މާލެ ސަރަހައްދުގައި ކުލި ކޮންޓްރޯލް ކުރުމަކީ އެންމެ ކަމުދާ ގޮތެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ކުލި ކޮންޓްރޯލް ކުރުމަށް ނުފެންނަ ކަމަށާއި އެކަން ހައުސިން މާކެޓަށް ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި އެގޮތަށް ކުލި ކޮންޓްރޯލްކޮށްފިނަމަ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްވެސް ވިސްނަން ޖެހޭ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.

"އެއީ ހުޅުވާލެވިފައިވާ މާކެޓެއް އޮންނަ ގައުމެއްގައި ކުރަން ކަމުދާ ކަމެއް ކަމުގައި އިކޮނޮމިސްޓުން ވެސް ގަބޫލެއްނުކުރޭ. އެހެންވީމަ އަޅުގަނޑަކަށް ހިޔެއްނުވޭ ކުލި ކޮންޓްރޯލްކުރުމަކީ އަޅުގަނޑުމެން ކުރަން ކަމުދާ ކަމެއްހެނެއް. ކުލި ކޮންޓްރޯލްކުރަން ފަށައިފިއްޔާ ބޮޑެތި ލޯނުތަކާ އެއްޗެހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭ ގެއްލުންތަކެއް ވެސް އުޅޭނެ،" ހައިދަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކުން ބޮޑެތި ލޯނުތައް ނަގައިގެން އެތަންތައް އިމާރާތްކޮށް ހަދާފައިވާއިރު ކުލި ކޮންޓްރޯލްކޮށްފިނަމަ އެ ދަރަނި ނުވަތަ ލޯނުތައް އަދާކުރުމަށް އުދަގޫވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ކުރަންޖެހޭ ަރަދު ބޮޑުވެގެން ގިނަ ބަޔަކު އަންނަނީ ކުލިތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ސަރުކާރުން ފްލެޓްތަކުގެ ކުލިން ލުއި ދިންނަމަވެސް އާންމު ރައްޔިތުންގެ އަތުން ނަގާ ކުލި ބޮޑުވެގެން އެކަމުގެ ޝަކުވާތައްވެސް ދަނީ ކުރަމުންނެވެ.

މީގެ ކުރިން 800އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު މާލޭ ޓެނަންޓްސް ޔޫނިއަނުން ކުލި ކޮންޓްރޯލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. ނަމަވެސް މަޖިލީހުން ވަނީ އެ ޕެޓިޝަން ބޭރުކޮށްލައިފައެވެ.

މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް މުއިއްޒު ވަނީ ވައުދުވެފައެވެ. އަދި އެ ވައުދުފުޅާ އެއްގޮތަށް ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްތަކުގެ ކުލިވެސް ވަނީ ކުޑަކޮށްފައެވެ. ނަމަވެސް ހިތާމަޔަކީ އެތަންތަނުގައި ދިރިއުޅޭ އާންމުންގެ އަތުން ވެރިފަރާތުން ނަގާ ކުލި ދުވަހެއް ދުވަހެއް ބޮޑުވަމުންދާ މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ާދަލޭކް

    ހައިދަރުމެނަށް ކަމުނުދާނެކަން އިނގޭ މާކުރިންވެސް ގައިދަރުގެ ބޮލައް ކިހިނެއްވެފަތަ ހިތިރީ ބަލަ އެހެނ މީހުން ލޯނުނަގައި ގެން ކުލިދައްކަން ދައްކަން ހައިދަރަށް ކަމުދޭ ދޯ ކަންވާނީވެސް އެހެނތާ އުމުރު ދުވަސް އިގިރޭސި ވިލާތިގަ ހޭދަ ކޮށްފަ ރިޓަޔާ ކޮށްފަ ރާއްޖެ އައިސް މިނިސްޓަރ ކަމަށް އައިމަ ވީ ގޮތްތީ.

    18
    11
    • ޔާރު

      ކުލިދެއްކުމުގެ ބުރައަކީ ދަތިކަމެއް. އެކަމަކު ކުއްޔަކީ ދުނިޔޭގެ އެއްތާކުވެސް ކޮންޓްރޯލް ކުރެވިފައިވާ އެއްޗެއްނޫން، އަދި ކުރެވޭނެކަމަށްވެސް ނުބެލެވޭ. ކޮންޓްރޯލް ކުރިއަސް ސިއްރުން ދޭމީހުން ދޭ އަދި ހިފާ މީހުން ހިފާ

      12
      4
      • ޔޫގާ

        ޖާރމަނީ، ސުވީޑަން، ޗައިނާ އަދި ފުރާންސް ގެ އެކި ހިސާބުތަކުގައި ރެންޓު ރެގިއުލޭޓުކޮއް ކެޕް ކޮއްފައިވޭ. ވީމާ މިފަދަ ރެގިއުލޭޝަންސް ރާއްޖެއަށްވެސް މުހިންމު.

        9
        2
  2. ސަރަފަކައްދަ

    ކުލި ކޮންޓްރޯލް ނުކުރާނެތާ! ކުއްޔަށް ދޫކޮއްފައި ހުންނަ ތަންތަނާއި ބޮޑެތި އިމާރާތް ތަކަކީ ބޮޑެތި މީހުންގެ ތަންތަން ވިއްޔާ. ނިކަމެތި ރައްޔިތުން ހަފުސް އަރުވާލުން ނޫން ކަމެއް ނުކުރޭ! މާލެ ސަރަހައްދުގައި ހުރިހާ ކަމެއްވެސް މި އޮންނަނީ! މިހެން ކަމުން ރާއްޖެ ތެރޭގެ ރައްޔިތުން ވެސް މިޖެހެނީ މި ސަރަހައްދަށް ޖަމާވާން.

    27
    10
  3. ޙެހެހ

    ފްލެޓްތައް ކުށްޔަށްދިނުން ހުއްޓުވެންވާނެދޯ ، މިހާރު އެހުރީ 1 އަހަރު މާފްވެސް ވެފަ ، އުޅޭނެތަނެއް ނެތިގެން ފްލެޓަށް ފޯމްލަނީ ، އެހެން ފްލެޓް ހޯދާފަ ކުއްޔަށްދޭ މީހުނަށް ދައުވާވެސް ކުރެވެންވާނެ ، ކިހާބޮޑު އޮޅުވާލުމެއް އެއީ ، ހަމަ އެކަނި މަކަރާއި ހީލަތުން ފައިސާ އަތުލުމަކުން އެކަނިއެއްނޫން ކުއްވެރިވާނީ ،

    20
    2
    • ސަރީ

      ރާއްޖެއަކީ އެއްކަމެއްވެސް ހުއްޓުވޭ ގައުމެއްތަ.؟

      10
      2
  4. ސަލާހު

    ކުލީގެ މައްސަލަ ހައްލު ކުރަން ރައްޔިތުން އެދޭނަމަ ފުރަތަމަ ކުލިދައްކަމުން ދިރިއުޅޭ ރައީސަކު އިންތިޚާބު ކުރާށެވެ. މާލޭގައި އަމާ ބަފާގެ ގޯތި ބުރި ބުރިއަށް ނަގައިގެން ބޮޑު ކުލިމަތީ އަރާއޮށޯވެތިބެ ވެރިކަމަށް ނުވަތަ ވަޒީރުކަމަށް އައްޔަނުބކުރެވޭ ބަޔަކަށް ކުލިދައްކާ ނިކަމެތި އާއިލާތަކައި އެމީހުންގެ ވޭނާއި ދިރިއުޅުމުގެ ގިލަންވެރިކަން އިހުސާސެއް ނުކުރެވޭނެއެވެ. އެމީހުން ދެކެނީ އެއީ ރަނގަޅު ވިޔަފާރިއެއްކަމަށެވެ.

    11
    2
  5. ސާން

    ޖާރމަނީ، ސުވީޑަން، ޗައިނާ އަދި ފުރާންސް ގެ އެކި ހިސާބުތަކުގައި ރެންޓު ރެގިއުލޭޓުކޮއް ކެޕް ކޮއްފައިވޭ. ވީމާ މިފަދަ ރެގިއުލޭޝަންސް ރާއްޖެއަށްވެސް މުހިންމު.

    7
    2
  6. ވަހީދުބެ

    ކުލި ކޮންޓްރޯލްކުރާކަށް ނުޖެހޭނެ އެކަކުވެސް ކުއްޔަށް ނުހިފީމަ. ކުލިދައްކައިގެން ތަންތަން ކުއްޔަށް ހިފައިގެން އުޅެނީ ދިރިއުޅޭނެ ތަންނެތް މީހުންނެއްނޫން.

  7. ވާނުވާ

    ކުލި ކޮންޓްރޯލް ކުރެވޭނެ އޮތީ އެންމެގިތެއް. ބެންކުތަކުން ގެދޮރުހަދަން ދޫކުރާ ލޯނު %6 އަށްތިރިކުރޭ. އަދި ބޮޑެތި ލޯނުތަކުގައި ގެހަދަން ނެގި %12 ނުވަތަ %15 ކުލިން %6 އަށް ލޯނު މާފުކޮށްދީ. އަސްލު ކުލި ކޮންޓްރޯލް ކުރެވޭނީ ބެންކުތަކަށް އެކަނި

    5
    3
  8. ވާނުވާ

    ކުލި ކޮންޓްރޯލް ކުރެވޭނެ އޮތީ އެންމެގިތެއް. ބެންކުތަކުން ގެދޮރުހަދަން ދޫކުރާ ލޯނު %6 އަށްތިރިކުރޭ. އަދި ބޮޑެތި ލޯނުތަކުގައި ގެހަދަން ނެގި %12 ނުވަތަ %15 ކުލިން %6 އަށް ލޯނު މާފުކޮށްދީ. އަސްލު ކުލި ކޮންޓްރޯލް ކުރެވޭނީ ބެންކުތަކަށް އެކަނި.

    3
    1
  9. ހަސަނުގ

    މިކަލޭގެ ފުލެޓް ގަނެފަ، ކުއްޔަށް ދެނީ ކަންނޭގެ. ލާރި އޮތް މީހުން، ނިކަމެތިން، ފެލަން ހަދާ ތަނެއްނު މާލެ އަކީ. ކޮންމެ ވެރިޔެއްވެސް އަރާ ހިއްކަ ހިއްކައިގެން މާލެ ނުހެދިގެން މިތެޅެނީ.

    11
    2
  10. ޢަޒްރާ

    އަޅުގަނޑު ރައީސް މުޢިއްޒުއަށް ދަންނަވާލަން ރާއްޖެ ތެރޭގެ ރަށްރަށުގަ ފުލެޓް އަޅާދޭށޭ ކުދިރައްތކުގެ މީހުން މާލެ ބަދަލުވީމަ އެރަށްރަށް ފަޅުވަނީއޭ

  11. ޢަޒްރާ

    ކުލި ކޮންޓްރޯލް ކޮއްގެން ރައްޔިތުންނަށްވާ ގެއްލުމަކީ ކޮބައިބާ

    1
    1
  12. Anonymous

    ރެންޓު ވިޔަފާރިއަކީ ގިނަ މުއްސަދިން ކުރާން ހިއްވާ ފައިދާ ބޮޑު ވިޔަފާރިއެއް، ނަމަވެސް މީހުން ދިރިއުޅުމަށް ކުއްޔަށް ދޭ ތަންތަން ރެގިއުލޭޓް ކުރެވޭނެ، އޮސްޓުރޭލިޔާ ކަހަލަޤައުތަކުގައި އެގޮތަށް އެކަން ކުރޭ، މަޖިލިހަށްވެސް ވަރަށް ރަގަޅު ބިލެއް ހުށަހެޅުނު، އެބިލް ވީ ހީސާބެއް ނޭގޭ !

    3
    1
  13. Anonymous

    ރާއްޖޭގެ މިވަގުތުގެ ރައީސުލް ޖުމްހޫރިއްޔާ ގެ ރޯހައުސް ގެ ކުލި ކުޑަކުރަންޖެހޭނެތީ ރާއްޖޭފައި ކުލި ކޮންޓްރޯލް ނުކުރާނެ.. އަމިއްލަ ފުޅަށް ވިދާޅުވެފައިވޭ ލިބުނު ދުވަހުން ފެށިގެން ބޭރު ބަޔަކަށް ކުއްޔަށް ދީފައި ކަމަށް.

  14. ފަރުހާދު

    ބަލަ އެނޫން ކަންކަން ކުރާ މީހުންވެސް ލޯނު ނަގައިގެން ކުރަނީ. ފިހާރަ ހިންގަން ފަށާ މީހާ ލޯނު ނަގައިގެން އެކަން ކުރަނީ. އެހެންނެކޭ ކިޔާފަ ނޫޑްލްސް ޕެކެޓެއް -/107 ރ އަކަށް ނޫން ވިއްކަނީ.

    ސައި ހޮޓާ ރެސްޓޯރަންޓް ހަދާ މީހާ، ލޯނު ނަގައިގެން ހަދާފައި ގުޅައެއް 125 ރ އަކަށް ނޫން ވިއްކަނީ.

    ތިޔަ ބުނާ ބަޔަކު ލޯނު ނަގަގެން ހަދާފައި އޮއްވާ އެއްވެސް ބަޔަކު ތިޔަތަން ނަގާނެ ނުވިއްޔޯ މިސާލަކަށް، ދެން ކިހިނެތް ތިޔަ ލޯނު ދައްކާނީ؟

    ކުލި ކޮންޓްރޯލް ނުވިޔަސް ބޭންޑްތަކެއް ހެނދެންވާނެ. މިހާރު ލޯނު ހަމަވެފަ ހުރި ތަންތަނުންވެސް ކުލި ކުޑައެއް ނޫން. ދައްފެންވަރުގައި ހަދާފައި ހުރި ތަންތަނުންވެސް ކުލި ކުޑައެއް ނޫން.

    ބޭސްފަރުވާއާ ތަޢުލީމާ މިނޫންވެސް ޒަރޫރަތު ޖެހިފައިވާ ނިކަމެތި ބައެއްގެ ބޮލުން ލޭބޯ އުކުނުތަކެއް ގޮތަށް ކުލިނަގަމުން ދިއުން ކުއްވެރިކުރަން.

    އަތުން ފައިން މަސައްކަތެއް ނުކޮށް މުޅި އާއިލާ ރާއްޖެއިން ބޭރުގައި ދިރިއުޅެނީ ގެދޮރުން ލިބޭ ކުލިން ކަމުގައި ހެދީމާ، އެކުލި އިނތިހާއަށް ބޮޑުވޭ.

  15. އޮނަރަބަލް އަފީފު ދީދީ ކޮބާ ހީވޭ!

    މުގައްދަސް މާލެ މީހުން ނޫނަސް އިސް މަޤާމުތަކުފައި ތިބި ރާއްޖެތެރޭގެ ރަށްރަށަށް ނިޞްބަތްވާ މީހުން ވެސް ކުއްޔާ ކުޅޭކަށް ބޭނުމެއް ނުވެއެވެ. އެއީ އެބައެއްގެ އިޚްތިޔާރުގައި ވާ ކަމަކަށް ވާތީއެވެ.