އައްޑޫސިޓީ ހުޅުމީދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

”ވަގުތު” އަށް މައުލޫމާތު ދެމުން ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވީ، އެރަށުން ފައްސިވެފައިވަނީ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކަމަށެވެ.

އޭނާ ފައްސިވެފައިވަނީ މީދޫއިން ކަމަށްވެސް ޝުކުރީ ވިދާޅުވިއެވެ. އެހެން ކަމުން މީދޫއިން ފައްސިވި މީހުންގެ އަދަދު ވަނީ 9 އަށް އަރާފައެވެ.

މީދޫގައި މިވަގުތު ދެ އިހާ އުޅޭއިރު، އެމްޓީސީސީ އިހަލުން ފައްސިވި މީހުންގެ އަދަދު ވަނީ 26 އަށް އަރާފައެވެ. ދެން އެރަށުން ފެނިފައިވާ އަނެއް އިހާއަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ފައްސިވި ދެމީހުންނެވެ. އެހެން ކަމުން މިވަގުތު ހުޅުމީދޫގެ ޖުމްލަ އަދަދު ވަނީ 35 އަށް އަރާފައެވެ.

މީދޫގައި ބަލި ފެތުރުން ކޮންޓްރޯލް ވެފައި ނުވާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިތުރު ހަތް ދުވަހުގެ މުއްދަތަށް ކާފިއު ހިންގައި އިތުރު ހާއްސަ ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަަށްވެސް އެ ފިޔަވަޅުތަކުގައި ވެއެވެ.

އަދި ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އޭގައި ވެއެވެ.

އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

މި ފިޔަވަޅުތަކަށް ހުޅުމީދޫގެ ރައްޔިތުން ބޯލަނބަން ޖެހޭއިރު، މި ފިޔަވަޅުތަކަށް އިސްތިސްނާވާ ފަރާތްތަކެއް ވެއެވެ. އެއީ ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި، އެމްބިއުލަންސާއި، އައްޑޫސިޓީގެ ހުޅުމީދޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައުމޫނު

    އެއްމެމީހަކު ފައްސިވިއޭ ކިޔާފަ އެތައްހާސް މީހުން ހާލުގަޖައްސާފަ ހު ރިހާމިސްކިތެއް ބަންދުކުރޭ އެއީނުވެގެންތިއުޅޭކަމަކީ ދެބޯގެ ރިސަ ރުކާ ރު

  2. ކައްލާދީދީ

    އެއްމެމީހަކު ފައްސިވިއޭ ކިޔާފައެތައްހާސް ބަޔަކައް ތިނުފޮ ރުއްޕާން ތިކު ރަނީ ވަކިބޭނުމެއްގަ އެއީ ރޯދަޔަށް އައްޑޫގެ ހު ރިހާ މިސްކިތެއް ބަންދުކު ރުން

    1
    1
  3. ހުސެން

    ތިޔަ އައްދޫ ގަ ހާދަ ހުސްބިން ބޮޑޭ ތިޔަތާ މިހަކު ހަރެއްނުލާ ކިހިނެއް އުޅޭބައެއް އުޅޭތަނެއްތަ...ސޯބޭ ތިޔަތަން އިންޑިއާ އަށް ވިްްކާލާތި މިފަހަރު..