މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 39 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. މިއަދު ފައްސިވި ބިދޭސީންގެ އަދަދަކީ 06 އެވެ.

މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު ވަނީ 11271 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 33 މީހެކެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10234 އަށް އަރާފައެވެ.

ރާއްޖޭގައި މިބައްޔަށް މިހާރު ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 993 އެވެ. މީގެ ތެރެއިން 347 މީހަކު މިހާރު ވެސް ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުން އަންނަނީ 45 މީހަކަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 30 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 37 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާްލވ

    👮👮😛😛