މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 50 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 27 މީހުން ފައްސިވީ މާލެ އިންނެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 16 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު ވަނީ 07 މީހުން ފައްސިވެފައެވެ.

މިއަދު 50 މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3188 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 61 އަށް އަރާފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު 845 އަށް އަރައެވެ. ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އިތުރުވާން ފަށާފައި ވަނީ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު އެކްޓިވް ކޭސްތަކުގެ އަދަދު 499 އަށް މަދުވުމަށް ފަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އެކްޓިވް ކޭސްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ މިމަހުގެ 07 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދުﷲ

    މުޅިން ހިޔާލީ އެއްޗެއް ތީ! މިއުޅެނީ 17 ގަޑި ވީއިރު ނަތީޖާ ނުލިބިގެން ސާމްޕަލް ވީތަނެްް ބުނެ ދެވޭނެ ސިއްހީ މަރުކަޒެއް ކައުންސިލެއް ހޮސްޕިޓަލެއް އެޗްޕީއޭ އެއް ނެތް

    1
    3
  2. ާބިރު

    މިހާވަރު ވާއިރު ވެސް ބައެއްސްކޫލް ކުދިން ހަފްތާގެ ހުރިހާ ދުވަހު ސްކޫލަަށް ގެންދަން ޖެހޭ ިއިސްކަނ ދޭން ޖެހޭޏި ފުރަތަމަ ސިއްހަތށް ކިޔެވޭނީވެސް ކުދިން ސަލާމަތުން ތިބެގެން