ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ކޮވިޑް-19 ޖެހިގެން ނިޔާވި މީހާއާއި އެކު މިބަލި ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވެފައި މިވަނީ މިބަލީގައި މީހަކު ނިޔާ ނުވާތާ އަށް ދުވަސް ފަހުންނެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވީ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު އެވެ.

އިއްޔެ ވެސް ރާއްޖެ އިން 17 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިހާރު ކޮވިޑް-19 ޖެހިފައި ރާއްޖޭގައި 1019 މީހުން އެބަތިއްބެވެ. އޭގެތެރެއިން 94 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު