އެކުވެރި އަރަބި އިމާރާތުގެ މިސްކިތްތައް ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފިއެވެ.
އެގައުމުގެ މިއްކިތްތައް އެންމެ ފުރަތަމަ ބަންދުކުރަން ނިންމީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އޭރު ނިންމީ 1 މަސް ދުވަހަށް މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށެވެ.
މިހާރު އެ ނިންމުން ބަދަލުކޮށް މުއްދަތެއް ނެތްގޮތަށް ބަންދު ކުރުމުން، ރޯދަމަހުގައި ވެސް އެގައުމުގެ މިސްކިތްތައް ބަންދުވާނެއެވެ. އިއްޔެ މިސްރުންވެސް ވަނީ ރޯދަމަހު މިސްކިތްތައް ބަންދުކޮށްފައި ބަހައްތަން ނިންމާފައެވެ.
އެކުވެރި އަރަބި އިމާރާތުގެ މިސްކިތްތަކުގެ އިތުރުން އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަންވެސް ބަންދު ވާނެއެވެ. އެގައުމުގައި އެތައް ހާސް މިސްކިތެއް ހުންނަ އިރު، ކިރިސްޓިއަނުން އަޅުކަން ކުރުމަށް 40 ފައްޅިއާއި، ހިންދޫއިން އަޅުކަން ކުރުމަށް އެއް ފައްޅި ބިނާކޮށްފައިވެއެވެ.
އެގައުމުގައި ދިރިއުޅޭ ހިންދޫން އަޅުކަން ކުރުމަށް ފައްޅިއެއް ބިނާކުރީ މިދިޔަ އަހަރުއެވެ. އެ ފައްޅީގެ ބިންގާ އެޅީ އިންޑިޔާގެ ބޮޑުވަޒީރެވެ.
ހުޅަނގުގެ ޤައުމު ތަކުގައި ތާޅަފިލިން ބަންގިގޮވާ މުޅި ޤައުމުގައި މިސްކިތްތަށް ހުރިކަން އަންގާލީމަ މުސްލިމު ޤައުމު ތަކުގަ މިސްކިތްތަށް ބަންދު ކުރަނީ ......??
ވަޒީފަތަކުން ކަނޑާލާފަ ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށް ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފަ.

ދޮންމީހުން ރަނގަޅުވީތަ؟