މާލޭ ގެއެއް ކަރަންޓީން ކުރެވުނީ އޮޅިގެންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭއިން ވިދާޅުވީ، މާލޭގެ ގެއެއްގައި ހުރި މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އެ ގެއަށް ވަދެ ނިކުތުން މަނާކޮށްފައިވަނީ ލިބުނު ގޯސް މައުލޫމާތުގެ ސަބަބުން ކަމަށެވެ.

ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަށް ފޮނުއްވި ސިޓީއެއްގައި ވަނީ މާލޭގެ ގެއަކަށް ވަދެ ނިކުތުން މަނާ ކުރީ ސިއްހީ ކުއްލި ނުރައްކަލުގެ އިއުލާންކޮށްފައިވާތީ އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

އެގެއަށް މީހުން ވަދެ ނުކުމުން މަނާކޮށްފައިވަނީ އެގޭގައި ހުރި މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލުމަށް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މި ދަނޑިވަޅުގައި އެގޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މާއަފަށް އެދިފައެވެ. އަދި އެޗްޕީއޭއިން ވަނީ މިފަދަ ހާލަތެއްގައި ގައުމު އޮތްއިރު ކަމާއި ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، އާންމު ސިއްހަތުގެ ގާނޫގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މޭން

    ވަޓް އަ ޖޯކް. ސިޔާސީ ޕްރެޝަރެއް އައީ ދޯ

    52
    1
    • ޙަސަނުގެދަރި

      އެމީހާ ދޮގު މައުލޫމާތު ދިނީ

      19
      7
    • ދދދދދ

      ކޮބާ އެއްކަލަ "ގޮލާ" ޖިނާއީ ދައުވާ ކުރަން ނުބުނާނަންތަ ބަޔަކު ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލީމަ. ނުކެރޭނެ.

      16
  2. ސަމިއްޔާ

    މުޅިންވެސް އޮޅިގެން.ބޯ ހަލާކު.

    34
    1
  3. ކޮރަލް

    މައިމޫނާ އިސްތިއުފާ ދޭން ވީ އެވެ.

    30
    5
  4. މައިމުނާ

    މައިމޫނާ އިސްތިގުފާ މައިމޫނާ އިސްތިގުފާ

    27
    4
  5. ވަލީދު

    މަތިން އެންގީ ދޯ

    26
    1
  6. ދޮރުންދޮރަށް

    މީބޮޑުވަރު ހޭއަރާބަލަ!

    27
  7. ސާފު

    އަދިވެސް ފާހަނަ ޓިޝޫ މުބާރަތް ކުރިޔައް ގެންދެވޭތޯބަލާތި، ރައްޔިތުންނަށް އަޅާލާނެކަމެއްނެތް

    32
    1
  8. ޗާލު

    މިހުންނަނީ އޮޅިގެން ކުރެވެންޖެހޭ ކަންކަމެއްނޫން. ވަރަށް ނާތަހުޒީބުކަމެއް. އެއްވެސް ޒިންމާދާރުކަމެއް ސަރުކާރުގަނެތް. ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާމެދު ޝައްކުއުފެދޭ. ބަލިޖެހިފަތިބޭ މީހުން އެތެރެ އަދި ބޭރުވެސްވޭ އޮޅިގެން. އެކަމަކު ބަރާބަރަށް މޮނިޓަރކުރަމޯ.

    17
    1
  9. ހުސޭނުބޭ

    އަޅެ ތިވަރަށް ތި އޮޅެނީ ބުއްޅަބޭގެ ސަރުބަތުފުޅި ބޮއިގެންތަ؟

    15
  10. ކިޔުންތެރިޔާ

    މައްސަލައެއްނޫން. ތިބޭފުޅުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ތިޔަ ކުރައްވާ މަސައްކަތްތަކަށް ޝުކުރު ދަންނަނަވަން.

    2
    15
  11. ކިނބޫ

    ކޮބާ ފޭކު މައުލޫމާތު ދިން މީހާ؟ ދޮގު ހަދަނީ ވަކި ވަރަކަށް ނޫން.

    9
    1
  12. ައޮޅުނު މީހާ

    އޮޅުނުގޮތް ސާފު ކޮއްދެއްވާ

    16
  13. ބްރޯ

    ދޮގެއްނޫން މީހަކު ބައްޔަށް ސައްކުވެއްޖެ ނަމަ ނަތީޖާ ނުލިބުނަސް ކަރަންޓީނު ކުރިޔަސް އެ ގެއެއް އިއުލާން ކުރަންވާނެ. އާންމުކޮށް އެގެ ކަރަންޓީނުކަން އެގެންވާނެ .މިއީ ކުޅޭ ކުޅިވަރެއްނޫން ނުރައްކާ ވައިރަހެއްގެ މައްސަލަ ދުނިޔޭގަ އެބުރިފައައީމަ އެހެން މީހުން އުޅެން މިޖެހެނީ ބިރުން ރޫރޫ އަލައަޅާ މިއީ ކިހާބޮޑުކަމެއް . ބަލަގަ ކުރިން ތިބިތަނުގެ މިކަން ނިމެންދެން ތިބިއްޔާވާނީ ކީއް ރައްކާތެރިވެގެން ތިބެބަޔަކަށް ކޮންމެތާކު ތިއްބަސް ރައްކާތެރިކަންލިބޭނެ.

    14
  14. ޢަދުރޭ

    ހެލްތު ޕްރޮޓެކްޝަން އެޖެންސީ ތައްޔާރުވެފަ އޮތް ވަރު އޭގެން އެނގެނީ . ކާކު ބޭނުންވަނީ ތިމާގެ މަންމަ ނޫނީ ބައްޕަ ނޫނީ ކާފަ ޖެހޭ އަރިދަފުސް ރޯގާއެއްގައި 1 މަސްދުވަހުން މަރުވާން . ފުއްޕާ މޭ ގައި ދޮސްގަނެ ފުއްޕާމޭ ގިރުވާލާ މި ގައިންގަޔަށް އަރާ ރޯގާ އަރިދަފުސް ރޯގާ އަށް ވުރެ 1000 ގުނަ ބާރަށް ފެތުރޭ . ޙެލްތު ޕްރޮޓެކްޝަން އެޖެންސީ އަށް ޝުކުރު ކުރުން ޙައްޤު އެމީހުން ރައްޔިތުންގެ ސަލާމަތަށް ޓަކާ ބިރުން އެތިބަ ތިބުމަށްޓަކާ... އަދިވެސް ކަރަންޓީނު ކުރޭ ..ކިރިޔާ ޝައްކެއް ވަހުމެއް ހިނގިޔަސް ކަރަންޓީނު ކުރާތި . ރަނގަޅަށް ތި ހަދަނީ