކޮމެޓީތައް ނިދާ ނުހޭލާ. ޑްރައިވަރުން ހަދަނީ ހަދާނެ އެއްޗެއް. ކޮންކަމެއްތޯ ހައްލުވަނީ. މާލެތެރޭގެ އެއްތަނުން އަނެއްތަނަށް ދާން ޓެކްސީތަކުން ދަތުރެއް ނުނަގާ. ހުޅުމާލެއިން މާލެއަށް، މާލެއިން ހުޅުމާލެއަށް ނޫނީ ދަތުރެއް ނުކުރޭ. މަދުން ލާރިލިބޭފަދަ ދަތުރެއް ނުކުރޭ. މިކަންކަން ހައްލުވޭތޯ. ނުވޭ. ބަސްދަތުރުތައް އެހާ ފީކަޅާ. އެއްދަތުރު ކޮށްފަ ރެސްޓްކުރަން 15 މިނިޓު މަޑުކުރަންޖެހޭ. އޮފީސްތަކަށް މީހުން ދާ ގަޑިތަކުގައި ބަސް ފުލުވެގެން ގަޑިއަށް އޮފީހަށް ނުދެވޭ. އެއްޗަކަށް އެއްޗެއް ހަދަނީ.

    16
    2
    • ޙެހެހ

      ވެރިންނާއި ވެރިންގެ ދަރިންތައް ދައުލަތުގެ ކާރުތަކުގައި އުފުލާދޭނު ، އެމީހުންނަށް މުސާރަވެސް ބޮޑީ އަދި އެމީހުންގެ އަނބިދަރިންގެ ބަލަދުވެސް ދައުލަތަށް އަރަނީ

  3. އަލީީ

    ކުރީގަ ޓްވީޓް ކޮށްލާގޮތަށް މިހާރު ޓިކްޓޮކެއް ހަދާލާއިރަށް މިކަން ކަން އެބަ ހައްލުވޭ. ޓިކް ޓޮކްގެ ބާރު ހަމަގަދަވީދޯ. ރަގަޅުތާދެއްތޯ؟

    11
    2
  4. ޢަލީ

    މީހުންގެ ޝަކުވާތަކާހެދި މިހާރު ބަލަނީ އެއަރޕޯރޓަށް ނުގޮސްވޭތޯ.....ޢާންމުންނަށް ހީވަނީ ޓެކްސީ ޑްރައިވަރުންނަކީ އެމީހުންގެ އަޅުންނޭ......

    14
    24
    • ޑުރައިވަރު

      ހުރިހާޑުރައިވަރުން އެއަޕޯޓް ދަތުރު ނުނަގަން ފެންނަނީ -/70 އަކަށް ނުވާނެ

    • ލާލު މަންނަ

      ކަލޭމެން ޓެކްސީ ޑުރައިވްރުންނަށް ހީވަނީ ދެންތިބި މީހުންނަކީ ކަލޭމެންގެ އަޅުންނޭ.. މިހާތަނަށް 2 ޓެކްސީ ޑުރައިވަރެއް ފިޔަވާ ރަނގަޅު މީހަކާ ދިމައެއް ނުވޭ.. ބޮޑާ ކިބުރުވެރި ބަޔެއް ތީ.. ޓެކްސީ ޑުރައިވަރުން ހިތުން މަގު ތަކަކީވެސް އެމީހުންގެ ތަރިކަ މުދާ.. މަގު މެދަށް ހުރަސްކޮށް މަޑުކޮށްފަ ވެސް މީހުން އަރުވާ ބޭލެންޏާ ތިމާމެންނަށް އެ ނިމުނީ.. އިރާދަ ކުރެއްވިއްޔާ އަދި މި ގައުމު ތިޔަ ޓެކްސީ ޑުރައިވަރުންގެ އަޅުވެތި ކަމުން ސަލާމަތް ވާނެ.. ސަރުކާރުގެ ޓެކްސީ ތައާރަފު ވެގެން ދާނެ..

  5. މައިރާ

    މަ ހުވާ، މި ޚަބަރުގެ ސުރުހީ ފެނިފަވެސް މަ އުފަލުން. ހަމަ ތެދެއް. ހުވާ.

    15
    1
  6. އަހުމަދު މަނިކު

    ޓެކްސީ ކިއު ހަލާކު ކޮށްލީ އެމްއޭސީއެލް އިން. ފުލުހުންނާއި އެއްވެސް މަސަވަރާ އެއްނުކޮށް އެމްއޭސީއެލް ސިޔާސީ ބޭނުމައް މިދިޔަ 5 އަހރުގަ ކުރިކަންތަކުން. އެއވެސް ގައުމެއްގެ އެއަރޕޯޓް ގަ މިހާ އެތޭރޭގަ ޓެކްސީ ކިއުއެއް އޮތްތަނެއް ނުފެނޭ.

    9
    4
  7. ބޮރޭ

    ދުނިޔޭގެ އެހެންގައުމުތަކުގަވެސް ސަރުކާރުގެ ޓެކުސީ ކޯނަރުތަކެއް އެއަރޕޯޓުތަކުގަ ހުރޭ މިކަމުން ރަށްޔަތުންނަށް ވަރަށް ފައިދާކުރާނެ އުއްމީދަކީ ޕުރައިވެޓު ޓެކުސީތަކުގެ ބަދަލުގަ ސަރުކާރުގެ ޓެކުސީ އެއރޕޯޓުން ވަރަށް އަވަހަށްލިބުން ރައީސް ޑޮކުޓަރ މުއިއްޒުއަށް މިކަންވެދާނެ މިއީ ޔަގީންކަމެއް.

    18
    6
  8. ޗާޖް

    ޓެކްސީ އައް ފައިސާ ނަގަންވީ ވަކި ކައުންޓަރަކުން ބިލް ހަދާފަ ބިލް ޓެކްސީއައް ދެއްކީމަ އެޓެކްސީއަކަށް ފައިސާފަހުން ޖަމާކުރާގޮތައް. އެހެން ބައެއް ގައުމުތަކުގަ މިހިން ހުރޭ

  9. މިނިސްޓްރީ

    އެއާރޕޯރޓް ޓެކްސީ ކިއުގަ ހަމައެކަނި ޓެކްސީ އެކަންޏެއްނޫން އޮންނަންޖެހެނީ. ޕްރައިވެޓް ހަޔަރ ވެސް ކުރަނީ ހަމައެއްކަމެއް. އެމީހުންނަށްވެސް އެއްސަފެއްގަ އަންނަތަރުތީބުން ކިއުއަށް ވަދެވެން ޖެހޭނެ. އެ އޮންނަ ތަރުތީބަކުން ދަތުރު ދެވެންޖެހޭނެ ޓެކްސީއަކަސް ޕްރައިވެޓް ހަޔާއަކަސް. ތިބުނާހެން ބިދޭސީންނަށް ޓެކްސީކުރެވިގެންނުވާނެ.

  10. ނާށިގަނޑު

    އަޅުގަނޑަކީ ވެސް ޕްރައިވެޓް ކާރެއްގައި އަވަސް ރައިޑު އަޅައިގެން ޓެކްސީ ކުރާ މީހެއް މި ޓެކްސީ ޑުރައިވަރުން މީހުން އަތުން މާލޭ ދަތުރަކަށް 200 ވެސް ނަގާފަ އެބަހުރި މިކަން އެމީހުންނަކަށް ކުރިން ކުރާކަށް ނުކެރޭ ކުރެވޭނެ މަގު އޮތީ ބަންދު ވެފައި އެކަން އޭރު އެމީހުންނަށް ނުކުރެވުނީ އަވަސް ރައިޑު އަޅައިގެން ޓެކްސީ ކުރާ މީޙުންނަށް ކުރިން އެއާޕޯޓް ގައި ކިއުކައިރީ އަވަސް ރައިޑު ޕްރައިވެޓް ކާރުތަކަށް ވަކި ކިއު އެއް އޮވޭ އެހެންވީ މައި ވާގޮތަކީ އަގު އަހާލާއިރަށް ބޮޑުކޮށް ބުނާއިރަށް އަހަރުމެން އެމީހާ ނަގަން އެކަމަކު ފަހުން އެއާޕޯޓުން ޓެކްސީޑުރައިވަރުންގެ ޑިމާންޑު ކުރާތީ އަވަސްރައިޑު ތައް ކިއުގެ އެންމެ ފަހަތަށް ފޮނުވާލީ ޓކްސީ ކިއުއިން އެއްޗެއް ނެތިގެން އުޅޭއިރުވެސް ނުނެގޭނެ ގޮތް ހެދީ އެހިސާބުން ޓެކްސީ ޓްރައިވަރުންނަށް ރަސްކަން ލިބުނީ

  11. ޞައިބެ

    ތިޔައީ މިދިޔައަހަރު ޕްރައިވެޓް ކަރުތައް އެއަރޕޯޓުން ނެރެލާ ޓެކްސީޑްރައިވަރުން ގެ ތެރެއިން މަދު ބައެއް ތިޔަ ކިއު ކޮންޓްރޯލްނަގާ ތިމީހުން ހިންގާ ބޮޑުޖަރީމާ އެއް އެނަގަނީ ދަތުރަކަށް 500 ނުވަތަ 400 ސަތޭކަ ރުފިޔާ..

    1
    1
  12. ނަތާ

    ތީ ވަރަށް ރަނގަޅު ކަމެއް. ޓެކްސީ ޑުރައިވަރުން ރުފިޔާ ނަގަނީ އެމީހުން ހިތައް އެރި ވަރަކަށް އެއްޗެކޭ ބުނީމަ ހަޅޭފަޅޭ ލަވައިގަންނަނީ

    2
    1
  13. އަންމަޑޭ

    ކަލޭމެންނަށް މައްސަލަ ޖެއްސޭނީ އަަދި އަގުކަޑައަޅަން ގޮވަނީ ޓެކްސީގެ ހަމައެކަނީ މަތިންދާ ބޯޓުން ޕެސެންޖަރުންގެ ފީ ބޮޑުކުރީ ކާކުކައިރީގައި އަހާފަތަ އެއަށް ބޭނުންވަރަކަށް ލަގެޖް އެރުވޭތަ އަދި އިތުރުވާނަ އެއްފައިސާއެއް ނުނަގާތަ ؟

    1
    1
  14. އަންމަޑޭ،

    ކަލޭމެންނަށް މައްސަލަ ޖެއްސޭނީ އަަދި އަގުކަޑައަޅަން ގޮވަނީ ޓެކްސީގެ ހަމައެކަނީ މަތިންދާ ބޯޓުން ޕެސެންޖަރުންގެ ފީ ބޮޑުކުރީ ކާކުކައިރީގައި އަހާފަތަ އެއަށް ބޭނުންވަރަކަށް ލަގެޖް އެރުވޭތަ އަދި އިތުރުވާނަ އެއްފައިސާއެއް ނުނަގާތަ ؟

  15. Anonymous

    މިއަދު ވިޔަފާރި ވެރިން މުދާ އުފުލަންވެސް ހިތަން އެރިހާ އުޅަދެއް ގެންގުޅެ މުޅި މާލެ އެެއޮތީ ތޮއްޖެހި ހިގާބިގާވެ އުޅެންވެސް ދަތިވެފައި، ޓުރެފިކް ބޮޑުވެފައި ވަނީ މާލޭގެ ކޮޅުބެދިފައިވާ މަގުތަށް ގިނަކަމުން، މާލޭގެ މަގުތަކަށް ބަދަލް ގެންނަންޖެހޭ ކޮޅުބެދިފައިވާ މަގުތަށް ހުޅުވާލަންޖެހޭ،