ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިއްޔެ އިތުރު 1،219 މީހަކު މަރުވެއްޖެއެވެ.

މިއީ މިހާތަނަށް 3 ވަނަ އަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގެ ތެރޭގައި އެގައުން މަރުވި ދުވަހުއެވެ. އެގައުމުން މިހަތާނަށް އެންމެ ގިނަ ބަޔަކު އެއްދުވަސްތެރޭ ފައްސިވެފައިވަނީ މިމަހުގެ 13 ވަނަ ދުވައެވެ. އެއީ 1،314 މީހެކެވެ. އެގައުމުން އިތުރު 1،219 މީހަކު ފައްސިވެ މިހާރު ޖުމްލަ ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 140,241 އަށް އަރާފައެވެ.

މެކްސިކޯއަކީ ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 13 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގައުމުން އިތުރު 20,523 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، ކަމާއި ބެހޭ މާހިރުން ގަބޫލު ކުރާ ގޮތުގައި މިއަދުގެ ބާކީ ހުރި ވަގުތުތަކުގައި ފައްސި މީހުންނާއި އެކީ އެގައުމުން ރިކޯޑް އަދަދަކަށް މީހުން ފައްސިވާނެއެވެ.

މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު އެގައުމުން 21،366 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މެކްސިކޯއަކީ ބަލީގެ ނުރައްކާ ބޮޑު އެއް ގައުމެކެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 1,212,403 މީހެކެވެ. މި ބައްޔަށް 277,614 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 5,174 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް މުޅި ދުނިޔެއިން 95,040,474 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 67,867,759 ރަނގަޅުވެފައިވާއިރު 2,032,751 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު