ރާއްޖޭގައި އާބާދީ އިިތުރު ކުރަން ސަރުކާރުން ހާއްސަ އެލަވެންސްއެއް ތައާަރަފް ކުރަން ޖެހިފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީސް ޖަލްސާގައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް ދަނީ ދަށަށެވެ. ރާއްޖޭގެ އާބާދީގައި ކުޑަކުދިން ހިމެނޭ ނިސްބަތް ދަނީ ދަށަށް ކަަމަށާއި އުމުރުން 14 އަހަރު ނުފުރޭ ކުދިންގެ ނިސްބަތް 2014 ވަނަ އަހަރު ހުރީ %28 ގައި ހުރިިއިރު، 2022 ވަނަ އަހަރާއި ހަމައަށް އައިއިރުގައި އޭގެ އިންސައްތަ %26 އަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެއެއްގެ ދިރިއުޅޭ އާއިލާގެ ސައިޒް ރާއްޖޭގައި ދަނީ ކުޑަވަމުން، 2014 ވަނަ 5.2، 2022 ވަނަ އަހަރު 4.7. އޭގެ މާނައަކީ ރާއްޖޭގެ އާބާދީ، އިގްތިސޯދީ ގޮތުން ކުރިއަރަމުންދާ ގޮތަށް ގްރޯވަމުން ނުދޭ، މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް،".

އޭނާ ވިދާޅުވީ، އާއިލާތަކުގެ ސައިޒްތައް ކުޑަވުމުގެ މައިގަނޑު މަގްސަދަކީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުުވުމާއި، މާލެ އަށް ތޮއްޖެހުމާއި، މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތުން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މިހާރު ރާއްޖޭގައި މި އޮތީ ޔުނިވާސަލް ޗައިލްޑް ބެނިފިޓް އެލަވެންސް ތައާަރަފް ކުރަން ޖެހިފައޭ. ހަމައެކަނި އެކަނިވެރި މައިންނަށް ދެވޭ ލެލަވަންސް އެބަ ޖެހޭ އިސްލާހުކޮށް ރީފޯމް ކުރަން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެކަނިވެރިން މައިން ކަމުގައި ނުވިޔަސް، ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ވިޔަސް، އެ ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތަށް ބަލާ އެ މީހުންނަށް އެބަ ޖެހެއޭ ދަރިފުޅު ބެލެހެއްޓުމަށްޓަކައި އެލަވެންސް ލިބޭނެ މަގެއް ތަނަަވަސް ކުރަން، އެ ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް މަތި ކުރެވޭކަށް،" ސަލީމް ވިދާޅުވިއެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ސައްލެ
--
ފޮޓޯ: މަޖިލީސް

ސަލީމް ވިދާޅުވީ، ބޭރު މީހުން ރާއްޖޭގެ ވަޒީފާތަަކަށް ގެނައުމުގެ ވާހަކަ ދައްކާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި މި ވާހަކަދައްކާއިރު ހަގީގީ މައްސަލައަށް ފުންކޮށް ވިސްނަން ޖެހޭ ކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ދިމާވެގެން އުޅޭ މައްސަލައަކީ އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ކުރިއަށްދާ މިންވަރަށް، ރާއްޖެއިން ދިވެހިން ވަޒީފާތަަކަށް ނުލިބުން ނުވަތަ ނުނިކުތުން ކަމަށެވެ.

"ވަަރަށް ސާފްކޮށް ފެންނަން އޮތް އެއް ކަމަކީ ބައެއް ވަޒީފާތަަކަށް ދިވެހިން ޝައުގުވެރި ނުވުން، ދިވެހިން ޝައުގުވެރި ކުރުވުމަށްޓަކައިވެސް އަޅުގަނޑުމެން ބައެއް ކަންކަން ނުކޮށް އޮތުން، ދިވެހިންނާއި ބޭރު މީހުންނާއި ދެމެދުގައި އެއް ވަޒީފާއެއްގައި އެއް ބާވަތެއްގެ ވަޒީފާގައި އުޅުނު ކަމުގައިވިޔަސް ވަރަށް ބޮޑެތި ތަފާތު ކުރުންތައް އެބަ ހުރި، ޗުއްޓީއަށް ދިއުމުގައި މިސާލަކަށް ބޭރު މީހަކަށް ވިއްޔާ ޓިކެޓް ލިބޭނެ، އެހެން ނަަމަވެސް އެއީ އަމިއްލައަށް އިންތިޒާމް ކުރަން ޖެހޭ ކަމެއް،". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ހަމަހަމަ ކަމާއި އިންސާފު ހޯދައި ދޭވެނެ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ %26 އަކީ ބިދޭސީން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، 30-40 އަހަރާއި ދެމެދުގެ މީހުންނަކީ އާއްމުކޮށް ވަޒީފާގައި މީހުން އުޅޭ އުމުރަށްވާއިރު، އެ އުމުރު ފުރާގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ ނިސްބަތް މަތިކަން ތަފާސްހިސާބުތަކުން ދައްކާ ކަަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ މައިގަނޑު ހުރިހާ ދާއިރާއެއްގައިވެސް ބިދޭސީން ގިނަވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސާމް

    އާބާދީ އިތުރުވާނެ ބޭނުންނެތި ސިޒޭރިއަން ހެދުން ހުއްޓާލާފަ ފަސޭހައިން ގެދޮރު ގަނެވޭނެ ފައިނޭންސިން ސުކީމްތަށް ތައާރަފްކޮއްފައި ކުލި ކޮންޓުރޯލް ކުރީމަ. ދިވެހިން ދަރީން ގިނަ ނުކުރަނީ ދިރިއުޅުމުގެ ޚަރަދު ބޮޑުވެފަ ގަނަތެޅެންޖެހޭތީ.

    12
  2. ބަބޫ

    ހަމަ ޖެހޭވާހަކަ ދައްކަބަލަ. މިއުޅެނީ ބޯހިޔާވަހިކަމެއް ނުލިބިގެން. ތަރައްގީވެ ހޭލުންތެރި މުޖުތަމައުއެއް އައުމުން ދިރުއުޅުމުގެ ހާލަތާމެދު ވިސްނާފަ އެއްކުއްޖަކަށްވުރެ ގިނަ ދަރިން ނުހޯދަންވެސް ބައެއްމީހުން އެބަ އުޅޭ. ހުރިހާ ވެރިކަމަކުންވެސް ފެނިގެން މިދަނީ ރައްޔިތުންގެ ބޯހިޔާވެހިކަމުން ކުރީ ސަރުކާރަށް ޖެއްސުން ކުރާތަން. މިހާރު މިހިނގާ ސަރުކާރުންވެސް ދިފަ ހުރި އެގްރީމެންޓް ސޮއިކޮށްފަ ހުރި ފްލެޓްތަކެއް ހިފަހައްޓައިގެން ކުރީސަރުކާރު ކުއްވެރި ކުރުމުގަ މިދަނީ. ދައުރު ނިމޭއިރު ބޯހިޔާވަހެކަން ނުލިބޭ އެކަކުވެސް ނުހުންނާނެޔޭބުނެ ވީވައުދު ނުވާނެޔޭ ނުބުނެ 5 އަހަރު ނިމިގެންދާނެކަން ޔަގީން. މިހާރު ނޭޅި ބިންގަލަކުން މި 5 އަހަރު އަޅައި ނިމޭނެ ފްލެޓެއް ނެތް. ސަރުކަަރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތް ދިނުމުގައި ފެއިލް ވެފަ ވާކަން މިދައްކަނީ

    4
    1
  3. ޙެހެހ

    މިމީހުން މީ ދިވެހިންނަށް ފުރައްސާރަކުރާ ބައެއްތޯ ނޫނީ ހެޔޮނިޔަތެއް އޮތްބައެއްތޯ !
    އާބާދީތޯމަދުވެގެން މިއުޅެނީ ، ހުރިހާ ކަމެއްވެސް ގުޅިފައިވަނީ ގެދޮރުވެރިކަމާ ، އަމިއްލަ ފަސްގަނޑުގައި ޒަވާޖީ ހަޔާތް ފަށައިގެން ބޯހިޔާވަހިކަމުގެ އެއްވެސް ތަންކޮޅެއްނެތް ކިތަން އާއިލާ އެބަތިބި ، ލިބޭފައިސާކޮޅުން ކުލިދައްކާފަ ދެން ކިހިނެއްތޯ ދަރިން ހޯދާގެން ދިރިއުޅެނީ ، އުޅެވިދާނެ އެކަމަކު އެދަރިން ހަމަ އެކަނި ގެންގުޅުނަސް ނުވާނެ ، ރަނގަޅު ތަރުބިއްޔަތެއްނެތި ބޮޑެތިކުރަން ޖެހެނީ ، ދެމަފިރިން ވަޒީފާއަށް ގޮސްގެންނޫނީ ދިރިހުރެވޭވަރަށް ފައިސާއެއް ނުލިބޭ ، ވަޒީފާ ދާއިރު ދަރިން ގޭގައި ބައިތިއްބަންޖެހެނީ ޓީވީ އާއި ފޯނު ދީފަ ، މީތޯ ދިރިއުޅުމަކީ ، މިޤައުމުގެ މުއްސަނދިން ބިންތަކާއި ފްލެޓްތައް ޖަހާގަނެގެން އެއުޅެނީ ، ނިކަމެތިން މިތިބީ އަމިއްލަ ޤައުމުގަ ބިމުކުލިދައްކާގެން ، މިވާހަކަ ދައްކަބަލަ

  4. Anonymous

    ހަލީފާ އުމަރުގެ ފާނެ އުފަންވާ ކޮންމެ ކުއްޖަކަށް ބައިތުލްމާލުން އެލެވެންސު ދެއްވި، އެއީ ނަމޫނާ ހަލީފާ އަދުލުވެރި ހަލީފާ !

  5. ޢަޒްރާ

    ކަލޯ ސަލީމް ތިގޮނޑީގަ ކިތަންއަހަރު ހޭދަވީތޯ؟މިހާރު މޮޔަގޮވަނީތޯ؟

  6. ށުނީޓާ

    ފިރިހެނުން ފިރިހެނުންނާ ހިތާވެގެން އުޅުނީމަ އާބާދީ ދަށްވަނީ

    11
  7. މާޒީ

    ރާއްޖޭގެ އާބާދީ އިތުރުވާނީ އަންހެނުން ވަޒީފާއަށް ނުނެރެ ގޭގައި ދަރިން ބަލަން ތިއްބައިގެން އަޅުގަނޑަށް ގަބޫލު ކުރެވޭ. ގިނަ މީހުންދަރިން ނުހޯދަނީ ދަރިން ބެލޭނެގޮތެއް ނެތިގެން. އެހެން ވީމާ ސަރުކާރުންވ ެސް އަންހެނުންނަށް ވަޒީފާގެ ފުރުޞަތު ފުޅާ ނުކުރައްވާ ގޭގައި ފިބެ ޭނެ އިންތިޒާމެއް ހަމަޖައްސަވަލަ ދެއްވުން އެދެން. އޭރުން ރާއްޖޭގެ އާބާދީ އިތުރުވެގެން ދާނެކަމަށް އުއްމީދުކުރަން.

    3
    3
  8. ހުސްވައުދު

    ދަރިން އުފައްދާ މެސިންތަކެއް ހޯދަންވީ، ކޮންމެ ފިރިހެނަކު 4 މީހުންނާ އިންނަން އެލަވަންސް ދޭންވީ!

    8
    1
  9. އެޑްމުންޑޯ

    ސަލީމުގެ ކިތައް ބޭފުޅުން ތިއްބަވާތޯ ؟؟؟؟

  10. ނުރަބޯ

    އަޅެ ކަލޭމެން ގަމާރީތަ. ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތިއްޔާ ކިހިނެއްތަ 10-12 ދަރިން ހޯދާނީ. 1 ކޮޓަރީގަ ހުރިހާ އެންމެން ދިރިއުޅުން ހަމަޖައްސާނެގޮތެއް ފުރަތަމަ ކިޔާދީބަލަ. އާބާދީ އިތުރު ނުވަނީ ދަރިންގޮވައިގެން ދިރިއުޅޭނެތަނެއް ނެތީމަ. ދިރިއުޅުމުގެ އަގުތައްް ހުރީ އަތްނުފޯރާފަށަށް ގޮސްފަ. ރާއްޖެތެރޭ ރަށަކުން ގެވަޅެއް ލިބެނީކީ ނޫން. މައިންބަފައިން ގެއިން ބަހާފަ ނުލިބޭ 1 ކޮޓަރި ހަދާލެވޭވަރު ތަންކޮޅެއްވެސް. ދެން މާލެއިން ކުއްޔަށް އުޅެން ދާން މިޖެހެނީ. ކުލިދައްކާފަ 1 ކުއްޖަކަށް ހަރަދުވެސް ސަލާމަތްނުވެފަ މިއޮންނަނީ. ދެން އިތުރު ދަރިން ހޯދާނީ ކިހިނެއް.

  11. ޖުލައި

    މީނަ އުޅެނީ މީހަކާ އިނދެގެންތަ. ކިތައް ދަރިން. އެބަތިބި.. ކަލޯވެސް ވީވަރެއް ކޮށްބަލަ.

  12. ސައިނީސް

    ބޯ ތަލަވާ ދިވެހިންނަށް އިސްތަށި އިންދުމަށް އާސަންދަ މަހަޖައްސަން ގޮވާލަން

  13. ވަރަށް ސާފު

    އަންހެންވެރިން މަގުމައްޗަށް ނެރުން ގިނަ ކުރާ ވަރަކަށް އާބާދީ ދާނީ ދަށް ވަމުން. ވަރަށް ސާފު. އެލަވަންސް ޖީބު ފުރާ ދިނަސް ހައްލެއް ނެތް.

    6
    1
  14. ހެ

    އެންމެ ކަމެއް ރަނގަޅު ކޮށްލަންވީ، އަހަރެމެންގެ ކަނބަލުން ތައްކޮޅެއް ބޮޑަށްވިސްނެންވީ، ފުއްދުންތެރިކައް ހުރިންޔާ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރުމުގައި ހުރަސްނާޅަންވީ.

    5
    1
  15. ޖުހާ

    ސަލީމް ބުންޏަސް ތީ 100ގެ ވާހަކައެއް. ރައްޔިތުންގެ މަޖްލީހުގެ ދައުރެއް ފުރިހަމަކޮއްފިއްޔާ އުމުރަށް ލިބޭ އިނާޔަތް އޮވޭ. ރައީސްކަން ކޮށްފިއްޔާ ދައުރެއް ނިމުނީމަ ލިބޭ އިނާޔަތް އޮވޭ. އކަމަކު އެމީހުން މިހޮވަނީ ރައްޔިތުން ވޯޓުލާންނުކުމެ ދޭ ވޯޓަކުން. ވޯޓުލާމީހުންނަށްވެސް އެމީހަކު ވޯޓުލާތީ އެލަވަންސެއް އޮންނަންޖެހޭކަމަށް ދެކެން. ރައްޔިތުން ވަޒީފާތަކުގަ އާންމުރައްޔިތުންނަށް ހިދުމަތްކުރަން 20 އަޖަރު 40 އަހަރު ހޭދަކުރާއިރު ސަރުކާރަކަށް އެކޮށްދޭ ހިދުމަތުގެ އަގެއްނުއޮވޭ. ވަޒީފާގަ ހުރެގެން ލިބޭ ފައިސާކޮޅުންވެސް އެބައި ޕެންޝަންފަންޑޭކިޔައިގެން އަތުލައިގެން އޭގެން ވިޔަފާރިކޮށް މަންފާހޯދަނީ ސަރުކާރުން. މިސްކުޅިވީމަ ގެއަށްފޮނުވާލަނީ ފަންޑުގަހުރި ފައިސާކޮޅުވެސް ބޭނުމެއްހިފޭގޮތަކަށް ދުލެއްނުކުރޭ. ސަރުކާރަށް ހިދުމަތްކުރަނީ ރައީސުންނާއި މަޖުލީހުގެ މެންބަރުން އެެކަނިތޯ؟ އޭގެން ކޮންމެމީހަކު 5 އަހަރުގެ ދައުރެއް ފުރިހަމަކޮށްފަ ނުކުންނައިރު ތިބެނީ ބޮޑެތި ވިޔަފާރިވެރިންނަށްވެ މުއްސަނދި މަހުޖަނުންނަށްވެ ނިމިފަ. މީ ހަމަ އެންމެރަނގަޅުގޮތްތޯ؟ މީހަމަ އާންމު ރައްޔިތުމީހާއަށް ހައްގުމިންވަރުތޯ...!!!!

  16. ހުރަފާ

    ވަންނާނެ ދޮރެއް ހުންނާތީ ގެދޮރަކަށް ނުވާނެ. މީ މައްސަލަ.

  17. ޢަލީ

    އެއްވެސްމީހަކު ދަރިންގިނަވީމައި އެކުދިންނަށް ކާންނުދެވިދާނެޔޭހިތައި ބިރުގަންނާނެކަމެއް ނެތް! ﷲ އަކީ ރާޒިގްކަން ގަބޫލުނުކުރާމީހުން ކުރާކަމެއްއެއީ!

  18. ކޮރަލް

    މަސާޖް ޕާލާ ގެ ނަމުގަ ހުރި ނާސިގެ ތަކަށް ދާމީހުންގިނަ އެވެ. ދެން ގެއަށް އައިސް ކުރާނެކަމެއް ނޯންނާނެ އެވެ.

  19. ހުސޭނުބޭ

    އަހަރެންނަށް އެނގިފައިވާގޮތުގައި އެކަނިވެރި މައިންނަށްދޭ އެލަވަންސް މިހާރު ޤަވާއިދުން ދޭތީވެ އެކަން ކުރާ މީހުން ނުވިހާން ތިބި މީހުންނަށްވެސް ވާވަރަށް މިހާރު އެބަ ވިހާ!

  20. ސަތޭކަ އެކާވީސް

    4 ކުދިން ގޮވައިގެން މާލޭގައި މިއުޅެނީ. މާލޭގައި އުޅޭތާ 25 އަހަރުވަނީ. ޢެތަށްފަހަރަކު ފްލެޓަށްލައިގެންވެސއ އަދި ނުލިބޭ. ކުދިން ގިނަވެ ދުވަސްވީ ވަރަކަށް ލިބޭ ޕޮއިންޓްވަނީ މަދު. އާބާދީ އިތުރުކޮށްގެންގެން އަދި އުޅެންމިޖެހެނީ ވަރަށް ދަތީގައި.