މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 133 މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3827 އަށް އަރާފައެވެ. އެ ގައުމުން އިތުރު 2089 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 62589 އަށް އަރާފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27039 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 3987 މީހެއްގެ ހާލު ސީރިއަސް އެވެ.

އީރާނުން މި ވައިރަސް ޖެހިގެން މިދިޔަ އާދީއްތަ ދުވަހު މަރުވި މީހުންނާއި އަޅާބަލާއިރު، އިއްޔެ މަރުވި މީހުންގެ އަދަދު މަދެވެ. އެ ގައުމުން އަދީއްތަ ދުވަހު މަރުވެފައި ވަނީ، 136 މީހުންނެވެ.

ކޮވިޑް-19 އެންމެ ގަދައަށް ފެތުރެމުން އަންނަ އެއް ގައުމަކަށް އީރާނު ވަނީ ވެފައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1,362,045 އަށް އަރާފައެެވެ. އެ ވައިރަސް ޖެހިގެން މިހާތަަނަށް މަރުވި މީހުންގެ އަދަދު ވަނީ 76,328 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު