އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާ އަށް މިދިޔަ ބުރާސްފަތި ދުވަހު އައި ބާރުގަދަ ބިންހެލުމާއި ރޭ ފަތުހު އައި ބާރުގަދަ ބިންހެލުމާއި ދެމެދު 1400 ގެ އެކި ވަރުގެ ބިންހެލުން ރިކޯޑް ކުރެއްވިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކެލިފޯނިޔާ އަށް 6.4 ގެ ބިންހެލުމެއް އައިސްފައިވަނިކޮށް ރޭ ފަތުހު ވަނީ 7.1 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މި ބިންހެލުން އައީ ބިމުގެ އަޑިން ތިލަ ކޮށެވެ.

https://twitter.com/rylxan/status/1147375047973019649?s=19

ބާރުގަދަ ދެ ބިންހެލުމާއި އެކު 1400 ލޮޅުން މިހާތަނަށް ރިކޯޑް ކުރެވިފައިވާއިރު މި ދެ ބިންހެލުން އައިސްފައިވަނީ ކެލިފޯނިޔާގެ ރިޖްކްރެސްޓް އަށެވެ.

މީގެ ތެރެއިން 7.1 ގެ ބާރުމިނުގައި ރޭ ފަތިހު އައި ބިންހެލުމަކީ ފާއިތުވެދިޔަ 20 އަހަރު ތެރޭ ކެލިފޯނިއާއަށް އައި އެންމެ ބާރު ގަދަ ބިންހެލުމެވެ.

މިހާރުވެސް ކެލިފޯނިއާ އަށް ދަނީ އެކި ވަރުގެ ލޮޅުންތަށް އަންނަމުންނެވެ.

ރޭ ފަތިހު އައި ބިންހެލުމުގެ ބާރުގަދަ ކަމުން ކަރަންޓް ކެނޑި 22000 ރައްޔިތުން މިހާރު ތިބީ ކަނު އަދީރީގައެވެ. ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ހޮސްޕިޓަލްތަށް ވެސް ހިމެނެއެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ކައިރި އެހެން ހޮސްޕިޓަލް ތަކަށް ބަލި މީހުން ބަދަލު ކުރުމުގެ މަސައްކަތް ހެލިކޮޕްޓަރު ތަކުގައި ކުރަމުންނެވެ.

ބިންހެލުމުގައި ގިނަ އިމާރަތްތަކެއްގައި އަލިފާން ރޯވެފައިވާތީ އަލިފާން ނިއްވާ އުޅަނދުތަކުން ކެލިފޯނިޔާގެ މަގުތަށް ދަނީ ފުރެމުންނެވެ. ބުރާސްފަތި ދުވަހު އައި ބިންހެލުމުން އަރައިނުގަނެވި އުޅެނިކޮށް ރޭ ފަތިހު އައި ބިންހެލުމަކީ ބުރާސްފަތި ދުވަހު އައި ބިންހެލުމަށް ވުރެން 10 ގުނަ ބާރުގަދަ ބިންހެލުމެކެވެ.

ބިންހެލުމުގައި ގިނަ ބަޔަކު ޒަހަމްވި ކަމުގެ ރިޕޯޓްތަށް ވެސް ލިބިފައިވާއިރު އަދި މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ. ޖ. އ

    ބިން މައްޗަށް ސައިކަލެއް ވެއްޓުނަސް މިހާރު ބިންހެލުމެއް ދޯ

    4
    9
  2. Anonymous

    އަލްޙަމްދުލިﷲ

    12
    4
  3. ޢަބްދުއްލަޠީފު

    ކޮބާ ސުޕަރ ޕަވަރ ދައްކާލަބަލަ މުޅި މެދުއިރުމަތި ސުންނާަފަތި ކުރި ބައިގަނދަށް ހުންނާނެ ހޭއަރާފަi

    20
    1