2020 ވަނަ އަހަރުގެ ކްސްތައް މި ވަނީ ކޮވިޑް-19 އާ ހެދި ހުއްޓުމަކަށް އައިސްފައެވެ. ގިނަ ކޮލެޖްތަކާއި، ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފައެވެ. ގިނަބަޔަކު މި ތިބީ ގޭގައި މަޑުކުރަން ޖެހިފައެވެ. ކޮލެޖްތަކާއި ޔުނިވާސިޓީގެ ގްރެޑުއޭޝަންވެސް މި އޮތީ ހުއްޓުމަކަސް އައިސްފައެެވެ. އެހެން ނަމަވެސް މި ޕެންޑެމިކްގެ ސަބަބުން އެމެރިކާގެ ސްޓޭޓެއް ކަމަށް ނިސްބަތްވާ މި އެއްމާބަނޑު ދެބެއިން ކިޔެވުމަށް ދެކެމުންދާ ހުވަފެންތައް ވިއްސި ވިހާލި ވެގެން ނުދެއެވެ.

އަރިއަންނާ އާއި އަރިއަލް ވިލިއަމްސް ނަމަކަށް ކިޔާ މި ދެ ޒުވާން އަންހެނުންގެ ވާހަކަ މީޑިއާތަކިގެ ސަމާލުކަމަށް އައިސްފައި ވަނީ، މި ދެމީހުންވެސް އިތުުރަށް ކިޔަވަން ބޭނުންވެގެން އެޕްލައި ކުރި ކޮލެޖްތަކުގެ ތެރެއިން 38 ކޮލެޖަކުން ދެ މީހުންނަށް ފުރުސަތު ލިބުމުންނެވެ.

މި ދެ މީހުންނަކީ ހޮވާޑް ފުލާ ކޮލެޖިއޭޓް އެކަޑަމީން ކިޔަވާ ނިންމި ދެ ޒުވާނުންނެވެ. އެ މީހުން ކިޔަވާ ނިންމާލީ އެ މީހުންގެ ކްލާހުން އެއްވަނަ ހޯދައިގެންނެވެ. އަދި އެއީ ސްކޫލްގެ ހުރިހާ ކުދިންގެ ތެރެއިން އެންމެ މަތިން ގީޕީއޭސް އެންމެ މަތިން ލިބުނީ މި ދެ މީހުންނަށެވެ.

"އަަސްލު ހަގީގަތަށް ބުނާނަމަ އަހަރުމެން ބެލީ 40 ކޮލެޖުން އަހަރުމެންނަށް ފުރުސަތު ލިބޭނެ ކަމަށް، އެކަމަކު މި ލިބުނީ 38 ކޮލެޖުން.. އެކަމަކުވެސް ރަނގަޅު"އަރިއަންނާ ޓީއެމްޖޭ4 އަށް ބުނެފައި ވެއެވެ.

އަރިއެލް ބުނީ، އަބަދުވެސް ސްކޫލްގައި އުޅުނުއިރު، އެ މީހުންނަކީ މޮޅަށް ކިޔަވަމުން އަންނަ ބައެއް ކަމަށެވެ.

އަހަރުމެންގެ ދެމެދުގައި އޮންނަނީ ރަހުމަތްތެރިކަމުގެ ކޮމްޕެޓިޝަނެއް، އެކަމަކު ދެ މީހުންގެ ދެމެދުގައު ޖެލަސީއާއި ކަންކަން ނޯވޭ، އަބަދުވެސް ބޭސިކް ކަންކަން ކުރަން ނޫޅެން، އަބަދުވެސް ބޭނުންވަނީ އެއަށްވުރެ މަތިން މަސައްކަތް ކުރަން". އަރިއަންނާ ބުނެފައި ވެއެވެ.

އެ އާއިލާއިން ކޮލެޖަށް ދާން ފަށާނެ ދެ މީހުންނަކީވެސް މިއީއެވެ. އެމީހުންނަށް ވަނީ ސްކޮލާޝިޕެއްވެސް ލިބިފައެވެ. އަދި ދެ މީހުންވެސް ވިސްނާފައި އޮތީ ގެއާއިކައިރި ކޮލެޖަކުން ކިޔެވުމަށެވެ. އަދި ދެ މީހުން ކިޔަވަން ދާނީ މާރްކުއެޓް ޔުނިވާސިޓީއަށެވެ. އަދި ދެމީހުން ކިޔަވަމުން ދާނީ ނަރުސް ކަމުގެ ދާެއިރާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު