ކޮވިޑް-19 އަށް ފައްސިވި މީހަކު ރަށު ތެރޭގަައި އުޅުނު ކަމަށް ވާހަކަދެެކެވެމުންދާތީ ށ. އަތޮޅު މިލަންދޫއަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އެ ރަށަށް އަރާ ފޭބުން މަނާކޮށް، އެރަށަށް މިހާރު ވަނީ އެޗްޕީއޭގެ ލިޔުން ފޮނުވާފައެވެ. އެ ލިޔުން ފޮނުވާފައި ވަނީ މިރޭ 20:05 ގައެވެ.

އެ ރަށް މޮނީޓަރިންގއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

އެރަށު ކައުންސިލް ރައީސް ފާއިޒް ވިދާޅުވީ، އެރަށް މޮނީޓަރިންގ ހާލަތަށް ލާފައި ވަނީ އެރަށުގައި ކަރަންޓީންގައި ހުރި މީހަކު ފައްސިވި ނަމަވެސް، އޭނާ ރަށު ތެރޭގައި އުޅެފައިވާ ކަމަށް ވާހަކަދެެވޭތީ ކަމަށެވެ. އަދި އޭނާ އާއިލާ މީހުން ކައިރިއަށްވެސް ގޮސް އުޅުނު ކަމުގެ ވާހަކަތައް ދެކެވޭ ކަމަށާއި، މިހާރު އެގެ މޮނީޓަރިންގ ހާލަތަށް ގެނެސް އެންމެން ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައިވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

އެހެންކަމުން އެރަށް މޮނީޓަރިންގ ހާލަތަށް ލާފައި ވަނީ ރައްކާތެރި ފިޔަވަޅެއްގެ ކަމަށް އޭނާ ވިދާޅުވިިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިލަންދޫ ބޯއި

    ތެންކިއު އައްދުރަޓޭ

    1
    1
  2. އިސްމާއިލް ފާރިކް

    މަ ބޯއީ އައްދު ވަރަށް ޓަފް އިންގޭ