މ. އަތޮޅުން ކޮޅުފުށިން ކޮވިޑް-19ގެ ޥޭދަނަތައް ފެންނަމުންދާތީ ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން 24 ޖެނުއަރީއާ ހަމައަށް އެރަށަށް ޒިޔާރަތްކޮށްފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް، ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުންދަނީ މ. މަޑުއްވަރީ ސިއްހީ މަރުކަޒުންނެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، މި ދުވަސްވަރު އެރަަށަށް ޒިޔާރަތްކޮށްފައިވާ ފަރާތެއް ވާނަމަ އަަވަހަށް އެ ސިއްހީ މަރުކަޒުގެ އެމާޖެންސީ ނަމްބަރު 9423099 އަށް ގުޅައި މައުލޫމާތުހިއްސާ ކުރުމަށް އެެދޭ ކަމަށެވެ.

ކޮޅުފުށީގައި ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ އެރަށުން މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ އަންހެން މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭނާ ފައްސިކަން އެނގުމާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އެރަށުން މިހާތަނަށް ނުވަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެރަށް މިހާރު އޮތީ މޮނީޓަރިންގ ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު