ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިންގާ ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލެ ފޭސް 1ގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް މިރޭ 9:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ސީންގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަމާންރާއްޖެ!
ކިރިޔާ ކަމެއް ވާއިރައް އަމާން ވެއްޖެޔޭ ކިޔާނެކަމެއްނެތް. ނިމިދިޔަ 5 އަހަރު ކިތައް މަރުތޯ ކިތައް ވަޅި ޖެހިތޯ
ރާއްޖެ އަމާންވެދާނެތީ ވައްތަރު ވައްތަރުގެ މުޖުރިމުން ދޫކޮއްފިއޭ ވެރިކަމުން ފައިބަމުން
އިންޑިޔާއިން ރާއްޖޭގަ ހަމަނުޖެހުން އުފައްދަން ފޮނުވައިގެން އުޅޭ ރޯހިތުތައް
ތީ މޯދީ ދޯ
ޙެހެހެ
ތިވާނީ ބޮއިގެންތިބެ ކުޑަކޮށް ނައިސް ވެލީކަމަށް !