އިންޑިއާގެ ކަނޑުމަތީ ސިފައިން އަރަބި ކަނޑުގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 86 ކިލޯގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ހައްޔަރުކޮށްފިއެވެ. އެ މަސްތުވާކެތީގެ މަގުމަތީ އަގު 600 ކްރޯޑް ރުޕީސްއަށް އަރައެވެ.

އެ ބޯޓަކީ ޕާކިސްތާނަށް ނިސްބަތްވާ ބޯޓެވެ. އިންޑިއާގެ ކޯސްޓްގާޑުން މިއަދު ހުއްޓުވި އެ ބޯޓަކީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯސްޓްގާޑުން، އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކާއި ދެކޮޅަށް ހިންގި މި އަޮޕަރޭޝަންގައި ޕާކިސްތާނަށް ނިސްބަތްވާ 14 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

މި އޮޕަރޭޝަންގައި ހަރަކާތްތެރިވި އެންމެ މުހިންމު އެއް އުޅަނދަކީ އެންސީބީ އާއި އޭޓީއެސްގެ އޮފިޝަލުން ތިބި ކޯސްޓްގާޑް ޝިޕް ރާޖްރަތަންއެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބޯޓު އަތުލައިގަތުމުން ސަލާމަތްވާން މަސައްކަތް ކޮށްފައިވާ ކަން ހާމަކޮށް އިންޑިއާގެ މީޑިއާތަކުން ބުނީ އެ ބޯޓު ކާމިޔާބުކަމާއެކު ދެނެގަނެ، އެ ބޯޓު ހުއްޓުވި ކަމަށެވެ.

އަދި ހާއްސަ ޓީމަކުން ވަނީ އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަން ކަށަވަރުކޮށް ވަރަށް ރަނގަޅަށް ބަލައި ފާސް ކުރި ކަަމަށްވެސް ބުނެފައި ވެއެވެ.

އަތުލައިގަތް ޕާކިސްތާނުގެ ބޯޓާއި އެ ބޯޓުގެ ފަޅުވެރިން އިތުރަށް ތަހުގީގަށް ޕޯރްބަންދާރަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.