މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ އަލީ ހާޝިމް ވަކި ކުރުމުގެ މަސައްކަތް ފަށަން ފެންނަ ކަމަށް ނިންމާ މަޖިލީސްގެ ތަޅުމަށް ހުށަހަޅަން ފާސްކޮށްފައެވެ. މަލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ފިޔަވާ އެންމެން ވޯޓު ދީފައި ވަނީ މިގޮތަށެވެ.

މައްސަލައިގެ ފަސް ފަހަތް

އެމްއެމްއޭއަކީ 1981 ވަނަ އަހަރު ގާނޫނުގެ ދަށުން އެކުލަވާފައިވާ ރާއްޖޭގެ މަރުކަޒީ ބޭންކެވެ. އެ ބޭންކްގެ މައިގަނޑު މަގްސަދުގެ ތެރޭގައި ފައިސާ ނެރުމާއި، ފައިސާ ލިބެން ހުންނާނެ ގޮތް ހަމަޖެއްސުމާއި، ދިވެހި ރުފިޔާގެ ބައިނަލްއަގްވާމީ އަގު ކަނޑައެޅުމާއި ބޭންކިންގ އާ ބެހޭ މަނިޓަރީ މުއާމަލާތްތަކާއި ބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާ ދިިނުމުގެ ހިދުމަތްތައް އަދާ ކުރުންވެސް ހިމެނެއެވެ. އަދި ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ބޭންކްގެ މުއާމަލާތާއި ބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާ ދިނުމުގެ ހިދުމަތްތައް އަދާ ކުރުމާއި، އެެކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ރާއްޖެއާ ރާއްޖެއިން ބޭރުގައި ރާއްޖޭގެ މަނިޓަރީ ހަރުދަނާކަން ހިފެހެއްޓުމާއި، ރާއްޖޭގައި ހަމަޖެހޭ ރަނގަޅު އިގްތިސޯދީ ތަރައްގީއެއް ގެނެވޭފަދަ ގޮތެއްގައި މާލީ ހާލަތު ކުރިއެރުވުންވެސް ހިމެނެއެވެ.

މި މަގްސަދުތައް ހަސިލް ކުރުމަށް ގަނަވަރު ކަމުގެ މަގާމަށް ބޭފުޅަކު ކަނޑައަޅުއްވާފައިވާއިރު، މިހާރުގެ ގަވަރުނަރަކީ އަލީ ހާޝިމެވެ.

ގައުމުގެ މިއަދުގެ ހާލަތު

މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް ވަނީ ގައުމުގެ އިގްތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަ ކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ނިކަމެތިވެގެން ދިޔައިރު،، އެމްއެމްއޭގެ ގާނޫނުގައި ބަޔާން ކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުންދާކަން ފެންނަމުން ނުދާ ކަމަަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

އެގޮތުން ރާއްޖޭގައި ހިންގާ ބޭންކްތަކާއި ފައިނޭންޝިއަލް އިންސްޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮަށް ހިފަހައްޓާ، ބެންކްތަކުގެ ރިޒާވް، އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅުއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ. ނާޒިމް ވިދާޅުވީ މިގޮތަށް އަމަލު ކުރުމުގެ ސަބަބުން އިގްތިސޯދު ތެރޭގައި ދައުރުވަމުންދާ ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސޯދުގެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.

އަދި ސަރުކާރުންވެސް މިހާރު ފައިސާ ހޯދަމުން ގެންދަނީ ޑޮމެސްޓިކް މާކެޓުން ކަމުން ކޮމެސްޓިކް މާކެޓުް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުުހިއްމު ކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ކުރަމުންދާތަން ނުފެންނަ ކަަމަށްވެސް ނާޒިމް ވިދާޅުވެފައި ވެއެވެ.

ދާހިލީ ވުޒާރާ އާއި ފުލުހުންގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ކަންކަމާއި ބެހޭ ކޮމެޓީގައި ހިއްސާ ކޮށްފައިވާ މައުލޫމާތްތަކުގައި ކުށް ކުރުން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތައް އަދާ ހަމަކުރެވިފައިނުވާކަން ފާހަގަކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވެފައި ވެއެވެ.

ހާޝިމް ގަވަރުނަރު ކަމުގެ މަގާމުން ވަކި ކުރަން ހުށަހެޅުން

ހާޝީމް މަގާމުން ވަކި ކުރުމަށް ހުށަހަޅާ މައްސަލައިގައި ނާޒިމް ވިދާޅުވެފައިވާގޮތުގައި އެމްއެމްއޭގެ ގާނޫނުގައި ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ މަައިގަނޑު މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ނޮވެމްބަރު 17އިން ފެށިގެން މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމުގައި އަދި އެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީ ގޮތުން ހަރަދަނާ މަސައްކަތްތަކެއް ކޮށްފައި ނުވެއެވެ.

އަދި ރާއްޖޭގެ އިގްތިސޯދު ހީނަރުވެ، ގައުމު ބޮޑު އިގްތިސޯދީ ކާރިސާއަކުން ސަލާމަތްވުމަށްޓަކަައި، އެމްއެމްއޭއަކީ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ މުވައްސަސާއަކަށްވާއިރު، އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަުން ގަވަރުނަރު އެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ދަނޑިވަޅަކީ މަރުކަޒީ ބޭންކްގެ ފަރާތުން ގައުމުގެ މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަން ނަމަ އެކަން ކުރުމުގެ ވަގުތުކަމުން، މަރުކަޒީ ބޭންކް ހިންގުމަށް ތާޒާ އާރޯ ލީޑާޝިޕެއް ބޭނުންވާ ކަމަށްވެސް އެ މައްސަލައިގައި ނާޒިމް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އެމްއެމްއޭގެ ގަވަރުނަރުކަމުން އަލީ ހާޝީމް ވަކި ކުރުމަށް ރަައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ހުށަހަޅާ ކަަމަށްވެސް ނާޒިމްގެ ހުށަހެޅުމުގައި ވިދާޅުވެފައި ވެއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ ލަފައެއް ނުލިބޭ، މަސްއޫލިއްޔަތު އަދާނުކުރައްވާ: ނާޒިމް

އެމްއެމްއޭގެ ގަނަވަރުނަރަކަށް ހާޝިމް އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހެވެ.

އަލީ ހާޝިމް، އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވީ އެ މަހުގެ ފަސް ވަނަ ދުވަހެވެ.

އޭނާ ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރާއިހަމައަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޚޮކި

    އަދިވެސް ދައުލަތުގެ ފައިސާއިން ބޭކާރު ޚަރަދުކުރޭ! ރައީސުއްޖުމުހޫރިއްޔާ އިތުރު މީހަކާ އިނދިފަ އެގެއަށް މިލިޔަނުން ޚަރަދުކުރޭ!

    9
    17
  2. Anonymous

    އެމްޑީޕީން މަގާމުދީފައިތިބި ހުރިހާ އެންމެން ވަކިކުރޭ،އަދިވެސް ސިޔާސީމަގާމުތަކުގާއެތިބީއެމީހުން ދިސްއިޒްއަޖޯކް

    27
    3
  3. ޜޖރޖެޖކކ

    ބޭނުންވަރަކަށް ފައިސާ ޗާޕްކުރަން އެއްބަސްނުވީ.

    14
    19
  4. ޗަކަ

    އައްޑޫހިތަދޫއިން ދޫކުރާބިންތަކުން ބައެއްމީހުންނަށް ލިބުނު ބިންކޮޅު މިހާރު ދޫނުކުރާގޮތަށް ކައުންސިލުން ނިންމާފައިވާތީ މިކަންވެސް ބަލައިދިނުން އެދެން

    12
    5
  5. ހުސްނުވާ

    ލަސްވެއްޖެ އެމް.އެމް.އޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކޮށްފައި މިހާރުގެ ޓޫރިޒަމް މިނިސްޓަރ ގަވަރުނަރުކަމަށް އައްޔަންކުރަންފެނޭ، ޓޫރިޒަމް މިނިސްޓަރވަރުގެ ގާބިލު ބޭފުޅަކު މިހާރަކުނެތް ގަވަރނަރުކަމަށް.

    10
    13
    • ލޮލް

      އައި އަށްފެނޭ އުއްތަމަ ފަނޑިޔާރަކަށް ސައުތު ތައުފީގް ހަމަޖައްސަން. ވަރަށް ގާބިލު ބޭފުޅެއް ގައުމުގެ ރައީސްކަމަށްވެސް.

  6. ސާމް

    ވަކި ކުރީމަ ނިމުނީދޯ އަދަބެއް އޮންނަޖެހޭނެ. އޭނާގަ މައްޗަށް ފައުވާ އުފުލަންޖެހޭނެ.

    16
    2
  7. ޢިލޫ

    ތިކަން ކުރަން ލަސްވެއްޖެ! ރާއްޖޭގެ ބޭންކިން ނިޒާމެއް ނެތޭ ބުނިޔަސް ދޮގަކަށް ނުވާނެ! ތީނަ ހަދަނީ ހުސް ދޮގު!

    21
    2
  8. ހަންޑިކުޑަ

    ތިޔަ ހުރިހާ ގަނޑެއް ގަންނަން ތިޔަ އުލުއްވަނީ އިނބަމެން ބޭނުންވާ ސަކަރާތް މީނަ ހުއްޓާ ނެޖެހޭނެތީތޯއެވެ. ދެން ތިޔަ މަޤާމަށް ބާޒާރު މަތީގައި އުލޭ ކުއްޖެއް ލާށެވެ. އޭރުން ހުރިހާ ކަމެއް ހަމަވީއެވެ.

    10
    11
  9. ހުސެންބެ

    ތިކަހަލަހުރީހާބޮޑެތީގަސްތަކެއްކަޑާނެ އެއީކޮންމެސަރުކާރަކުންވެސްކުރާކަންތައް

    7
    5
  10. ކަށިކެޔޮ އާދަނު

    ރަނގަޅަށް މަސްގަނޑު މޮޑެލެވޭނެގޮތެއްހަދަނީ އުތަ ؟؟

    8
    13
  11. މަށްލާ

    ގައުމު ފުނޑާލުމުގަ ޗޯރާއިދެމީހުންގެ ހިއްސާ ވަރަށްބޮޑު އޭނައާއި ޗޯރާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ދެންއަންނަ ޖީލުތަކަށް ގެއްލުމާއި ހަލާކު ފެނިގެންދާނެ ކަމަކީ ޔަގީންކަމެއް ވަގުތު ގެއްލުވާނުލާ ގައުމަށް އިންތިހާއަށް ހިޔާނާތްތެރިވި އެދެމީހުން ހަށްޔަރުކުރުމަށް ސަރުކާރަށް ގޮވާލަން މިކަމުގަ ސަރުކާރުން ހެޔޮދުޅު ވެގެން މިކަން މިއަދުވާކަށްނެތް ވަގުތުން ހަށްޔަރުކުރޭ.

    15
    3
  12. މަށްލާ

    ގައުމު ފުނޑާލުމުގަ ޗޯރާއިދެމީހުންގެ ހިއްސާ ވަރަށްބޮޑު އޭނައާއި ޗޯރާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ދެންއަންނަ ޖީލުތަކަށް ގެއްލުމާއި ހަލާކު ފެނިގެންދާނެ ކަމަކީ ޔަގީންކަމެއް ވަގުތު ގެއްލުވާނުލާ ގައުމަށް އިންތިހާއަށް ހިޔާނާތްތެރިވި އެދެމީހުން ހަށްޔަރުކުރުމަށް ސަރުކާރަށް ގޮވާލަން މިކަމުގަ ސަރުކާރުން ހެޔޮފުޅު ވެގެން މިކަން މިއަދުވާކަށްނެތް ވަގުތުން ހަށްޔަރުކުރޭ.

    14
  13. ޅާމް

    ގަވަރުނަރު ނިކަން އުފާވާނެ އޭނާ ކަނޑާލާފިއްޔާމުން. އޭރުން އެއްކަމަކަށްވެސް ޖަވާބުދާރީއެއް ޒިންމާއެއްނުނަވާ އޭނާއަށް އެކަމުން މުޅިން ރެކިގަނެވުނީ. ދެން އޭނާވެސް ރައްޔިތުންނަށް ލަލާ ކިޔާފަ ހަމަ އުޅެންވީ. މިހާ ބޮޑެތި އިހުމާލުވެފަ ދައުލަތަށް ބޮޑެތި ގެއްލުންދީފަ އެއްވެސް ޒިންމާއެއް ނުއުފުލާ މިހެން ދޫކޮއްލައިގެން ނުވާނެ. އެބަޖެހޭ މިވަރު ކަންކަމުގައި އަދަބު ލިބެން. އަދި ދައުވާތަށް އުފުލެން. އެހެންނޫނީ މިފަދަކަންކަން ތަކުރާރުވުމަށް ހިތްވަރު ދެވޭނީ. ކުރީގެ ފިނޭންސު މިނިސްޓަރަށްވެސް ފައުވާ އުފުލަންޖެހޭ.

    13
    1
  14. ޅިޔަނުބެ

    ކުރީގެ މޫތައް ލުހެލަނީ ދޯ! ރަނގަޅު މީހަކު ތިތަނަށް ލައްޗޭ އަދުރޭ. އެކަމަކު ކަލޭކަހަލަ މީހަކު ނުލާތި

    13
    1
  15. ނާދިރާ

    ސިީޔާސީމަގާމްތަކުގަތިބިއެމްޑީޕީމީހުންވަކިކުރޭ

  16. ރެކިފުތާ

    މަސްއޫލިއްޔަތު އަދާނުކޮއްގެން ވަކިކުރަންޔާ މިދިޔަ މަސްތަކުގެ މުސާރަ ކަނޑާލައްޗޭ. ބޮޑެތި މަގާމުތަކުގަ ރައްޔިތުންގެ ލާރިން ލައްކައިން މުސާރަޔާ ބޮޑެތި އިނާޔައްތައްނަގައިގެން ކަމެއްނުކޮއް އިނދެ މުސާރަކާލައިގެން ބެޗިއެ ދީގެންނުވާނެ. މިކަހަލަ ގައްދާރުން ނޫން ބަޔަކު މި ރަންރީދޫގަ ނޫޅެ. ގައިމު މީނަ ހިންގާ ލކއޓ ފިހާރަތަކުގަ މުއައްޒަފުންނައް ކަމެއްނުކޮއް މުސާރަ ކައިލައިގެން އުޅެން ދޭނެބާ؟

  17. ނަތަންޔާހޫ

    އަދުރޭގެ ފަހަރިއެއް ލުން ބުއްދިވެރިވާނެ. އޭރުން ތި ކައްކަން އުލޭ ރިހަ ގަނޑުގެރި ލޮނު ހެޔޮވަރު ކޮއްލާނެ!

  18. ހާމީން

    މިތާނގަ މިލިޔެލަދެނީ ވަރަށް ސާފުކޮށް ރާއްޖެ ފަހަތުގަ އޮތްވަރު:
    ޕޭޕަލް ފަދަ ސާވިސްއެއް މިތަނަށް އައުމަށް ދެކޮޅު ހެދުން.
    ފަވަރަ އަކީ އަދި ހަމަ ނަމެއް.
    ޔުނިފައިޑް ޕޭމެންޓް ސިސްޓަމެއް ނެތުން.
    ޑޮލަރު ލިމިޓު ކުރުމުގެ އެއްވެސް އަސާސެއް މިހާރުގެ ހާލަތާ ބަލާފަ ނެތުން.
    އޮންލައިން ކޮށް.. ޑޮލަރު ވެއްދޭނެ ހުރިހާ މަގެއް ބަންދުކޮށްގެން މިވީހާދުވަހު އުޅުން.
    ގަވަރުނަރު އިސްތިއުފާ..

  19. މުޙައްމަދު

    މިކަމަށް އެންމެ ޤާބިލު ބޭފުޅަކަށް ހިސާބު ސަރ ވާނެ! ބުނެލީ

  20. ބޯހަލަަކު

    ހަމަފައިސާ ޗާޕު ކުރަން އެއްބަސް ނުވީމަ ބޭރު ކުރަނީ ދެބޯގެރި ސަރުކާރު