17:49
17:43
"ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ، ދެވަނައަށް ގެނައި ޒުވާނާ އައިޑެންޓިފައި ނުކުރެވޭ، އޭނާއަކީ ކާކުކަން އެނގޭނެ އެއްވެސް ޑޮކިއުމެންޓެއް އަދި ހޮސްޕިޓަލަށް ނުލިބޭ"،
17:36
ޏ. ފުވައްމުލައް ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގައި ކާރުގައި އިން ދެ މީހުންވެސް ނިޔާވެއްޖެ.
BREAKING: Fuvahmulaku Accident: 2 Zuvaanunves Niyaa Vehjjehttps://t.co/7bSyskagRA
— Vaguthu Online (@VaguthuOnline) February 27, 2021
17:25
ޏ. ފުވައްމުލައް ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގައި ކާރުގައި އިން އެކަކު ނިޔާވެއްޖެ
BREAKING: Fuvahmulaku Accident: Ekaku Niyaa Vehjjehttps://t.co/yXl7goz0lV
— Vaguthu Online (@VaguthuOnline) February 27, 2021
17:15
17:11
އެ ސިޓީގެ ނައިބު ތުއްތު މަގުގައި މި އެކްސިޑެންޓް ހިނގިއިރު، މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރު ކޮންޓްރޯލް ނުވެ ގޮސް ގަހަކަށް އަރައިގެން.
17:09
މި ހާދިސާގަައި ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި.
17:08
17:05
އެ ކާރުގައި އިން ދެވަނަ މީހާވެސް މިހާރު ވަނީ ނަގާފައި. އަދި އޭނާ ވެސް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި. މަންޒަރު ދުށް މީހަަކު "ވަގުތު"އަށް ބުނީ، އޭނާގެ އެއް ފަޅިއޮތީ "ޗަސް"ވެފައި ކަމަށް
17:00
އެކްސިޑެންޓްވި ކާރުން އެކަކު ނަގައިގެން މިހާރު ވަނީ ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގެންގޮސްފައި. އެހެން ނަމަވެސް އޭނާގެ ހާލަތު އަދި ނޭނގެ.
16:59
އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިބީ ދެ މީހުން ކަމަށް މައުލޫމާތު ލިބޭ.
16:58
ޏ. ފުވައްމުލައް ސިޓީގައި އެކްސިޑެންޓެއް ހިނގައި ކާރެއް ތެރޭގައި ދެ މީހުން ތާށިވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނައްޓާލައިގެން ގަހެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ ކުރީ ސީޓުގައި އިން ދިވެހި ދެ ޒުވާނުންނަށެވެ.
އެ ކާރަކީ ވެސް ކުރީގައި ދެ މީހުންނަށް ތިބެވޭ ގޮތަށް ހަދާފައި އިން ކާރެކެވެ.
މި އެކްސިޑެންޓް ހިނގިތާ މިހާރު 15 ވަރަކަށް މިނިޓު ވެފައިވާއިރު، އަދިވެސް މީހުން ކާރު ތެރެއިން ނުނެގޭ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ފުވައްމުލައް ކައުންސިލުން ބުނީ، ކެރޭނު ބޭނުންކޮށްގެން ކާރު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޯއް، ފޯއް މުލަކު މީހުން ހާދަ ގައިދުރޭ ދެއްތޯ. ބަލަ ފޯއް މުލަކު ލޮކުޑައުން ކޮއްފައެއް ނޫންތަ އޮތީ، ހޭބޯ ނާރައިގެން އެންމެން ތިއުޅެނީ....ކޮވިޑުން އަލާނުކެނޑިގެން އެކްސިޑެންޓަކުން އެއްކޮޅު ޓިކެޓު ހޯދަން އުޅެނީ ދެއްތޯ..... ބުއްރާސް.....!!!
ބޮޑު އެކްސިޑެންޓެއް ހިނގައިގެން އުޅޭއިރު ހަނދާނެއް ނުހުންނާނެއެއްނު
ޅަބޭ މޮޔަނުގޮވާ
ޅަބޭއަށް ހެޔޮ ވިސްނުން ދެއްވާށި