މާލެ ސިޓީގެ މަގަކަށް "ފަލަސްތީނު ހިނގުން" ކިޔުމަށް އެ ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކަށް ކައުންސިލަރަކު ދެކޮޅު ހައްދަވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި އެއްވެސް ނަމެއް ނުކިޔާ ދެ މަގެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ތަނުން މަގަކަށް ނޫނީ އެ ނޫން ވެސް މަގަކަށް "ފަލަސްތީނު ހިނގުން" ކިޔަން ފެނޭތޯ ކައުންސިލް ބައްދަލުވުމަށް އޭނާ ހުށަހެޅުއްވިއެވެ.

ނަމަވެސް މައްޗަންގޮޅި އުތުރު ދާއިރާގެ ޕީޕީއެމް ކައުންސިލަރު ސައީދާ ރަޝާދު ވަނީ އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވައިފައެވެ. ސައީދާ ވިދާޅުވީ، ރާއްޖޭގެ އެންމެ މައި ނާރަކީ ޓޫރިޒަމް ކަމަށްވާއިރު، އެ ސިނާއަތަށް މިކަމުގެ ސަބަބުން ވަރަށް އަސަރު ކުރާނެ ކަމަށެވެ.

ސައީދާ އެކަމާ ދެކޮޅު ހެއްދެވި ނަމަވެސް ކައުންސިލް ބައްދަލުވުމުގައި އެ ހުށަހެޅުން ފާސްވިއެވެ.

އާޒިމް ވިދާޅުވީ އެ ނަން ކިޔާނެ ތަނާއި އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށާއި ނަން ކިޔާނީ ރަސްމިއްޔާތަކާ އެކުގައި ކަމަށެވެ.

އިސްރާއީލުން މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ދަނީ ބޮޑެތި ގަތުލުއާންމުތަކެއް ހިންގަމުންނެވެ. މި ގަތުލުއާންމުތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 35،000 އަށް ވުރެ މައްޗަށް އަރައިފައެވެ. މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 80،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ރެކިފުތާ

    ފަލަތީން ދެކެ އަހަރުމެން ވަރަށް ލޯބިވޭ އެހެންނަމަވެސް ދިވެހިންގެ ނަންތަކާއި ތަރިކަ ހިމާޔަތް ކުރަން އައި މިސަރުކާރުގަ ތިޔަފަދަ ކަމެއް ކުރާކަށް ނުފެނޭ.

    26
    34
    • އޖއ

      ޕީޕީއެމް ގެ ނިންމުން ނުވާނެ ކަލޭމެންނަށް ގޯހެއް

  2. މުހައްމަދު

    ޓޫރިޒަމްއައް އަސަރެއްކުރާނޭ ކިޔާ ދެން މިސްކިއްތަކުން ބަނގި ގޮވުންވެސް ހުއްޓާލުމައްވެސް ދައިތަގަނޑު އަނގަފާނެ.. މަގާމެއްލިބުނީމަ އުޅޭވައްތަރެއްދޯ..

    50
    16
  3. ގަދަކުޑޭ

    ކަލޭ އޮވޭ ރަޖާ ލާގެން ގޭގަ

    30
    6
  4. ައކކ

    މަގުތަކަށް ނަންދިނުމެއްނޫން މުހިއްމީ އިހްލާސްތެރި ކަމާއެކު ފަލަސްތީންގެ ރައްޔިތުންނަށް އެހީވުން މުހިއްމުކަމަކީ.

    46
    0
  5. ޕޕމ ސަޕޯޓަރެއް

    ސައީދާ ރަޝާދު ލަދެއް ނުގަނޭދޯ!! ކޮން އިރަކުންތަ ކައުންސިލަރުން އިންތިޚާބުއޮތީ؟ މިކަމަނާ ނޫން ގޮތެއް ހޯދައިގެން ދެން ކުރިއަށް ދެވެންއޮތީ! ނާ ފަހެ، ފިނޑިކަމުން ކަމެއް، މނފޤ ކަމުން ކަމެއް ނޭނގެ. އެކަމަކު މިވަރަށް ބިރުގަންނަ މީހަކު އެތައް ބައެއްގެ ޝުޢޫރުތަކާ ތިކުޅެލީ!!

    37
    11
  6. އައްނި

    ފަހުގެ ޖީލް ތަކައް ތިޔަކައުންސިލަރ ތިޔަދެއްކެވީ ނަމޫނާއެއް މީ މަގޭ ރާއްގެ މިތަނައްކިޔާނީ ދިވެހިންގެ އަމިއްލަވަންތަނަމެއް މުސްތަގުބަލްގަ ތިޔަނަމާގޯޅިއާ މީހުނާ ވަކިބަޔަކު ބައްދަފާނެ ތިނަންނުކިޔާ ،،،،

    10
    26
  7. ޖާބެ

    މޭޔަރު ސްޓަންޓް ޖައްސަނީދޯ ، ދިވެހިން އެހެން ގައުމުތަކުގެ ނަންނަން މަގުތަކަށާ ، ރައްތަކައް ދިނުމަކީ ދިވެހި ވަންތަކަން ގެއްލޭނެ ކަމެއް، ފަލަސްތީނައް ހްދަރުދީވުމަކީ ވަކިކަމެއް، މިގައުމުގެ އޮރިޖިން އެއީ ތަރިކަ އައިޑެންޓެޓީ ، ޓުއަރިޒަމްއާ އަޅުވާ ކިޔުމަކީ ދައުލަތެއްގެ އަސާސްތަކާ، އުސޫލްތަކާ ، ކަންކަން ނޭންގުން "ރޯނު އެދުރުން ހުސް"

    14
    19
  8. އެއީ ބޮޑުފާފައެއް ތަ؟

    ފޮޓޯ އާއިއެކު ޖަހައި ޢާއްމު ކުރުމުން ހީވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގައިގެން އުޅޭހެންނެވެ. ކައުންސިލްގައި ކުރެވުނު މަޝްވަރާއަށް އޭނަޔަށް ފެންނަގޮތް ސަބަބާއިއެކު ހުށަހެޅުމަކީ މައްސަލައެއް ނޫނެވެ.

    44
    12
    • އާން

      ޓޮމް އެންޑް ޖެރީ ފޮޓޯ ތޯ ޖަހަންވީ

  9. މޮޔަ

    މިހާރުން މިހާރައް ތި އަންހެނާގޭ ދޮށައްއެތްވެ އިސްތިއުފާއައް ގޮވަންވީ ހާވނ

    16
    20
  10. ިސސެ

    ސައީދާ ތީއަނެއްކާ...........؟

    7
    7
  11. ބޯހަލާކް

    ކައުންސިލަރުންގެ ބައްދަލުވުންތަކުގައި ބަހުސްކޮށް ވާހަކަ ދެކެވެން ޖެހޭނެ. އެ މެންބަރަކަށް ފެންނަ އެއްޗެއް ދާިނާއި ރާއްޖޭގެ ޤާނޫނާއިޤަވައިދުގެ ހުދޫދުގެ ތެރެއިން މިނިވަންކަމާއިއެކު ބުނުމުގެ ހައްޤު ކޮންމެ ކައުންސިލަރަކަށްވެސް އޮންނަންވާނެ. ތިމާ ނުރުހޭ ބަހެއް ނުވަތަ ހިޔާލެއް މެންބަރަކު ފާޅުކުރުމަކީ އޭނާގެ ފޮޓޯ ނޫސްތަކުގަ ޖަހާ ބަދުނާމް ކުރަންޖެހޭ ކަމެއްނޫން.

    30
    9
  12. ސަމީ

    ބިންޔާމީން ނަތަންޔާހޫ ކިޔަންވީ މީނަ އުޅޭ ގޭ ގެ މަގަށް އޭރުން ވަރަށް ގިނަ ފަތުރު ވެރިނ\ް އަންނާނެ، ކޮބާ ލަދު ކުޑަކުދިންނާ އަންހެނުން މަރަމުން ދާ އިރު އަދި ނުވިތާކަށް ގެންދާ ކާއެތިކޮޅު ހަލާކުރާ އިރު އަހަރެމެން މިވަރު ކަމެއް ވެސް ކޮށްލަން ބައެއް ދިވެހިން .... ދުނިޔެ އެދުނަސް ތީ ބޮޑު ވަރު ލަދު ކޮބާ

    18
    7
  13. އާދަނާ

    ފަލަސްތީނު މިނަމަކީ ޔަހޫދިން ދުނިޔެއިން ފޮހެލަން އުޅޭނަމެއް، މިނަން ދިރުވާ އާކުރަން ކޮންމެ މުސްލިމަކު މަސައްކަތްކުރަން ޖެހޭ!

    27
    6
  14. ހުސެން

    މިރާއްޖޭގަ ވެސް މަދުންނަމަވެސް އުޅޭ ޢާޚިރަތައް ވުރެންބޮޑައް ދުނިޔޭގެ ފައީދާއައް ވިސްނާމީހުން ތިވެސް އިންސާނިއްޔަތައް ކުލުނެއް ވެސް ނެތް މީހެއް

    21
    6
  15. ހަންޑިކުޑަ

    ސަޢީދާ ރަޝާދަކީ އަނެއްކާ އިޒްރޭލަށް ތާއީދު ކުރާ މަންޖެއަކަށް ވުމުން ފަހަރެއްގާ ތި ކަމުގައި ދެކޮލު ހެދުން އެކަށީގެންވޭ! މި ސަރުކާރުންވެސް އިޒްރޭލު ރައްޔިތުން އައުމަކަށް މަނައެއް ނުކުރޭނު! އަދި އިޒްރޭލުގެ ޕާސްޕޯރޓް ވެސް ބޭން ކުރާކަށް ނޫލެއެންނު!

  16. ޒާ

    ސައީދާގެ ނާރަށްހެން ހީވަނީ އަސަރެއްކުރާނީ. އޭނާއަކީ އަހަރެމެންގެ ތެރެއިންވާ މީހެއްނޫން. މުނާފިގުންނަކީ ހުރިހާ ޒަމާނެއްގާވެސް އުޅޭބައެއް.

  17. މާލެ

    މަގު ތަކަށް ނަން ދޭއިރު ކިތައް މަގުގަ ނަން ބޯޑު ޖަހާފަ ހުރީ. ކޮންމެ މަގެއްގަ ރަގަޅަށް އެގޭ ގޮތަށޤ ނަން ބޯޑު އަވަށާ އެކު ޖަހަން ޖެހެ. އޭރުން އަވަށްތައް ނިމޭ ހިސާބާ ފެށޭ ހިސާބުވެސް އެގޭނެ.

  18. ކޮރަލް

    މިއީ 100 ޕަސެންޓް މުސްލިމް މިނިވަން ގައުމެކެވެ.

  19. Anonymous

    ފަލަސްތީން، ގެ ނަން ކުރިޔަށް ލައިގެން ވަރަށް ގިނަ ޤައުމުތަކުގައި މަގުތަކާއި ސުކޫލް ތަކާއި މިސްކިތް ތަކަށް ނަންކިޔާފަ އެބަހުރި، އެޤައުމުތަކުގެ ޓޫރިޒަމް ދަށަކަށްނުދޭ ފަތުރުވެރިންވެސް ހަމަ އާދޭ، އެޤައުމެއްގެ މަގަކަށް ނަންކިޔުމަކީ އެޤައުމެއްގެ ދާހިލީކަމެއް އެހެން ބަޔަކާއި ބެހޭކަމެއްނޫން !

  20. Anonymous

    މިހިނދުން މިހިނދަށް ސައީދާގެ ނަން ބަދަލުކުރަންވީ ނަތަންޔާހޫ ގެ ނަމަށް. ދެން އަހަރެމެން ސައީދާއަށް ކިިޔާނީ ނަތިންޔާހޫ.

  21. ބޯހަރު

    އޭނަގެ ފޮޓޯ ޖަހާ އޭނަ ނުރައްކަލަކަށް ކުރިމަތި ތިކުރުވީ..

  22. ޥައްޑޭ

    ތިއަންހެންމީޙާގޭހުންނަމަގައްކިޔަންވީފަލަސްތީނުމަގު