ބޮލީވުޑުގެ މަޝްހޫރު ތަރި ކަމަށްވާ ދީޕިކާ ޕަޑްކޯން ބަނޑުބޮޑުވި ފަހުން ފުރަތަމަ ފަހަރަށް ފޮޓޯއެއް އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ދީޕީކާ ބަނޑުބޮޑުވި ފަހުން ގިނަ ބަޔަކު ތިބީ އޭނާގެ ފޮޓޯއެއް އާންމު ކުރާނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ. ނަމަވެސް މިއަދާއި ހަމައަށް އެފަދަ ފޮޓޯއެއް އޭނާ އާންމު ނުކުރެއެވެ. ފެނިގެން ދަނީ އާންމުންގެ މީހުން ނަގާފައިވާ ބައެއް ފޮޓޯތަކެވެ.

އިންސްޓަގްރާމްގައި ދީޕިކާ އާންމުކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ އޭނާ ވަރަށް އަލިގަދަ ރީނދޫ ކުލައިގެ ހެނދުމެއްގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެކެވެ.

ދީޕިކާއާއި ރަންވީރަށް އަލަތު ދަރިފުޅު ލިބޭކަން އިއުލާނު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެކަން އެމީހުން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

ރަންވީރާއި ދީޕިކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އެ ދެ ފަންނާނުންނަކީ ވަރަށް އުފާވެރި ދެމަފިރިން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެ ދެފަންނާނުންނަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފަންނާނުންކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަންމަދު

    މާބަޑުވީ ފޮޓޯތައް؟ ދީޕިކާއެއް ނޫން؟