ކޮވިޑް-19 އާއި ގުޅިގެން މިހާރު ޢިއުލާންކުރައްވާފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއެކު މާލެ ސިޓީގައި ބޭރަށް ނުކުމެ އުޅުން މަނާ ވަގުތު ފެށިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސީޓީ ފުރަބަންދު ކުރަން ނިންމާފައި ވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު ހަވީރު 17:00 އިން 20:00 އަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން ވިދާޅުވާގޮތުގައި މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް މީހުން މަގުމައްޗަށް ނިކުމެ އުޅުން މިވަގުތުތަކުގައި މަނާ ވާނެއެވެ. އަދި މިވަގުތުތަކުގައި ބެރަށް އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ތިން ގަޑިއިރަށް މުޅި މާލެ ސިޓީ ފުރަބަންދު ކުރުމާއެކު މާލެ ސިޓީ މަގުތައް ހަމަހިމޭންވެއްޖެ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ 17:00 އިން ފެށިގެން 20:00 އާއި ހަމައަށް ބޭރަށް ނުކުމެ އުޅެވޭނީ ހުއްދަ ދެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެފަދަ ހުއްދަ ދެވިފައިވާ ފަރާތްތައް އެއޮފީހެއްގެ ޔުނިފޯމުގައި އުޅުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ތިން ގަޑިއިރަށް މުޅި މާލެ ސިޓީ ފުރަބަންދު ކުރުމާއެކު މާލެ ސިޓީ މަގުތައް ހަމަހިމޭންވެއްޖެ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މީގެ ތެރޭގައި ހިމެނެނީ ސަލާމާތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުޅަނދުތަކާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުތައް، ވޭސްޓް މެނޭޖްމެންޓް މުއައްޒަފުން އަދި އުޅަނދުތައް، އުރީދު، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެކްލޯ، އެމްޑަބްލިޔުއެސްސީގެ ޔުނިފޯމު އެޅި ފަރާތްތަކާއި އެ ފަރާތްތައް ދުއްވާ އުޅަނދުތަކެވެ. އަދި ދައުލަތުގެ ޖީ ބޯރޑު ޖެހި އުޅަނދުތަކާއި، ޑިޕްލޮމެޓިކް އުޅަނދުތަކާއި، އެމްބިޔުލާންސް، އެންއީއޯސީގެ ފާސް ލިބިފައިވާ އުޅަނދުތަކާއި، ފާމަސީ މުއައްޒަފުންނާއި އެމުއްޒަފުން ދުއްވާ އުޅަނދުތައް އަދި އެޗްޕީއޭއިން ދޫކޮށްފައިވާ ޚާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައްވެސް ހިމެނެއެވެ.

ފުރަބަންދު މިވަގުތުތަކުގައި ޕަބްލިކް ޓްރާންސްޕޯޓް ކަމަށްވާ ބަހާއި، ފެރީގެ ޙިދުމަތް ދިނުން މަނާވާނެއެވެ.

އެޗްޕީއޭއިން މި ފިޔަވަޅު އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވަލަޖު

    ޔާސީން ކިޔަވާލާ ބަޤަރާ ކިޔާވާލަން ވަގުތު ކޮޅެއް ދެއްވީތީ ޝުކުރިއްޔާ. މިވަގުތު މިހެން ބާއްވަން ފެނޭ އަބަދުވެސް ބަންދުކޮށްފައި

    55
    4
  2. ކިނބޫ

    އިސްތިއުފާ ނާގާބިލް އެޖެންޑާ 19

    14
    8
  3. ލޮލީ

    ހަވީރު 4 ކުން ފެށިގެން ފަތިހު 5 ކަށް މިގޮތައް ބާއްވައް ވީ

    16
    1
  4. ގެރިމޯދީގެ ކަންޒުކަހަނބު

    މިވެސް ކިހާ ބޮޑު ބަލާއެެއް

    2
    21
  5. ވަގުތުކޮޅު

    ކާފިއޫ ހިންގިޔަސް އެކަކު ދޫވެފައި އެބަހުރޭ. އަދި އެއަށްވުރެ މާބޮޑަށް އެކަލޭގެ ދޫ ދޫވެފައި އެބައޮވޭ. މިކަން ނުހުއްޓުވައި ކާފިއޫ ހިންގިޔޭ ކިޔާފައި ސަލާމަތެއް އެބައޮތްތަ؟

    11
    1
  6. ގުނބޯ

    މިއަދު ގައުމު ރޮނީ ރައީސް ޔާމީންނެތީމަ... އެޖެންޑާ 19 މީ ގައުމުގެ ހަލާކު...

    18
    15
  7. Anonymous

    ޔޫކޭއިން އައިކުދިން ފިނިބުރު ޖައްސަވާ ގޮނޑިފުޅު ދުއްވަވާ ވަގުތުފުޅު ޖެހުނީތޯ

    17
    3
  8. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ރައްޔިތުންނަށް ޖައްސާ ބަލާވެރިކަން ހުސް

    11
    12
  9. ކާފިޔު

    މާލޭގެ ލޯކަލް މާރުކޭޓުގައި ކާފިއޫ ހިންގާފައި އޮންނަތާ އެތައް މަހެއް ވެއްޖެ. އެތަން މި ކާފިއޫގައި އެތަން ހިމެނިގެން ނުވާނެ.

    3
    1
  10. ނޯޓީ

    ބޭނުންމީހަކު ހަމަ ނިކުމެ އުޅެނީ.ސައިކަލްގަވެސް ބައިވަރު.ކަރުގަ ފާސް އަޅުވައިގެންވެސް ބައިވަރު މީހުން ނިކުމެ އުޅޭ.ކޮބާތަ ގަޑި ތަކެއް ހެދުމުގެ ބޭނުމެއް.ދިވެހިން ނުވާނެ ރަނގަޅެއް.ކަމެއް ނުކުރާށޭ ބުނެފިއްޔާ ކޮށްލެވޭތޯ ބަލާނެ.

    7
    4
  11. ދެރަކަމެއް

    ތިހެން އަހަރުންނަށް ހެޔޮ ފުރަބަންދު ނުކުރިއަސް މާލެ.... ތިއޮތީވާ ފުރަބަންދެއް ކުރެވިފަ

    8
    5
  12. Anonymous

    މޭއި ގޯޑް ގައިޑް އަސް ޓު ދަ ރައިޓް ޕާތް!!!

    8
    1
  13. ހާލުގެދުލުންއެދިގޮވަނީ މިއަދު ރައީސްޔާމީންއަށް

    ދިވެހީން މިއަދުބަ ޑަށް ޖައްސައިފިޔޭ ނެތުމުން
    ރައީސް ދިވެހީން މިއަދުބޭނުން ވަނީ ޔާމީން ރައީސް!

    4
    1
  14. ޙެހެ

    ތިޔަހެން ކަފިޔު ހިންގިމަ ކުށްކުރުން މަދުވަނެ ކަމަށްބެލެވެ މި ވަރަށްރަގަނޅުކަމެއް އެހެންގައުމުތަކުގަ އެކަމަކު ތިންހަތަރު މަހަށްކަފިޔު ހިންގަނި

  15. ދުއާ

    ވަރަށް ރީތި މަންޒަރެއް. ޝުކުރިއްޔާ ރައީސް ޔާމީން. މަނިކުފާނަށް ހެއޮ ރަހުމަތް ލައްވާށި.

  16. ފޫއެނބުރި

    މީ ލާރިހުސްވީމަ ލާރިހޯދަންކުރާކަމެއް ދުވާލަކު ތިންގަޑިއިރު ބަންދުކޮއްގެން ފިނިބުރުޖެހުންފިޔަވާ ކޮންކަމެއްކުރެވޭނީ