23:27

ޖައްބާރު ޔަހޫދީން ފަލަސްތީނުގެ ޣައްޒާގެ އެތައް ރައްޔިތުންތަކެއް ހިމާޔަތް ހޯދަމުން އަންނަ ރަފަހްގައި ހުންނަ ކޭމްޕަކަށް ރޭ ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރުން ރާއްޖެއިން ކުށްވެރިކޮށްފި

22:08

މިއީ އިސްރާއީލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންގެ ޖަރީމާތަކަށް ޖަވާބުދާރީވާންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.

20:35

ލުބުނާނުގެ ދެކުނުގެ ގެތަކަށާއި އަވަށްތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން މިއަދު އިސްރާއީލުގެ ހަތަރު އަމާޒަކަށް ހަމަލާދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި.

އެ ޖަމިއްޔާގެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ އިސްރާއީލުގެ އުތުރުގައި ހުންނަ ބެއިޓް ހިލޭލް އަސްކަރީ މަރުކަޒަށް ވައިގެ ހަމަލާތަކެއް ދިން ކަމަށް.

20:34

އިސްރާއީލުން ރަފަހްއަށަ ދިން ވައިގެ ހަމަލާއިން ދައްކުވައިދެނީ ދާދި ފަހުން އދ.ގެ އެންމެ މަތީ ކޯޓުން ކުރި ހުކުމަކާ މެދު އިހާނެތިކޮށް ހިތުން ކަމަށް ހަމާސްގެ އޮފިޝަލުން ބުނެފި.

19:42

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކަން ލިބޭނެ އެއްވެސް ތަނެއް ނެތް ކަމަށް ފަލަސްތީނުގެ ހާރިޖީ ވުޒާރާއިން ބުނެފި

19:07

ފަލަސްތީނުގެ ޣައްޒާގެ ރަފަހްގެ ބޯޑަރުގައި މިސްރު ސިފައިންނާއި އިސްރާއީލް ސިފައިންނާއި ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް، މިސްރު ސިފައިންގެ އެކަކު ޝަހީދުކޮށްލައިފި

18:55

ޔަހޫދީންގެ ޣައިރު ޤާނޫނީ ނަޖިސް ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ދެމުންދާ ރަހުމެއް ނެތް ހަމަލާތަކަށް ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖަވާބުދާރީ ކުރުވަން ތުރުކީވިލާތަށް ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖެބް ތޮއްޔިބު އުރުޤާން ވިދާޅުވެއްޖެ

18:52

އިނގިރޭސިވިލާތުގައި ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބަށް ތައްޔާރުވަމުން އަންނަ ލޭބާ ޕާޓީގެ ލީޑަރު ބުނީ ބޮޑުވަޒީރު ކަމަށް އިންތިހާބުވެއްޖެ ނަމަ ރަފަހް އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް ބާރު އަޅާނެ ކަމަށް.

18:45

ލުބުނާނުގެ ދެކުނުގެ ބިންތު ޖުބެއިލްގައި ހުންނަ ސަލާހް ގަންޑޫރު ހޮސްޕިޓަލުގެ ދޮރު ކައިރީގައި ހުރި ސައިކަލަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި އެކަކު ޝަހީދުވެއްޖެ

ލުބުނާނުގެ ރަސްމީ މީޑިއާއިން ބުނީ އިސްރާއީލުގެ ހަމަލާގައި އެކަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެް.

18:41

ނުރިބުވަރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި މިއަދު ހެނދުނު ނުސީރަތް ކޭމްޕަށް ހަމަލާދީ ތިން ފުލުހަކު ޝަހީދުކޮށްލައިފި.

18:04

ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތާއި ހަނގުރާމަ ކުރުމަށް ލުބުނާނަށް އެއްގަމު މަގުން އެރުމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ތަމްރީންތައް ހަދަމުންދާ ކަމަށް އެ ގައުމުން ބުނެފި

17:19

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ ހުޅަނގުން އޮންނަ ބީރު އަން-ނާޖާ ސަރަހައްދަށް އިސްރާއިލުން ހަމަލާދެމުންދާ ކަމަށް އަލްޖަޒީރާއިން ބުނެފި،

17:18

އިސްރާއީލުން ރަފަހްގައި ދިން ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ޝަހީދުވެފައިވާތީ އެކަމާ ވަރަށް ހިތްހަމަ ނުޖެހޭ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ.

17:16

ސްޕެއިން، އަޔަލޭންޑް އަދި ނޯވޭއިން ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ބަލައިގަތުމަކީ މެދުއިރުމަތީގެ ސުލްހައިގެ "އޮސްލޯ 2.0" ވިސްނުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާތު އީޑޭ ވިދާޅުވެއްޖެ.

17:14

އިސްރާއީލުގެ 146 ވަނަ ޑިވިޝަނާއި އާމާޑް ބްރިގޭޑުން ލުބުނާނުގެ އެތެރޭގެ އަސްކަރީ އޮޕަރޭޝަންތައް ނަކަލުކުރުމަށް އިތުރު ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި.

17:12

ރަފާހުގައި ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ނަތަންޔާހޫ ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ.

އުރުދުޣާން ވިދާޅުވީ އިންސާނިއްޔަތާ އެއްވެސް ގުޅުމެއް ނެތް މި އަނިޔާވެރިންނާއި މަރާލާ މީހުން ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް.

16:43

ޖައްބާރު ޔަހޫދީން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގައި ހުންނަ ކޭމްޕަކަށް ހަމަލާދީ، ދިރިތިއްބާ އަންދާލި މީހުންގެ އަދަދު 45 އަށް އަރައިފި.

 

16:34

ރަފަހުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕަށް ދިން ހަމަލާއާ ގުޅިގެން އިނގިރޭސި ބްރޯޑްކާސްޓަރު ޕިއާސް މޯގަން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި.

16:33

ޣައްޒާގެ އެންމެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި ފަލަސްތީނުގެ 40 މީހުން ޝަހީދުކޮށްލި ހާދިސާ ގިނަ ގައުމުތަކަކާއި ދުނިޔޭގެ ޖަމިއްޔާތަކުން ކުށްވެރިކޮށްފި.

15:59

ނިރުބަވެރި އިސްރާއީލުން މިއަދު ހެނދުނު ޖެނިންގެ ހުޅަނގުން އޮންނަ ކަފްރު ޑާން އަވަށުގައި ގޮއްވާލި ފަލަސްތީނު މީހެއްގެ ކާރު

15:58

ޣައްޒާއިން ފެނިގެން ދަނީ އަނިޔާވެރިކަމާއި ހާލުގައި ޖެހިފައިވާ ފަރާތްތަކުން ގޮތްހުސްވެފައިވާ މަންޒަރު

15:54

ނިރުބަވެރި އިސްރާއީލުން ޣައްޒާ މެދުތެރޭގައި އޮންނަ ނުސީރަތް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ޒަހަމްވެފައިވާ ބައެއް މީހުން އެހެން ސަރަހައްދަކަށް ގެންގޮސްފައިވާ ކަމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ބުނެފި.

15:40

ނިރުބަވެރި އިސްރާއީލުން ރޭ ރަފާހަށް ދިން ހަމަލާއިން އެނގިގެން ދަނީ އެމީހުން ހަމަޖެހުން ބޭނުން ނުވާ ކަމަށާއި އެމީހުން ހަމައެކަނި ބޭނުން ވަނީ ޣައްޒާ ކަމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ކްލައުޑިއާ ވެއްބޭ ބުނެފި.

15:39

ދިރިއުޅޭނެ އިތުރު ތަނެއް ނެތުމާއި ގުޅިގެން ފަލަސްތީނުގެ ގިނަ އާއިލާތަކެއް ޚާން ޔޫނިސްގައި ހުންނަ އެމީހުންގެ ގެތަކަށް ދާން ފަށައިފި. ޚާން ޔޫނިސްގައި ހުރި އެގެތައް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، ގިނަ ގެތައް ވަނީ އެއްކޮށް ސުންނާފަތިވެފަ.

15:38

ދުނިޔޭގެ ކޯޓުން އަމުރެއް ކޮށްފައިވަނިކޮށް އަނެއްކާ ވެސް ރަފާހަށް ހަމަލާދިނުމުން އެނގިގެން ދަނީ އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ނުބައި ނުލަފާކަން ކަމަށް ތުރުކީގެ ރައީސް، އާޑޮގަން ބުނެފި.

އާޑޮގަން ބުނެފައިވަނީ އިސްރާއީލުން ހިންގަމުން އަންނަ ޖަރީމާތައް ހުއްޓުވައި، އެމީހުން ކުރާ ކުށްތަކަށް ޖަވާބުދާރީ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް.

14:46

ފަލަސްތީނުގެ އިސްލާމިކް ޖިހާދްގެ ގޮފި ކަމަށްވާ އަލް-ޤުދްސްއިން ބުނެފައިވަނީ ޣައްޒާގެ އުތުރުގައި އިސްރާއީލުގެ ހަނގުރާމަވެރިންނާއި ކުރިމަތިލުމެއް ހިނގާފައިވާ ކަމަށް. ނަމަވެސް މިކަމުގެ އިތުރުން މައުލޫމާތެއް ހާމަކޮށްފައެއް ނުވޭ.

14:41

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތް ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާއެއްގައި އަންހެނަކު ޝަހީދުކޮށްލައި އިތުރު ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ދީފި.

14:33

ނިރުބަވެރި އިސްރާއީލުން ރަފާހުގެ ބްރިކްސް ކޭމްޕަށް ދިން ހަމަލާ އިސްރާއީލުގެ އަސްކަރިއްޔާއިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އިސްރާއީލް އަސްކަރިއްޔާ އިސް ޕްރޮސެކިއުޓަރަކު ބުނެފި.

14:32

ޣައްޒާގައި އާންމުންނާއި ދެކޮޅަށް ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކަކީ އިންސާފުވެރި ހަމަލާތަކެއް ނޫން ކަމަށް އިޓަލީގެ ޑިފެންސް މިނިސްޓަރ، ގުއިޑޯ ކްރޮސެތޯ ބުނެފި.

13:19

ނިރުބަވެރި އިސްރާއީލުން ރަފާހުގެ ބްރިކްސް ކޭމްޕަށް ދިން ހަމަލާގައި ޝަހީދުވި އިތުރު ބަޔަކު ތިބިތޯ ބަލަނީ

13:05

ސްޕެއިން އިން އިސްރާއީލާއި ދެކޮޅު ވުމުން އިސްރާއީލުގައި ހުންނަ ސްޕެއިންގެ އެމްބަސީގެ މަސައްކަތް ހުއްޓާލުމަށް އިސްރާއީލުގެ ފޮރިން މިނިސްޓަރ، އިސްރައީލް ކެޓްޒް އަންގައިފި.

12:54

ނިރުބަވެރި އިސްރާއީލުން ރަފާހަށް ހަމަލާ ދިނުމަކީ ކުށްތަކުގެ ތެރޭގައިވާ ބޮޑު ކުށެއް ކަމަށް ޔޫއެންއާރްޑަބްލިއޭގެ ކުރީގެ ތަރުޖަމާނު، ކްރިސް ގުނެސް ބުނެފި.

12:29

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ދެމުން އަންނަ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ޤާނޫނާ ހިލާފު ހަމަލާތަކެއް ކަމަށް ނޯވޭގެ ބޮޑު ވަޒީރު، އެސްޕެން ބާތް އެއިޑޭ ބުނެފި

 

12:27

ޣައްޒާއަށް ރޭ ދިން ހަމަލާގައި ޝަހީދުވި ކުޑަކުޑަ ކުއްޖެ.

12:26

ރަފާހުގެ ބްރިކްސް ކޭމްޕުން ސަލާމަތްވި މީހެއް: "އިސްރާއީލުން ދިޔައީ މީހުން އަންދަމުން. މުޅި އެ ސަރަހައްދު އެންދި. މިސައިލްތައް ވާރޭ އޮއްސާލިހެން އައިސް މުޅި ސަރަހައްދު ގުގުމާލީ"

12:24

ފަލަސްތީނުގެ ކުދިން ރޭގަނޑު ނިދަން ޖެހޭނޭ، އުފަލާއި އެކީ ހޭލައިގެން ސްކޫލަށް ގޮސް، ރަހުމަތްތެރިންނާއި އެކީ ބިރެއް ނެތި ކުޅެވޭނެ ގޮތަކަށް ކަމަށް އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ ކުރީގެ ލީޑަރު، ޖެރެމީ ކޯބީން ގޮވާލައިފި.

އޭނާ މިފަދައިން ގޮވާލާފައިވަނީ ނިރުބަވެރި އިސްރާއީލުން ރޭ ރަފާހަށް ދިން ހަމަލާތަކާއި ގުޅިގެން އެކަން ކުށްވެރިކޮށް ކުރި އެކްސްއެއްގައި.

12:22

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހެން 26 ގައުމެއްގެ ކިބައިން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްއަށް ރަސްމީ ތާއީދު ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް ސްޕެއިންގެ ފޮރިން މިނިސްޓަރ، ހޯސޭ މެނުއަލް އަލްބަރޭސް ބުނެފި.

11:53

އިސްރާއީލުން ރަފާހުގެ ކޭމްޕަކަށް ދިން ހަމަލާ ގިނަ ޖަމިއްޔާތަކަކު ކުށްވެރިކޮށް. މި ހަމަލާ ޖަމިއްޔާތަކުން ކުށްވެރި ކުރި ނަމަވެސް މިކަން ހުއްޓުވޭނެ އެއްވެސް ގޮތެއް އޮތްތޯ މިއީ އުފެދޭ ސުވާލެއް.

11:41

އުފާވެރި ހަޔާތެއް ފަށަން، ލޯބިވާ މީހުންނާއި ކައިވެނިކޮށްގެން އުޅޭ އެންމެން ވެސް ބޭނުންވާނީ އެމީހުންގެ ދިރިއުޅުމަށް ފުރިހަމަކަން ލިބެން ދަރިއެކެވެ. ބައެއް ފަހަރު ބައެއް މީހުންނަށް اللهގެ އިރާދަފުޅާއިއެކީ ދަރިއަކު ލިބިގެންދާއިރު، ދަރިއަކު ހޯދުމަށް އެތަކެއް މަސައްކަތެއްކޮށް، ދަރިއަކު ނުލިބޭ މީހުން ވެސް ދުނިޔޭގައި އެބަ ތިއްބެވެ. މިފަދައިން އެތަކެއް މަސައްކަތެއް ކޮށްގެން ވެސް ދަރިއަކު ލިބިފައިވާއިރު، ޖައްބާރު ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން އެކުދިން މި ދުނިޔެ ދޫކޮށް ވެސް ގޮސްފައިވެއެވެ. މިއީ ވެސް އެފަދަ ގޮތަކަށް ދަރިއަކު ހޯދަން ގިނަ މަސައްކަތެއް ކޮށްފައިވާ މައެއްގެ ދަރިއަކު ޖައްބާރު އިސްރާއީލުން ޝަހީދުކޮށްލި ވާހަކަ

 

10:44

އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރޯ ޚައްނާ ބުނެފި.

 

10:42

ރަފާހުގެ ކޭމްޕަކަށް ހަމަލާދީ، އެތަން ރޯކޮށްލައި 40 މީހަކު ޝަހީދުކޮށްލާފައިވަނިކޮށް ޣައްޒާގެ އެހެން ސަރަހައްދަކަށް ހަމަލާދީ ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައިފި.

ރިޕޯޓްތަަކުން ބުނާ ގޮތުގައި މި ހަމަލާއަކީ ޣައްޒާސިޓީގެ އުތުރުގައި އޮންނަ ޒަރްޤާ ސަރަހައްދުގައި ދިރިއުޅެމުން އަންނަ އަލް-ބަޓްރަން އާއިލާއަށް އަމާޒުކޮށް ދިން ހަމަލާއެއް. އިސްރާއީލުގެ އަސްކަރީ ޖެޓްތަކުން ހަމަލާދީފައިވަނީ އެމީހުން ދިރިއުޅޭ ގެއަށް.

10:41

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ އިސް ދެ އޮފިޝަލުން ކަމަށްވާ ޔާސިން ރާބިއާ އާއި ޚާލިދު ނަގަރް ޝަހީދުކޮށްލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

ނިރުބަވެރިން ބުނި ގޮތުގައި އެ ދެމީހުން ޝަހީދުކޮށްލާފައިވަނީ ޖުޑިއާ އާއި ސަމަރިއާ ސަރަހައްދުގައި. ނިރުބަވެރިން ބުނި ގޮތުގައި އެތަނަށް ދިން ހަމަލާއަކީ ސީދާ ހަމާސް ޖަމާއަތުގެ މީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއް.

މި ހަމަލާއާއި ގުޅިގެން ހަމާސް ޖަމާއަތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވޭ.

10:39

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި ބައެއް ތަންތަން ރޯކޮށްލައި، ބައެއް ސަރައްދުތަކަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށް ފަލަސްތީނުގެ ނޫހެއް ކަމަށް ވަފާއިން ރިޕޯޓް ކޮށްފި.

ނިރުބަވެރިންގެ މި ރެއިޑުގެ ތެރެއިން ފަލަސްތީނުގެ ހަނގުރާމަވެރިންނާއި ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކު ޝަހީދުވި ކަމެއް އަދި އެނގިފައެއް ނުވޭ.

10:23

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި

 

10:19

ނިރުބަވެރި އިސްރާއީލުން ރޭ އަލިފާން ރޯވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެން ހަމަލާދީފައިވާ ސަރަހައްދަކީ އެއީ މީގެ ކުރިން ނިރުބަވެރިން ރައްކާތެރިވާނެ ކަމަށް ބުނެެފައިވާ ސަރަހައްދެއް ފަލަސްތީން ނަސްލަތް ނިސްބަތްވާ އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބުނެފި.

 

10:00

ނިރުބަވެރި އިސްރާއީލުން ރަފާހުގެ ބްރިކްސް ކޭމްޕަށް ދިން ހަމަލާ އެމްއެސްއެފް ނުވަތަ ޑޮކްޓަރސް ވިތައުޓް ބޯޑަރއިން ކުށްވެރި ކޮށްފި.

އެމްއެސްއެފް އިން ބުނެފައިވަނީ ނިރުބަވެރިންގެ އެ ހަމަލާއަކީ ބަލަން ވެސް އުނދަގޫ، ހިތަށް ވެސް ތަދުވާ ކަހަލަ ހަމަލާއެއް ކަމަށް. އަދި އެ ހަމަލާދީފައިވަނީ ގެދޮރު ގެއްލިގެން އެތަނުގައި ޓެންޓް ޖަހައިގެން އުޅުނު މީހުންނަށް ކަމަށާއި ހަމަލާގެ ސަބަބުން ޣައްޒާގެ އެއްވެސް ސަރަހައްދެއް ރައްކާތެރި ނޫންކަން އެނގިގެން ގޮސްފައިވާ ކަމަށް.

އެހެން ކަމުން އެމްއެސްއެފްއިން ވަނީ ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް ކަމާއި ބެހޭ އިދާރާތަކަށް ގޮވާލާފަ.

 

09:56

ނިރުބަވެރި އިސްރާއީލުން ރަފާހުގެ ބްރިކްސް ކޭމްޕަށް ނުރައްކާތެރި ހަމަލާ ފަލަސްތީނުގެ ރައީސް، މަހުމޫދު އައްބާސްގެ ތަރުޖަމާނު، ނާބިލް އަބޫ ރުޑެއިނީ ކުސްވެރިކޮށްފި.

އޭނާ ވަނީ ނިރުބަވެރިން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުން އަންނަ އަނިޔާވެރި ހަމަލާ ވަގުތުން ހުއްޓުވަން ގޮވާލާފަ. އަދި ނިރުބަވެރިންގެ އެފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ އޯޑަރުތަކާއި މުޅިން ހިލާފަށް ހިންގަމުން އަންނަ ހަމަލާތަކެއް ކަމަށް ވަނީ ފާހަގަ ކޮށްފަ.

09:54

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދީފައިވާ ތިން ހަމަލާއެއް ތަހުގީގު ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)އަށް ގޮވާލައިފި

 

09:41

ނިރުބަވެރި އިސްރާއީލުން ރަފާހުގެ ޓެންޓްތަކަކަށް މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމުން އެނގިގެން ދަނީ ދުނިޔޭގެ ކޯޓުން ކޮށްފައިވާ އަމުރަށް ނިރުބަވެރިން ތަބާ ނުވާނެކަން ކަމަށް ކަމުގެ މާހިރުން ބުނެފި.

އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް މި މަހުގެ 24 ވަނަ ދުވަހު ދުނިޔޭގެ ކޯޓުން އަމުރު ކޮށްފައިވަނީ ޖެހިޖެހިގެން އެތައް ހަމަލާތަކެއް ނިރުބަވެރިން ވަނީ ރަފާހަށް ދީފަ. އޭގެ ތެރެއިން އެންމެ އަނިޔާވެރި ހަމަލާއަކަށް ފެނިގެން ދިޔައީ ރޭ ނިރުބަވެރިން އެސަރަހައްދުގެ ބްރިކްސް ކޭމްޕަށް ދިން ހަމަލާ.

މި ހަމަލާގައި މިހާތަނަށް 40 މީހަކު ވަނީ ދިރިތިއްބާ އަންދާލާފަ.

09:39

ނިރުބަވެރިން އެތައް ބަޔަކު ޝަހީދުކޮށްލި ބްރިކްސް ކޭމްޕް. މިއީ މިތަނަށް ހަމަލާދިނުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް

09:25

ޖައްބާރު ޔަހޫދީން ފަލަސްތީނުގެ ކޭމްޕަކަށް ހަމަލާދީ، އެތަން ރޯކޮށްލައި 40 މީހަކު ދިރިތިއްބާ އަންދާލައިފި

 

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ދުވަހުން ދުވަހަށް އަނެއްކާ ވެސް ވަރުގަދަ ކުރަން ފަށައިފިއެވެ. އެގޮތުން މީގެ ކުރިން ޣައްޒާގެ ތަންތަނުގައި ސީދާ އަލިފާން ރޯކޮށްފައި ނުވާއިރު، މިހާރު ނިރުބަވެރިން ވަނީ އެކަން ވެސް ކުރަން ފަށާފައެވެ.

ނިރުބަވެރިން އަލިފާން ރޯކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ދުނިޔޭގެ ކޯޓުން ހަމަލާތައް ނުދޭން އަމުރު ކުރި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހު ވެސް ހިމެނެއެވެ.

މި ހަމަލާގައި ގިނަ ބަޔަކު މިހާތަނަށް ޝަހީދުވެފައިވާއިރު، އެތައް ހާސް ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި ފާއިތުވި 24 ގަޑިއިރު ވެސް ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާ ކަަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ އެންމެ ފަހުގެ ތަފްސީލެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިރުޒާން

    ފަލަޞްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންނާއިމެދު އިޒުރާއީލްގެ ސަރުކާރުން ސިފައިން ހިންގަމުން ގެންދާ ޤަތުލު ޢާންމުތަކާއި ޖަރީމާތައް ހުއްޓުވާން ބޭނުންވާ ބާރެއް މިދުނިޔޭގައި ނެތް. އެކަން އެނގޭއިރު މުސްލިމުންގެ ބާރުގެ ގޮތުގައި ތިބި ސަޢޫދީ ޢަރަބިއާއާއި އެހެނިހެން ޢަރަބި މުއްސަނދި ޤައުމުތަކުން މިތިބެނީ ކުޅިބަލަން. އަދި އެމީހުން ތިބީ މި ޤަތުލުޢާންމު ހިންގުމުގެ ބައިވެރިން ކަމުގައިވާ އެމެރިކާއާއި ހުޅނގުގެ ބާރުގަދަ ޤައުމުތަކާއެކު މަޖާކޮށް ހީނ ސަމާސާ ކުރަން. ވީމާ، ފަލަޞްޠީނުގެ ބިމުގައި ފަލަޞްޠީނުގެ އެންމެ ރައްޔިތަކުވެސް ހުއްޓާ މިޤަތުލު ޢާންމަށް ނިމުމެއް އަންނާނީ ކިހިނަކުންތޯއެވެ.

  2. Anonymous

    ޔަހޫދީން މީހުންނާމެދު ކަންކުރާ ގޮތަށް، ޔަހޫދީންނާމެދު ކަންކުރަންވީ. އެ ނޫން ގޮތެއް ދެން ނެތް.

  3. ޢަހުމަދުވަގާރު

    ދުއާ ކުރަން ވީ ހަމަ