ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ގޮތުން އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓްތައް ލިބޭ ފަރާތްތަކުން އެތަން ތަން ކުއްޔަށް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ސިފްކޯ ފްލެޓްތައް ލިބިފައިވާ ބައެއް ފަރާތްތަކުން އެތަން ކުއްޔަށް ދެމުންދާ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެ ފްލެޓްތަކުގެ އެއްބަސްވުމުގައިވާ ގޮތުން އެތަން ލިބުނު ފަރާތްތަކަށް އިތުރު އެހެން ފަރާތަކަށް ކުއްޔަކަށް ނުދެވޭނެއެވެ.

މި މައްސަލައާއި ގުޅިގެން އެންއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ފްލެޓްގެ އެޕާޓްމެންޓައް ކުއްޔަށް ދެމުންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެއްބަސްވުމާއި ހިލާފަތް އެގޮތަށް ކަންތައް ނުކުރުމަށް އެ ފަރާތްތަށް އަންގާފައިވާނެ ކަމަށެވެ.

ސިފައިންގޭގެ ފަރާތުން އެންގި އެ އެންގުމަށް އިހްތިރާމް ނުކޮށް ކުއްޔަށް ދެމުންދާނަމަ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިންގާއެޅުނު "ސިފްކޯ ހިޔާ" ގެ މަޝްރޫއުއަކީ، ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި، ސިފައިންގެ އެތައް އާއިލާތަކެއްގެ އުންމީދުތަކާ ގުޅިފައި އޮތް ހުވަފެނީ މަޝްރޫއުއެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އަލޮމް މިއާ

    މީ ހަމަ ފްލެޓް ލިބުން ހައްގުވެރި މީހުންތޯ ސިފައިން އަދި ފުލުހުންގެ ތެރެއިން
    މިކަން ހުއްޓުވަން ވެއްޖެއެއްނުން
    ވިނަރެސްއަށް ބަލާލިއަސް، 22000 ނޫނީ 24000ރ އަށް ތަން ކުއްޔަށް ދޫކޮށްފަ އެތަނުން ލިބޭ ފައިސާއިން 7000ރ އެޗްޑީސީއަށް ދައްކާފަ ބާކީ ޖީބަށް
    މީ ހަމަ ސަރުކާރުން ބައެއް މީހުންނަށް ވިޔަފާރިކުރަން ދީފަ ހުރި ތަންތަންތަ؟

    45
    3
    • އޮޅުވާލި

      ސިފްކޯ ހިޔާ އަކީ ހައްގުނޫންގޮތުގާ ބޮޑް އޮޅުވާލުމުގެ ތެރެއިން ބަހާލި ފުޅެޓްތަކެއް ފުލެޓް ފޯމުގަ ވަރައްސާފް ކޮށް ލިޔެފަ އޮންނާނެ އެއްބުރުން އެޑްވާންސް ލާރިނުދެއްކޭނަމަ ފުލެޓް ނުލިބޭނެ ކަމަށް ފޯމު ހުށައަޅާ ނިމުމައްފަހު ކުއްލިއަކަށް ސިފްކޯއިން ލޯނު ދެއްކޭގޮތަށް ހަމަޖައްސާ ސިފައިންގޭގައި 5 އަހަރުނުވާ އެތަައް ބަޔަކަށް ފުލެޓްލިބިގެން ދިޔައީ ފޯމުލުމުގެ ކުރިން އޮންނަން ޖެހޭނެ ލޯނު ހަމަޖައްސަަދޭނީ ސިފްކޯއިންކަމަށް އިނގެންޖެހޭނެ ކީއްކުރަން ފޯމުގަ 1ބުރުން 2ބުރުން އެޑްވާންސް ދައްކާގޮތަށް އޮތީ ހުރިހާއެންމެންވެސް އެޑްވާންސް ލޯނުދެއްކީ އެއް 1 އެޕާޓް މަންޓަށްވާވަރަށް ފަހުން ކަންނިމުނުއިރު ބޮޑެތިމީހުންނަށް ލަގުޒަރީ އެޕާޓް މަންޓް ސީދަ މިކަން އެބަޖެހޭ އޭންޓިކަރެކްސަން އިން ވަރަށްބޮޑް ތަހުގީގެއްކުރަން ހައްގުވެރިންނަށް އެމީހުންގެ
      ހައްގުތަށް ހޯދޭން

  2. ވަލި ކުދުރަހާ

    ވަރައް ރަނގަޅު ނިންމުމެއް

    36
    0
  3. Anonymous

    އެއްކަމެއްވެސް ނުވާނެ. ފޮނުއަރުވައަރުވަ ތިބެން ޖެހޭނީ.

    29
    4
  4. ޢުތީމު ތަކުރު

    މިހާރުވެސް ކުއްޔަށްދީފަހުރީ ފިޔަވަޅެއްވެސް ނޭޅޭނެ މިތިބީ ބަލަން

    31
    1
  5. ލޯބިވާ ވަޠަން

    މާލޭގެ 10 ބުރި އިމާރާތްތައް ހުރި މީހުންނަށް ދިނީ އުޅޭނެ ތަނެއް ނެތިގެންތޯ ސާފުކޮށް ދީބަލަ. އެވެސް ޕެންޓް ހައުސް.

    35
    4
  6. އިސާފް

    ވެރިފަރާތުގެ އާއިލާނުން ބަޔަކު ތިތަނުގަ އުޅޭކަމުގަ ވަނީ ނަމަ ތަނުގެ ވެރިޔާތުގެ މޫސާރަ ނޫނީ ޕޭންސަން
    ފައިސާ ހިފެހެއްޓުމުގެބާރު ބޭނުން ކުރެވުމުން އެދެވިގެންވޭ

    12
    2
  7. އިސާފް

    ވެރިފަރާތުގެ އާއިލާނޫން ބަޔަކު ތިތަނުގަ އުޅޭކަމުގަ ވަނީ ނަމަ ތަނުގެ ވެރިޔާތުގެ މޫސާރަ ނޫނީ ޕޭންސަން
    ފައިސާ ހިފެހެއްޓުމުގެބާރު ބޭނުން ކުރެވުމުން އެދެވިގެންވޭ

    10
    1
  8. އަލީ އަސްޤަރު ސިއްދީގު

    އަވަހަށް އަތުލާ!

    15
  9. މީތި ބަދަލު ކޮއްދެއްވާ

    މީީތި އެބަޖެހޭ ބަދަލު ކުރަން. އެތަން ލިބުމަކީ ހަމަ އިތުރު .މަންފާއެއް. އެންމެނަށް އެތަނަށް އުޅެން ދާން އުނދަގޫވެދާނެ. ކުދިންގެ ސްކޫލް ބަދަލު ކުރަން ނޭދޭ ކުދިންވެސް ތިބޭ. ބަދަލު ކުރުމުން ކިޔެވުމަށް ބުރޫ އަރާ. ހާއްސަ އެހީ ބޭނުންވާ މީހުންނާ އޮފީސް ދުރުވުމާ މިހެން ގޮސް އެތައް ތަކްލީފެއް އުފުލަންޖެހޭ. އެމީހަކު ބޭނުން ތަނެއްގަ އުޅުމުގެ ހައްގު އޮންނަންވާނެ. އެތަން ކުއްޔަށް ދީފަ އެހެން ތަނަކަށް ކުލި ދައްކައިގެން އުޅޭނީ. އެއީކީ އެތަނުން ނާޖާއިޒު ފައިދާއެއް ނެގުމެއް ނޫން.

    11
    26
    • ހޔޅބ

      ތިހާ ބަހަނާ ނުދައްކާ ބުނެބަލަ އަހަރެންވެސް މިއުޅެނީ ލިބުނު ފުލެޓު ކުއްޔަށް ދީގެންނޭ. ލޮލް

    • ދޫކޮށްލާ

      އެތަން ދޫކިށްލާފަ ކުރިންވެސް އުޅެމުން އައިގޮތަށް އުޅެވިދާނެނުން!

  10. Anonymous

    އިންޒާރު އޮންނާނީ އޮތް ތަނުގައި. ތީ ހަމަ ކަނޑުގައި އަޅާ ރޮނގެެއް. ގިނަ ބަޔަކު ދޭނީ ހަމަ ކުއްޔަށް. އެނޫން ހައުސިންގ ސްކީމެއް ދައްކަބަލަ.
    މާލޭގައި ބޮޑުކުލި ދައްކައިގެން އުމުރު ހޭދަވާއިރުވެސް ފްލެޓެއް ނުލިބެ. ދަރިން ލިބުނީ މާލޭގައި އެދަރިން ބޮޑެތިވެ މީހުންނާއި އިންނައިރުވެސް ޝަރުޠު ހަމަނުވެ. އަބަދުވެސް އެއްބަޔަކަށް އެކި ސްކީމުތަކުން ފްލެޓް ލިބި. ކުއްޔަށްދީފަ ހުރިތަން ފެންނަނީ.

    15
    2
  11. މުޙައްމަދު

    ދިރިއުޅޭނޭ ތަންތަންތިބި މީހުންނަށް ޕްލެޓް ލިބުނީމާ ވާނީ ތިހެން.. ތީގަ ދެން ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމެއްނެތް..

    9
    2
  12. Anonymous

    މިހާރުވެސް އެބައުޅޭ ކުއްޔަށް އެތާ ސީ ޓަވަރު ހަތަރުވަނަ ބުރީގައި 22ހާހަށް ހިފައިގެން

    18
    1
    • ހަސީނާ ދީދީ

      އެއްއަހަރު އެދަނި މިހާރު ވެސް ކުލި ނުނަގާ، ކުލިނަގަން ފަށަނީ 2025 ގައި ، ހާދަ ލާރިއެކޭ ދޯ އެލިބުނީ

    • މުހައްމަދު

      ޢިންސާފަކީ މޭމަތީ ތަރިތަކުން ފުރިފައިވާ ބޮޑުންނަށް އޮތް ހައްގެއްބާ..، އެބޮޑުންނަށް ޕެންޓަހައުސް އޯކޭ ވެރިންނާއި އާމުން ތަފާތުވާނެ ގަބޫލްކުރަން ޢެކަމަކު އެ ޕެންޓަހައުންގައި އިތުރު 2ކޮޓަރީގެ އެޕާޓްމަންޓް އެއްވެސް ހުރޭ އެއީ އެނިކަމެތި ވެރިން ލިބޭމުސާރަކޮޅުން ހަރަދުތައް ހަމަޖައްސަން ކުއްޔައްދިނުމަށް ހުންނަ އެޕާޓްމެންޓެއް.....ނިކަމެތިމީހާ ހުރިހާކަމެއްމަނާ

  13. ވަގުންގެ ރާއްޖެ

    އެހެން ކަމަށް ވާނަމަ ޕޮލިސް ފުލެޓްތައް ވެސް ދެވިގެން ނުވާނެ ކުއްޔަކަށް

  14. އެޗްޑީސީ

    ހުރިހާތަންތަންވެސް ތިގޮތައް ހަދާނަމަ އަހަރެންވެސް ހުޅުމާލެ ޗައިނާފުލެޓްއުޅޭތާ 8 އަހަރުމިވީ މީހައްގުވާވަރުތަ ކުއްޖައް އުޅޭމީހާއަށް ކުއްޔައްއުޅޭ ފުލެޓް މިލްކުވާގޮތައް ހަދަންވީ

  15. މުހައްމަދު

    ޢިންސާފަކީ މޭމަތީ ތަރިތަކުން ފުރިފައިވާ ބޮޑުންނަށް އޮތް ހައްގެއްބާ..، އެބޮޑުންނަށް ޕެންޓަހައުސް އޯކޭ ވެރިންނާއި އާމުން ތަފާތުވާނެ ގަބޫލްކުރަން ޢެކަމަކު އެ ޕެންޓަހައުންގައި އިތުރު 2ކޮޓަރީގެ އެޕާޓްމަންޓް އެއްވެސް ހުރޭ އެއީ އެނިކަމެތި ވެރިން ލިބޭމުސާރަކޮޅުން ނުފުދޭތީ ހަރަދުތައް ހަމަޖައްސަން ކުއްޔައްދިނުމަށް ހުންނަ އެޕާޓްމެންޓެއް.....ނިކަމެތިމީހާ ހުރިހާކަމެއްމަނާ

  16. އާލަމް

    އެހެން އެވަނީ ސިފައިންނާއި ފުލުހުންގެ %80 މީހުންނަށް ހުރީ ސަރުކާރުގެ އާއްމު ބޯހިޔާވެހިކަމުގެދަށުން ތަންތަށް ލިބިފަ ހަމަ ހުވާކޮށްފަ މިބުނަނީ ލިސްޓްއެއް ހާމަކުރަން ބުނެފިނަމަ އެކަންވެސް ކުރާނަން ކީވެގެންހޭ ދައުލަތުން ބޯހިޔާވެހިކަމުގެ ދަފްތަރެއް ހަމަ އެންމެ ބަނަކަށް ފިތާލާއިރަށް އާންމުކޮށް އެންމެންނަށް ފެންނަގޮތަށް ނުހަދަންވީ ރާއްޖޭގެ އެއްވެސް ތަނެއްގަ ބޯހިޔާވެހިކަމެއް އޮތް މީހަކަ އެއްވެސް ތަނަކުން ނުލިބޭގޮތަށް ހެދުމާއި 18 އަހަރުން ދަށުގެ ކުދިންގެ ނަމުގައި މައިންބަފައިން ނުހައްގު ފައިސާއިންވެސް ތަންތަށް ގަނެފައެބަހުރި ކީއްވެހޭ އެގޮތަށްކުރެވެނީ މިހުރިހާކަމެއްވެސް ބަލަންޖެހޭނޫންތޯ

  17. އަހުމަދު

    ތި ވިސްނެނީ އަދި ރަނގަޅަކަށް ނޫން މިތާ ކޮމެންޓްސްތަށް ހުރީ ވަރަށް ބައެސްކޮށް ކަމަށް ބެލެވެނީ، ހަގީގަތުގައި 50 އަހަރު މާލޭގައި މާލެއަށް ވަޒީފާއަށް ގޮސް މާލޭއަށް ދަރިން ސުކޫލަށް ލައިގެން އުޅޭ މީހަކަށް ގާދޫކޮލުން ފްލެޓެއް ދިނީމާއި އެތަނުގައި އުޅެން ބޭނުން ބައަކަށް އަދި ކުއްޔަށް ވިއަސް ދީފައި އެމީހާ އުޅޭނެ ތާކު ކުއްޔަށް އުޅުމަކީ އެމީހަކަށް ހަމަގައިމުވެސް ލުއި ވާނެ ކަމެއް... ދެން އެކަމަކު ސިފައިން ނާއި ފުލުހުން ދިރިއުޅޭތަނެއް ފަހަރުގައި ތަފާތު ވެދާނެ އެއީ ސެކުރިޓީ ސަބަބުތަކަށް ޓަކާ

  18. ޢައިޝަތު

    ތީ ކާނަލް ނާޒިމް ސެނީން އަދި ސިޔާމު އާއި ސިފްކޯ ބޯޑުން ކުރި ވައްކަމެއް ހަގީގަތުގައި ކުއްޔައްވެސް ދެވޭނެ ބުނެފައި އޮތް ޑޭޓަކަށް ނުލިބި އާއިލާތަށްް އެތަށް އަހަރަކު ކުރި ހޭދަ އަށް ވެސް ސިފްކޯ އަދި އެމް.އެން.ޑީއެފް އަށް ފިޔަވަލުއަޅާ

  19. ޟުހުސިން ހަމް

    ޢެހެން ދެއްތޯވާނީ ހިޔާ އިންދީފަ ސޯސަލް ފްލެޓްއިންދީފަ ފޭސްޓޫއިން ދީފަ ތަންތަން ގިނަވީމަ ދެންކުއްޔައްވެސްދޭނެ އެހެންވީމަ ގިނަލާރިހޯދަން ކޯޓައްގޮސްގެންވެސް ފްލެޓް ހޮދުމަށް މަސައްކަތްކުރާނެ، ސިފްކޯ ހިޔާއިން ލިބުނު ކިތައް ބޭކަލުންތޯ އެތާ ދިރިއުޅެނީ އަނެއްބަޔަކު އެހް ޕްރޮޖެކްޓްތަކުން ލިބުނު ތަންތަން ކުއްޔައްދީފަ ދިރިއުޅެނީ ސިފްކޯ ހިޔާގަ، ނުބަލާދީފިނަމަ ބަނޑޭރިކޮށިވެސް އަނެއްކާ އަނބިދަރިން ނުގެނެސް ކޮއްކޮބޭބެޔޭ ކިޔާ ކުއްޔައްދޭންފަށާނެ ކަންޔަގީން...ރަނގަޅައް ބެލުން މުހިންމު...ކޮންމެކަމަކުންމެ ބައެއް ބޭކަލުން ބަލަނީ ނާޖާއިޒް ފައިދާތަކެއް ހޯދުމަށް .

  20. ޢިބޫ

    މިކަން ކޮއްފިނަމަ މީ ވަރަށް ރަނގަޅު ފާލަކަށްވާނެ ނޫނީ ވަރައްގޯސްވާނެ...ބަނޑޭރިކޮށި ދީފައިވެސް ބަލަންވާނެ އާއިލާ ދިރިއުޅެން ގެނެސްފިތޯ ނޫނީ ރައްރަށު ބޭކަލުން އާއިލާ ރަށުގައި ބައިތިއްބާ ސިފައިންގެ މީހާ ސިފައިންގެ ފެންޑާގައިނިދާ އާއިލާއޭ ކިޔައި ރަށުކޮންމެވެސް ބަޔަކައް ކުއްޔައްދޭނެކަން ޔަގީން.. މިއީ ކުރިންވެސްކޮއްފައިހުރި ކަންކަން ކަމައް ގިނަބަޔަކުބުނޭ...

  21. Anonymous

    މިހާރު ތިތަންފިޔަވާ ހުޅުމާލެއިން އެހެން ފުލެޓެއް ލިބި އެތަންތަނައް ކުލި ދައްކާ ނިމޭފަހުން ތިޔަ ތަނެއް ހަދާ ތިޔަނިމުނީ ، ކީކޭ ބުނާނީ ސަރުކާރުތަކުން ގައުމައް ހަަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅެނީ.

  22. ސުލައިމާން

    ގަވާއިދާ ހިލާފައް ތަންތަން ބަހާ ނިންމާފަ ވެރިންނައް ކާރުގަރާޖާއި ބޮޱެތި ތަންތަން ނަގާފަ ދެން ތިކިޔަނީ ކީކޭތޯ. އެއްވެސް ކަމެއް ނުވާނެ / ވެރިންގެ ތަންތަން ހަދަން އުޅުނު ކުދިންނައްވެސް ފުލެޓު. ތީހަމަ ނޫހުގަ ޖަހާލި ވާހަކައެއް، މިހާރުވެސް ޱޮލަރު ލިބޭގޮތައްވެސް ކުއްޔައްވެސް ދީފަ އެބްހުރި 2 ތަން.