އިންޑިއާގެ ރިޝިކޭޝްގެ އޭއައިމްސްގައި މަސައްކަތް ކުރަމުންދާ އަންހެން ޑޮކްޓަރަކަށް ޖިންސީ ގޯނާ ކުރި ނަރުހުންގެ އޮފިސަރަކު ހައްޔަރު ކުރަން ފުލުުހުންގެ ވެހިކަލެއް ހޮސްޕިޓަލުގެ އެތެރެއަށް ވަދެގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް، ތުހުމަތު ކުރެވޭ މީހާއާ މެދު ހަރުކަށި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

މި މަހުގެ 19 ވަނަ ދުވަހު އަންހެން ޑޮކްޓަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރުމަށް އުއްތަރަކާންދު ފުލުހުން ވަނީ ހޮސްޕިޓަލުގެ ވެއިޓިން އޭރިއާއަށް އެސްޔޫވީގައި ވަދެފައެވެ.

އެސްއެސްޕީ އަޖޭ ސިންގް ވިދާޅުވީ މެއި މަހުގެ 19 ވަނަ ދުވަހު ސަސްޕެންޑްކުރި ނާސިން އޮފިސަރެއްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެސްއެސްޕީ އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް ދައުވާ ކުރަން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއިމްސްގެ ރިޝިކޭޝްގެ ޑިރެކްޓަރު މީނޫ ސިންގް ވިދާޅުވީ، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ނަރުހުންގެ އޮފިސަރު ނަފްސާނީ ބައްޔެއް ހުރި ކަމަށް ބުނެ ވޯޑުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ.

"އަންހެން ޑޮކްޓަރަކަށް ޖިންސީ ގޯނާކުރީ. އެމީހާ އެޑްމިޓްކުރީ ނަފްސާނީ ބައްޔެއް ހުރުމުން ސައިކޭޓްރިކް ވޯޑުގައި. އޮޕަރޭޝަން ތިއޭޓަރުގައި އަންހެން ޑޮކްޓަރަކަށް ޖިންސީ ގޯނާ ކުރިއިރު، އެކަމާއި ހެދި ޑޮކްޓަރު ބޭނުންވީ ނާސިން އޮފިސަރަށް ވީއެންމެ އަވަހަކަށް އަދަބު ދިނުމަށް. އެ މައްސަަލައާ ގުޅިގެން މީހުން ގިނަވުމުގެ ސަބަބުން ފުލުހުން ވެހިކަލްގައި އެ ސަރަހައްދަށް ވަނީ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި މުޒާހަރާކޮށްފައި ވަނީ އޭނާއަށް އަވަސް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެފައެވެ. ހޮސްޕިޓަލުން ބުނާގޮތުގައި އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިންގަމް

    އިޓްސް ލައިކް އަ މޫވީ

    12
  2. އަހުމަދު

    އިންޑިއާގައި ފުލުންނާއި ކުޅެންނުއުޅޭތި!

    6
    1