މާލެ ސަރަހައްދުން އަންހެން ކުއްޖަކު ގެއްލިގެން އުޅޭތާ ހަތަރު ދުވަސްވުމާ އެކު، އެ ކުއްޖާ ހޯދަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަނީ ތ. މަޑިފުށި / ނައިޓްރޯސް، އާއިޝަތު ޒޯޔާ ފިކުރީ (14އ) ކަމަށެވެ.

ޒޯޔާ މިހާރު ދިރިއުޅެނީ ވިލިމާލޭގައެވެ. އެ ކުއްޖާ ދިރިއުޅޭ ގެ ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ ކުއްޖާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެ ކުއްޖާ ދިރިއުޅޭ ގެއިންނެވެ.

ފުލުހުން ބުނީ ޒޯޔާ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ތިޔަ ފިލީ! ތިޔަ އުމުރުގެ ކުރިން މިރިނުވެ ގޮބޮޅި ކާށިވެފާ ތިބޭކުރިން ކަމަށް ވާނީ!

    36
    4
  2. އަލޮމް މިއާ

    އުމުރުން 2 އަހަރުގަ އަތަށް ދެވުނީ ޓެބް/ފޯނު
    ނުދެވުނީ ރީތި ގޮތް ދަސްކޮށްދޭ ފޮތެއް ނޫނީ ނަސޭހަތް
    އުމުރުން 10 އަހަރުގަ ދެވުނީ ފޯނު
    ބަލާނުލެވުނީ ފޯނުން ކުދިން ކުރަމުންދިޔަ ކަންތައް
    އުމުރުން 12 ނޫނީ 14 އަހަރުގަ ހުޅުވީ ސޯޝަލް މީޑިއާގެ އިކި މަންސަތަކުގަ އެކައުންޓް
    ބަލާނުލެވުނީ ކުދިން އެ ސޯޝަލް މީޑިއާގަ ކުރަމުންދިއަ ކަންތައް
    އުމުރުން 15 އަހަރުގަ އަތަށްދެވުނީ އެކުދިންނަށް ސަޕްރައިޒެއްގެ ގޮތުގަދޭ އަގުބޮޑެތި ފޯނު
    ބަލާނުލެވުނީ ފޯނުން ކުދިން ކުރަމުން އަންނަ ކަންތައް
    އުމުރުން 18 އަހަރުގަ ކުދިން އަތުން ފެންނަންފެށީ ވޭޕް
    ފަހުގެ ޒަމާނާއެއްގޮތައް ދަރިންގެންގުޅެން ހަދައިގެން މިކަންކަން އޯކޭވޭ

    ހިތާމަވެރި ކިތައް ކަންތަކާ ޖެހުނީމަތޯ ކަންކަމާ ވިސްނަން ފަށާނީ
    ދަރިން ހެޔޮގޮތުގަ ތަރުބިއްޔަތުކުރަން ދޭންވީ ފޮތްތައް
    އުގަންނައި ދޭންވީ އިސްލާމީ ރިވެތި އުސޫލުތަކާ ހަމަތައް
    ސާލިހު ރަނގަޅު ދަރިއަކު ދުނިޔެމަތީގައި ހުރުމަކީ ކިހާބޮޑު ނަސީބެއްތޯ

  3. ބިންވެހުޅު

    ހިޔާ ފްލެޓު ތަކަކީ ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭ އިންސާނީ ކާރިސާ އަކަށް ވާނެ ތަނެއް!!! މިިހާރު ވެސް ހުރިހާ ނުރައްކާތެރި ކުށުގެ ހާތްޔެއް!!

  4. Anonymous

    ފުރަތަމަ އެއްވެސް މީހަކާ ހިތާވެގެންތޯ އުޅެނީ...؟؟؟ އާއިލާ ތެރޭ އެއްވެސް ކަމެއް ގޯސްތޯ މީހުސްވެސް ސުވާލު.