32 ޓީމާއިއެކު މަޅި ފުޓްސަލް ޗެލެންޖު މިއަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަޅި ފުޓްސަލް ޗެލެންޖު މިދިޔަ އަހަރު ބާއްވާފައި ނުވާއިރު، އަލުން މިއަހަރު މި މުބާރާތް ބޭއްވުމަށް ފަހުން ވަނީ ނިންމާފައެވެ. ފޯރި ގަދަ މި މުބާރާތުގައި މިއަހަރު 32 ޓީމަށް ހުޅުވާލި ފުރުސަތުގައި 32 ޓީމުން ވަނީ ބައިވެރިވެފައެވެ.

ލިބޭ މަޅި ފުޓްސެލް ޗެލެންޖްގެ ފައިނަލް - ބިގަލޯސް އަދި ޓީއެފްޓީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތު މިހާރު ހަމަވެފައިވާއިރު، 2022 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 8 ޓީމަށް މިފަހަރުގެ މުބާރާތުގައި ޖާގަ ވަނީ ހާއްސަކޮށްފައެވެ.

2022 ވަނަ އަހަރުގެ މަޅި ފުޓްސަލް ޗެލެންޖުގެ ގަދަ 8 ޓީމުގެ ގޮތުގައި މިއަހަރުގެ މުބާރާތުން ފުރުސަތު ދީފައިވަނީ މިދިޔަ އަހަރުގެ ކުއާޓަރ ފައިނަލް އިން ޖާގަ ހޯދާފައިވާ ޓީމުތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ "ކްލަބް އޯވަންއޯ" އާއި "ލޮރެންޒޯ ސްޕޯޓްސް ކުލަބް"، "ޓީއެންޓީ"، "ރޭމްޕޭޖް"، "ފަރުމަތި" އާއި "ލެވަލް" އެވެ. އަދި އޭގެ އިތުރުން މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ދެ ޓީމު ކަމަށްވާ "ބިގަލޯސް" އާއި "ޓީއެފްޓީ" އަށް ވެސް ވަނީ މިއަހަރު މުބާރާތުގައި ޖާގަ ހާއްސަކޮށްފައެވެ.

ލިބޭ މަޅި ފުޓްސެލް ޗެލެންޖްގެ ފައިނަލް - ބިގަލޯސް އަދި ޓީއެފްޓީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފޯރިގަދަ މި މުބާރާތުގެ 2022 ވަނަ އަހަރުގެ ފައިނަލްގައި ބިގަލޯސް އާއި ޓީއެފްޓީ ވާދަކުރި މެޗު މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބިގަލޯސް އެވެ.

ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިންނާއި އެކު ކުރިއަށްދާ މަޅި ފުޓްސަލް ޗެލެންޖު މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.