ތުރުކީ އަށް މިއަަދު އައި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

5.7 މެގްނެޓިއުޑް ބާރުމިނުގައި ފަސް ކިލޯމީޓަރު އަޑިއަށް، މި ބިންހެލުން އައިސްފައި ވަނީ، ތުރުކީ-އީރާން ސަރަހައްދީ ރޮގު ކައިރިއަށެވެ. މި ބިންހެލުމާއި ގުޅިގެން މިހާތަނަށް 7 މީހަކު ވަނީ މަރުވެފައެވެ.

ތުރުކީގެ ޕަބްލިކް ބްރޯޑްކާސްޓަރ ޓީއާރްޓީ ވޯލްޑް އިން ބުނީ، މި ބިންހެލުމުގެ އަސަރު އެ ގައުމުގެ 45 ވިލޭޖަކަށް ކުރި ކަމަށެވެ. އަދި މިއީ އެ ގައުމުގެ ތާރީހުގައިވެސް އައިއެންމެ ބާރުގަދަ ބިންހެލުން ކަމަށްވެސް ބުނެފައި ވެއެވެ.

ޓީއާރްޓީން ބުނީ، މި ބިންހެލުމުގައި ގެއްލުންވި ސަރަހައްދުތަކަށް އިންސްޕެކްޓް ކުރުމަށް މީހުން ފޮނުވާފައިވާ ކަމަށެވެ. އަދި ވޭން ސިޓީގައި އިމާރާތްތަކެއް ބިމާއި ހަމަވެފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށް ވެއެވެ.

ތުރުކީގެ އޮފިޝަލުން ބުނެފައި ވަނީ، އެ ބިންހެލުމާއި ގުޅިގެން ގެއްލުންވި ސަރަހައްދުތަަކަށް އެމާޖެންސީ ޓީމްތައް ފޮނުވާފައިވާކަމަށެވެ. އެއީ އީރާނުގެ އަޒަރްބައިޖާން ޕްރޮވިންސެވެ. އެހެން ނަމަވެސް އެ ސަރަހައްދަށް ގެއްލުންތަކެއް ވެފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު