ރާއްޖެއިން އިތުރު 19 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިއަދު 2:45 އާއި ހަމައަށް ރާއްޖެއިން އިތުރު 19 މީހަކު ކޮވިޑް-19އަށް ފައްސިވެފައި ވާ ކަމަށެވެ.

ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި، ބަންގްލަދޭޝް 13 މީހަކާއި، އިންޑިއާ މީހެއްގެ އިތުުރުން، ނޭޕާލް މީހެކެވެ.

މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1457 އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އެގޮތުން 14:45 އާއި ހަމައަށް މި ބައްޔަށް ފައްސިވި ބިދޭސީންގެ އަދަދު ވަނީ 946 އަށް އަރާފައެވެ. އަދި މި ބައްޔަށް ފައްސިވި ދިވެހިންގެ އަދަދަކީ 511 އެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރެއާއި ހަމައަށް ނިޔާވި މީހުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ. ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު 232 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެމަންޖެ

    އަވަހައް މާލޭގެ ލޮކުޑައުން އުވާލާ އަންނި ބޭނުންވާގޮތް ހަދާލާ.

    19
  2. ޢަބްދުއްލަޠީފު

    ޤާނޫނު އަސާސީއަށް ބަދަލުތައް ގެނެސްގެން ކެނެރީގޭ ނަޝީދު ބޭނުންވާ ކަންތަކަށް މަގުފަހި ކޮށްދޭ މެމްބަރުން ދަންނާތި ކަލޭމެންވެސް އުޅެން ޖެހޭނީ މިފަސްގަނޑުގަ އަހަރުމެންގެ ތެރޭގަ ކަމާ އަދި މަރުވަންދެން ތިޔަމަޖިލީހުގަ ރައްޔިތުންގެ ހިތަށް ތަދު ކުރަން ނުތިބެވޭނެކަމާ އަދި މިރާއްޖޭގަ މިއޮތް ހާމަނީ މިގޮތުގާދެމިއޮންނާނީ ކަލޭމެން ކަންތައްކުރާ ގޮތެއްގެ މައްޗަށް ބިނާވެގެންކަމާ އަދި ޅައެއްޗެއް އަޅާފަ އަހަރުމެންނަށް ދުއްތުރާލެއް ކުރިމަތި ވެއްޖެނަމަ ކަލޭމެން އޭގެ އަގު ދައްކަން ޖެހޭނެކަން. ނަމަނަމަ ރައްޔިތުންގެ ވޯޓަކުން މިރާއްޖޭގަ ނިއްމާ ސިއްކަޖަހާފަ އޮތް ރިޔާސީ ނިޒާމު ބަދަލުކޮށް ސަކަރާތް ޖަހަން އެއްގޮތަކަށްވެސް ނޫޅޭތި. ރައްޔިތުންގެ ބާރު ވެރިކަމުގެ ނިޒާމުގެ ތެރެއިން ފޭރިގަންނަންވެގެން ކެނެރީގޭ ނަޝީދު ދައްކާ ބަރުލަމާނީ ނިޒާމުގެ ވާހަކަ އަހަރެމެން ގަބޫލެއް ނުކުރަމެވެ. ވީމާ މިހިރަ މިހިރަ ކަހަލަ ކަންތައްތަކަކީ އަހަރުމެން ވޯޓު ދީގެން ހޮވާފަ މަޖިލީހަށް ވައްދާފަ ތިބި މެމްބަރުންނަށް ކުރުން މުޅިން މަނާކަމެއްކަން ހަނދާން ކޮށްދެމެވެ. ނަމަނަމަ ނިޒާމާ ނުކުޅެއްޗެވެ. އޭރުން ވަރަށް ގޯސް ވެދާނެއެވެ. ކަލޭމެން ކިތަންމެ ރިޝްވަތުކެއަސް އަދި ވައްކަން ކުރިޔަސް އަހަރުމެންނަކަށް ފަރުވާލެއްނެތެވެ. 5 އަހަރުން ބާކީ އޮތީ ތިން އަހަރެވެ. އޭގެފަހުން އަންނާނީ އަހަރުމެން ރައްޔިތުންގެ ދުވަހެވެ.

  3. ހާދަ ހިތްވަރުގަދައޭ!

    ކޮވިޑް ސާމްޕަލް ނަގާ ކުދިންނަކީ ހާދަ ހިތްވަރު ހުރި ބައެކޭ، ހިތަށް އަރައެވެ! އެކި ފާޑުފާޑުގެ މީހުންގެ ކަރުބުޑަށް އަތް ލައިގެން އުޅެވޭނީ ގައިމު ހިތްވަރެއް ހުރެގެންނެވެ. ބައެއް މީހުންގެ ދަތްޕިލަޔާ އެއްޗެހި ވަރަށް ނުތާހިރު ވާނެއެވެ. އަމްދުން ބަންގާޅީންނަކީ އަބަދު ކަރުކެހިކެހި ތިބޭ ބައެކެވެ. އޭގެން މީހެއްގެ ވިޔަސް ސާމްޕަލް ނަގަން ޖެހިލުމެއް ނުވެއެވެ. މަށަށް ނަމަ ހޮޑުލެވޭނެ އެވެ. ކާއެއްޗެއް ވެސް ނުދިރޭނެކަން ޔަޤީނެވެ. އެހެންކަމުން ސާމްޕަލް ނަގާ ހުރިހާ ކުދިންނަށް ސެލިއުޓް ކުރަމެވެ! ސާބަހާއި އައްސަރިބަސް ރައްދު ކުރަމެވެ! މިއޮއްބޮޑު ރޯދަ މަސްވެސް ފާއިތުމިވީ ހަމަ ތިކުދިން ސާމްޕަލް ނެގުމުގައި އަވަދިނެތި އުޅެއުޅެ ތިއްބައެވެ. ތިހުރިހާ ކުދިންނަށް ﷲގެ ޙަޟްރަތުން ރައްކާތެރި ކަމާއި، ރަޙުމަތް ލެއްވެވުން އެދި ދުޢާ ދަންނަވަމެވެ! އާމީން

  4. ަަަަަައަހުމަދު

    ޢަވަހަށް ބަންގާޅީންތައް މިޤައުމުން ބޭރުކޮށް ހުސްކުރޭ ނޫނީ ނެތް ސަލާމަތެއް

    12
    1
  5. ތާރާ

    19މީހުނެއްނޫން ޕޮޒިޓިވް ވާނީކީ ގިނައިން ޓެސްޓްހެދޭނަމަ އަދަދު ގިނަވަމުންދާނީ މަދުން ޓެސްޓް ހަދާނަމަ އަދަދު މަދުވާނެ ކަމަށް ބެލެވެނީ