ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނު އިރު، އެކަމަށް ތައްޔާރުވެފައި ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާ ދިރާސީ އަހަރެއް ފެށުމުން އެކަމަށް މިނިސްޓްރީން ތައްޔާރީތައް ވެފައި ނެތުމުން ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން ސްކޫލު ހުޅުވުނު އިރު ދަރިވަރުން ކިޔެވުމަށް ބޭނުންވާ ފޮތްތައް ހަމަނުވުމުގެ ޝަކުވާ ބެލެނިވެރިން ކުރަމުންދާ ކަމަށާއި، ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިކަމާ ނުރުހިގެން މީސް މީޑިއާޣައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް ލިބެމުން އަންނަ ކަަމަށް އެމްޑީޕީން ބުންޏެވެ.

" ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއް ނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅި ތަރުތީބަށް ނުހަނު ބޮޑެތި ގެއްލުން ލިބެމުން ދާކަން ހިތާމައާއެކު ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ، ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އެދެނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހަސަން

    އިންތިހާބުތަކަށް ރަނގަޅަށް ތައްޔާރުވިތަ؟

    56
    1
    • ހުސޭނުބޭ

      ލައްބަ! މުޅި ދައުލަތް ދަވާލައިގެން ތައްޔާރުވި. ރައްޔިތުން ބަލައިނުގަތީމާ ދެން ކޮންމެވެސް އެއްޗެއް ކިޔަންޖެހޭނެދޯ!

      16
      1
  2. ސަނައްޓޭ

    އަނގަ ނުޔަޅާ. ތީ ދިރާސީ އަހަރު ހަލާކުކޮށް އޮޅުވާލި ބަޔަކީ.

    69
    1
  3. ވިލް

    އެމްޑީޕީ ކޮސް ނުތަޅަ މަޑުން ތިބޭ

    53
    1
  4. ރޮޒީ

    ބުނަށްރަނގަޅުވާހަކައެއް، ހުރިހާ ތަނަކުން ފެއިލްވެފައިތިބި ބަޔަކު ދެންދައްކާނެ ވަހަކައެއްނެތް ރީތިގޮތުގަ މަޑުމަޑުން ތިބުން ބުއްދިވެރި، ކަލޭމެނަށް ވާހަކަދައްކާ ހަދާ މީހުންވެސް ވާހަކަ ދައްކަނީ މަޖުބޫރެވެގެން.

    59
    1
  5. އަޖައިބެއް

    އެމްޑީޕީ ސަރުކާރުގެ ފުރަތަމައަހަރު ތިބުނާ ފޮތަކާ ޓީޗަރުންވެސް ހަމަނުވެ. ތަނެއްއޮތިއްޔާ ބެހިގަންނާތި އަމިއްލަފކޮޅު ގުއި ނުފެންނާނެ.

  6. ރައްޔިތު މީހާ

    ވިއްސާރަ ޖޫން ޖުލައިތެރެއަށް ބޮޑުބަންދު ހަދާ ދިރާސީ އަހަރު ހަލާކުކޮށްލި ބަޔަކީ އެމްޑީޕީ... މިކަން އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރިޔަސް ރައްޔިތުންނަށް އެނގޭ...

  7. އަބްދޫ

    އެމްޑީޕީ ިން ވާހަކަ ނުދައްކާ އަހަރީ ޗުއްޓީ ޖޫންޖުލްއިގެ ގަދަ ވިއްސާރަތެރެއަށް ލީމަ އެއްވެސްކަމެއް ފުރިހަމަނުވާނެ، ކޮންމެ ކުއްޖަކީ ކޮންމެ އާއިލާއކީ ތަނަވަސް ބައެއްނޫން. ކަނޑުދަތުުރު ކުރަންޖެހޭ މީހުންރާއްޖެއަކު އަދި މަދެއްނޫން .ދަވްލަތުގެ ނަމުގަ ދަރަނިނަގައިގެން އެމްޑީޕީގައުޅޭ ވަކިބަޔަކު މުއްސަނދިވިޔަސް ި.އެހެންމީހުންތިބީ ދަތިހާލުގަ

  8. މުޙައްމަދު

    ނުރުހުއްޕާނެއްކަހަލަ ބައިގަނޑެމީ... އެންޑީޕީން ގައުމައްޖެއްސި ބަލާވެރިކަން ފިޅުވައިގެންދޯ އެހެންބަޔަކަށް ރަނގަޅު ވެރިކަމެއްކުރެވޭނީ.. މަޖިލީހުގެ ވެސް މެޖޯރިޓީ އޮންއިރު އުޅުނު ހަޑި ވައްތަރެއްދޯ ސަރުކާރައް ޖެއްސުން ކުރަން.. ސިޔާސީ ކަމަކައްވެސް ނުފުދޭ މިހާރު ތިބައިގަނޑު..

    10
  9. ބުއްދި

    މީހަކު ތިޕާޓީއަށް އިތުރު ވޭތޯ ބަލާލަ ބަލަ ހެޔޮނުވާނެ

    10
    1
  10. ޗަކޮއި

    ދޮން ރިހަ ޕާރޓި އަށް އެއްޗެއް ވިސްނިއްޖެ ކަމަށް ހީކުރަން.. ދެންވެސް އަނގަ ނާރުވާ ލިބުނު ބައްޔާއެކީ މަޑުން ތިބެބަލަ.. ބލ އެއްނުން..

    11
  11. ޕޮގުބާ

    އެމްޑީޕީ އަކީ ގައުގުމު ހަލާކުކޮއްލާ ގައުމުދަރުވާލާ ގައުމު އަޅުވެތިކޮށް ސްކޫލްތަކުގެ ކިޔެވުންހަލާކުކޮށް ސިޔާސީކަންކަމަތެރެއަށް ކިޔެވުންވެއްދި ޕާޓީ އެކަން ރަށްޔިތުންނަށް އެގެ އެމްޑީޕީގެ ވެރިންނަށް ނޭންގުނަކަސް އެކަމުގެ ހިތިނަތީޖާއަކީ މަޖިލިސް އިންތިހާބް ތޯޑުދޮށުން ދިއުން

    11
  12. އބ ޗރ

    ކޮބާތޯ ކިރުތައްޓާއި ދޮންކެޔޮވައް

    11
  13. އބޗރ

    ކޮބާތޯ ކިރުތައްޓާއި ދޮންކެޔޮވައް

    10
  14. މުހައްމަދު

    ބަލަ ތި ބައިގަޑަށް ސަރުކާރު ނުހިންގުނީމަ، ރައްޔިތުން ތި މީހުން ބުރަކަށީ އަށް އަޅާ ކޮއްޕާ ދުރަށްލީމަ ދެން ކޮން ވާހަކައެއް ދައްކާކަށްތަ؟ ދެންވެސް މަޑުން ތިެ ބަލަ! ރިޔާސީ އިންތިޚާބުގަ ބަލިވީމަ، ރައްޔިތުން މަޖްލީހުގަ ދީފަ އޮްތް ޣައުލަބިއްޔަތު ނަހަމަގޮތުގަ ބޭނުންހިފައިގެން ރައްޔިތުން ހޮވިސަރުކާރު ވައްޓަން ތެޅިގަތީމަ، ރައްޔިތުން ދިން ޖަވާބު ނުފެންނަނީތަ؟

    12
  15. ޢިލޫ

    އެމްޑީޕީ އަކީ މިހާރު ފެތިފައި އޮތް އޮޑިއަކަށް ކިޔާ ނަމެއް!

    15
  16. ޙެހެހ

    ތިބޭ ކަން އަންގާލީތަ ! މިއަދު އެމް.ޑީޕީ މިޤައުމާއިމެދު ކުރާނެ އެއްވެސް ޝަކުވާއެއް ނޯންނާނެ ، ރައްޔިތުން ތިޕާޓީއަށް ނުދޭ ބާރެއް ނޯންނާނެ ، އެކަމަކު ވެރިކަމުން ފައިބާ ކޮންމެ ފަހަރަކު ވައްކަން ކުރި އަޑުނޫން އަޑެއް ނީވޭ

    13
  17. ނާސްތާޕްރޮގްރާމް

    ދެންވެސް ރައްޔިތުން ކަލޭމެން ބަލައިގަންނާނީ އަނގަ ނުތަޅައި މަޑުންތިބިއްޔާ.

    10
  18. ސަންތި މަރިޔަނބު

    މޫސުމް ގޯސްވެގެން ބައެއް ރަށްތަކަށް ފޮތްތައް ނުލިބި ހުރެދާނެކަން ކަލޭމެންނަށް އެނގެންޖެހޭނެ. ކޮންމެހެން މިތާ ފިތުނަފަސާދަ އުފައްދަން އުޅޭނެކަމެއް ނެތް. ކަލޭމެންގެ ޗޯރު ސަރުކާރަށްވުރެ ގަދަޔަށް މިސަރުކާރުން ދިރާސީ އާއަހަރަށް ވަނީ ތައްޔާރުވެފަ. ކުރާނެ ކަމެއް ނެތިއްޔާ އަނބުތަޅަން ގޭގައި ތިބެބަލަ.

    12
  19. ވަނައިބޭ

    ތެދެއް ރަގަޅައްތައްޔާރުވީކަމައްވާނީ ސްކޫލްތަކުގައި އޮތް ބަޖެޓް ހުސްކޮއްލާ ދޮވެލީމް ނޫނީ ތިޖޫރިއެއް ހުރިއްޔާ އެވެސްގެއްލުނީމަ އޭރުން އެހެރީ ފުދޭވަރަކައް ތައްޔާރުވެފަ ދޯ ކަލޯ

    11
  20. ކުރަނގި

    އާކަމެއް ނޫން. ކޮންމެދިރާސީ އަހަރެއް ފެށުންވެސް މިގޮތް

    10
  21. މޮޔަސޮރު

    މިތާ އަނގަ ނުތަޅަ ތިބިނަ މާ ތާހިރު ވާނެ ! ދިރާސީ އާ އަހަރަށް ރަނގަޅަށް ތައްޔާރުވެފައި ނެތޭ ކިޔާފަ . އޭރުން އެމްޑީޕީ އޭ ކިޔާފަ ހުރިހާ އެއްމެން އައުގުރާނަ ނުގޮވާނެ ..

  22. ނަޒީރު

    އަނެއްހެން ގޯހެއްނޫނޭ މަޖިލިހަކާވެސް ސަރުކާރަކާވެސް ބެހިލާނެ ވަރެއްނެތް ކުރެވޭވަރު ކަމެއްތާ ކުރެވޭނީ ސަރުކާރުޖަވާބުދާރީ ކުރަން ވިޔަސް ވައްޓާލަން ވިޔަސް މެޖޯރިޓީ ހޯދަދޭށޭ ފައްޔާޒު ގޮވިކިތަޢްމެ ވަރަކައްވެސް ހެހެހެ ކީތް ކުރާނީދޯ މޑޕ ހާދަސައިޒްވެފައޭދޯ އެއޮތީ