އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަށް އޮރެންޖު އިންޒާރު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރުނު އެލާޓްގައި ވަނީ މިއަދު ހަވީރު 15:00 އިން ފެށިގެން އިރުއޮއްސި 19:00 އަށް ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ އަށް އޮރެންޖު އެލާޓް ނެރެފައިވާނެ ކަމަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މި އެލާޓްގައިވެއެވެ.